Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަހުމަދު އަދީބު

ކެންސަރު ސްކްރީނިން ޓެސްޓް ހެދުމަށް އަދީބަށް ދިން ލިޔުން ހޯދައިދިނުމަށް އާއިލާއިން އިންފޮމޭޝަން ކޮމިޝަނުގެ ކިބައިން އެދިއްޖެ

މި ލިޔުން ހޯދުމަށް އެކިފަހަރުމަތިން އެދިފައިވޭ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 25 ޑިސެމްބަރު 2017 | ހޯމަ 02:34
ދޫނިދޫ ޖަލުގެ ގޮޅީގައި އަދީބު

ދޫނިދޫ ޖަލުގެ ގޮޅީގައި އަދީބު

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ކެންސަރު ސްކްރީނިން ޓެސްޓް ހެދުމަށް ޑޮކްޓަރު ދިން ލިޔުން ހޯދައިދިނުމަށް، އަދީބުގެ އާއިލާއިން އިންފޮމޭޝަމް ކޮމިޝަނުގެ ކިބައިން އެދިއްޖެއެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކުރި ޓްވީޓެއްގައި ވަނީ އަދީބު ކެންސަރ ސްކްރީނިން ޓެސްޓް ހެދުމަށް ޑޮކްޓަރު ލަފާ ދެއްވި ލިޔުން ހޯދުމަށް އެކިފަހަރުމަތިން އެދިފައިވާ ކަމަށާއި އެހެން ނަމަވެސް އެ ލިޔުން އާއިލާއާ ހަވާލުކޮށްފައި ނުވާ ކަމަށެވެ. މިފަދަ ލިޔުންތައް ހޯދައިދިނުމަކީ އިންފޯމޭޝަން ކޮމިޝަނުގެ ގާނޫނީ ޒިންމާއެއްކަން ފާހަގަކުރަމުން ނަޝްވާގެ މި ޓްވީޓުގައި އިތުރަށް ވަނީ އެ ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާކޮށް މި ލިޔުން އަދީބުގެ އާއިލާއަށް ލިބޭނެ ގޮތެއް ހައްދަވައި ދެއްވުމަށް އެދޭ ކަމަށެވެ.

Advertisement - newsAdvertisement

ނަޝްވާ މިފަދައިން ޓްވީޓް ކޮށްފައިވާއިރު ކެންސަރު ބައްޔަށް އަދީބު ސްކްރީން ކުރުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ކެންސަރަށް ސްކްރީން ކުރުމަށް ޑޮކްޓަރު ލަފާ ދެއްވާފައިވާއިރު އަދީބުގެ އާއިލާއަކީ ކެންސަރުގެ ބެކްގްރައުންޑެއް އޮތް އާއިލާއެކެވެ. އެގޮތުން އަދީބުގެ ބޭބެ މުހައްމަދު ނައީމް 2008 ވަނަ އަހަރު ނިޔާވީ ހަށިގަނޑުގައި ނެގި ސިސްޓެއް ކެންސަރަށް ބަދަލުވުމާ ގުޅިގެން އެކަމަށް ފަރުވާ ހޯއްދަވަމުން ގެމްދަނިކޮށެވެ.

ނިޔާވި ބޭބެގެ ހަށިގަނޑުގައި ވެސް ސިސްޓް ނެގި ތަނުގައި އަދީބުގެ ވެސް ސިސްޓެއް ނަގާފައިވާ ކަމަށް މީގެ ކުރިން އާއިލާ އިން ބުނެފައި ވެއެވެ. އަދި ސިސްޓެއް އުފެދުނުކަން އެނގުނީއްސުރެ، ސިސްޓް ކެންސަރަށް ބަދަލުވެދާނެތީ ވީހާ ވެސް އަވަހަކަށް އަދީބަށް ފަރުވާ ދިނުމަށް ދައުލަތުގެ ކަމާ ބެހޭ އެކި މުއައްސަސާތަކުގައި އެމަނިކުފާނުގެ އާއިލާ އާއި ވަކީލުން ދަނީ އާދޭސް ކުރަމުންނެވެ.

އަދީބުގެ އެތެރެހަށީގައި ސިސްޓް އުފެދިފައިވުމުގެ އިތުރަށް އެމަނިކުފާނުގެ ލޮލަށް ގްލޮކޮމާ ޖެހިފައިވުމާއި އަދި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް ވެސް އާއިލާ އާއި ވަކީލުން އަންނަނީ ބުނަމުންނެވެ.

އަދީބަށް އިތުރު ފަރުވާ ދިނުމަށް ވީހާ ވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައިވާއިރު، ސަރުކާރުން ވަނީ އެ ހުއްދަ އަދީބަށް ނުދިނުމަށް ނިންމާފައެވެ. ސަރުކާރުން ބުނަމުން ދަނީ އަދީބު ފިއްލަވާފާނެ ކަމަށާއި، އަދީބު ފިއްލަވައިފި ނަމަ ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބޭނެ ކަމަށެވެ.

ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރުސީގެ ވައްކަމުގައި އަމަލީ ގޮތުން އެންމެ އިސް ދައުރެއް އަދާކުރެއްވުމާއި ރައީސް ޔާމީން އަވަހާރަކޮށްލުމަށް ރޭވި ކަމުގެ ކުށުގައި އަދީބު ގެންދަވަނީ ތަފާތު އެކި ހުކުމްތަކުގައި ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2017

ނިހާންގެ ތަޢުރީފު އަދީބަށް، ރައީސް ޔާމީނަށްވުރެ އަދީބްގެ ބަސް އަހާ!

15 މާރިޗު 2017
ނިހާންގެ ތަޢުރީފު އަދީބަށް، ރައީސް ޔާމީނަށްވުރެ އަދީބްގެ ބަސް އަހާ!
04 މާރިޗު 2017

ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި

04 މާރިޗު 2017
ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި
03 މާރިޗު 2017

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ތެލެސީމިޔާއަށް ޓެސްޓްކޮށްދޭން ފަށައިފި

03 މާރިޗު 2017
ކުޅުދުއްފުށީ ހޮސްޕިޓަލުގައި ތެލެސީމިޔާއަށް ޓެސްޓްކޮށްދޭން ފަށައިފި
28 ފެބުރުއަރީ 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު