Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑިޕްލޮމެޓުންގެ މިނިވަންކަން

ޑިޕްލޮމެޓުންނަށް ރާއްޖޭގައި އެއްވެސް މިނިވަންކަމެއް ހަނިކުރެވިފައެއް ނުވާނެ: ތަރުޖަމާނު

24 ޑިސެމްބަރު 2017 | އާދީއްތަ 08:23

ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވަނީ ޑިސެމްބަރު 13 ވަނަ ދުވަހު

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 24 ޑިސެމްބަރު 2017 | އާދީއްތަ 08:23
އިންޑިޔާ ސަފީރު ގއ އަތޮޅު ކައުންސިލަރުންނާ ބައްދަލުކުރެއްވުން، މިކަމާ ގުޅިގެން ވަނީ ހުރިހާ ކައުންސިލަރުން ސަސްޕެންޑްކުރެވިފައި

އިންޑިޔާ ސަފީރު ގއ އަތޮޅު ކައުންސިލަރުންނާ ބައްދަލުކުރެއްވުން، މިކަމާ ގުޅިގެން ވަނީ ހުރިހާ ކައުންސިލަރުން ސަސްޕެންޑްކުރެވިފައި

ޑިޕްލޮމެޓުންގެ އުސޫލުތަކަށް އިހްތިރާމުކުރައްވާ ކަމަށާއި ޑިޕްލޮމެޓުންނަށް ރާއްޖޭގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ރައީސް އޮފީހުގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން އިބްރާހިމް ހުސެއިން ޝިހާބު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ދަ ހިންދޫ ނޫހަށް ދެއްވި އިންޓަރވިއުއެއްގައި، ޝިހާބު މިހެން ވިދާޅުވެފައިވާ އިރު ސަރުކާރުން ސްރީ ލަންކާއަށް ކަނޑައަޅައިފައިވާ އެމްބެސިޑަރ މުހައްމަދު ހުސައިން ޝަރީފު ވިދާޅުވީ ހުރިހާ ޑިޕްލޮމެޓުންވެސް އެމީހަކު ހުންނަ ގައުމެއްގެ އުސޫލުތަކާއި ގަވައިދުތަކަށް ތަބާވަންޖެހޭނެ ކަމަށާއި އެންމެ ފަހުން ލޯކަލް ގަވާންމެންޓް އޮތޯރިޓީ(އެލްޖީއޭ) އިން ކަނޑައަޅާފައިވާ އުސޫލަކީ އިންޑިއާގެ ސަފީރަށް އެކަނި ކަނޑައެޅި އުސޫލެއް ނޫން ކަމަށެވެ. ރާއްޖޭގައި ދިރިއުޅުއްވާ ހުރިހާ ޑިޕްލޮމެޓުންވެސް މި އުސޫލުތަކަށް އިހްތިރާމުކުރައްވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ސަރުކާރުން އިންޑިއާ ނޫސްތަކަށް މިގޮތަށް ޖަވާބުދެއްވާފައިވާއިރު އެލްޖީއޭއިން ގއ. އަތޮޅު ކައުންސިލްގެ އިދާރާގެ ޒިންމާދާރު ވެރިޔާ މުހައްމަދު ނަސީރަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެލްޖީއޭއިން މިމަހުގެ 11 ވަނަ ދުވަހު ނެރެފައިވާ ސަރކިއުލަރއިން ބޭރުގެ ދައުލަތްތަކާއި ޖަމްއިއްޔާތަކާއި ޖަމާއަތްތަކާއި އެފަރާތްތައް ތަމްސީލްކުރާ ފަރާތްތަކާ ލޯކަލް ކައުންސިލް ތަކުން ބައްދަލުކޮށް މުއާމަލާތުކުރުމުގެ އިޖުރާޢަތު ބަޔާންކޮށްފައިވަނިކޮށް، އެ އިޖުރާއަތުތަކާ ޚިލާފަށް ގއ. އަތޮޅު ކައުންސިލުން ހުއްދަ ހޯދުމަކާ ނުލައި ބޭރުގެ ސަފީރަކާ ބައްދަލުކޮށްފައިވާކަން، މައްސަލައާއި ގުޅިގެން ލިބިފައިވާ ލިޔެކިޔުންތަކުންނާއި އެލްޖީއޭއިން ސާފުކުރި މައުލޫމާތުތަކުން ކަށަވަރުވާ ކަމަށެވެ. އެހެންކަމުން ކައުންސިލްގެ އެއަމަލަކީ ކައުންސިލުން ކުރާ ޤާނޫނާ ޚިލާފް ޢަމަލްތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަކުރުމުގެ އުސޫލުގެ 5 ވަނަ މާއްދާގެ (ކ) އާއި 6 ވަނަ މާއްދާގެ (ށ) އާ ޚިލާފު އަމަލެއް ކަމަށް ވާތީ އެކައުންސިލަރުންނާމެދު ފިޔަވަޅު އެޅުމަށް އެލްޖީއޭގެ ބޯޑުން ވަނީ ނިންމާފައި ކަމަށެވެ.

ގއ އަތޮޅު ކައުންސިލްގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވަނީ އެލްޖީއޭގެ ހުއްދަ ހޯދުމެއް ނެތި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއާ ބައްދަލު ކުރެއްވި ކަމަށްބުނެ އެވެ. މިކަމާ ގުޅޭ ގޮތުން ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުވާދު ރާއްޖެ އެމްވީއަށް ވިދާޅުވީ އެކައުންސިލުން އިންޑިޔާ ސަފީރާއެކު ބައްދަލުވުން ބޭއްވީ އެލްޖީއޭގެ ސަރކިއުލާ އެކައުންސިލަށް ލިބުމުގެ ކުރިން މިމަހުގެ 11 ވަނަ ދުވަހުގެ 2:30 ގައި ކަމަށެވެ.

އިންޑިއާގެ މީޑިޔާތަކުގައި މިވާހަކަތައް ދެކެވެމުންދާއިރު އިނގިރޭސިވިލާތާއި ޖަރުމަންވިލާު އަދި އޮސްޓްރޭލިޔާގެ ސަފީރުންވަނީ ސަރުކާރުން މިގެނައި އުސޫލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެއީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް އެ ބޭފުޅުން ވިދާޅުވެފައިވެ އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް