Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިމްތިޔާޒު ފަހުމީ

ކުރީގެ އުއްތަމަ ފަނޑިޔާރަށް ނޭނގި މިހާރުގެ އުއްތަމަ ފަނޑިޔާރު ކޯޓު އަމުރު ނެރުއްވި!: އިންތި

24 ޑިސެމްބަރު 2017 | އާދީއްތަ 00:43

ފަހުމީގެ މައްސަލައިގައި އޭރުގެ އުއްތަމަ ފަނޑިޔާރަށް ނޭނގި އަބްދުﷲ ސަޢީދު ހިމެނޭ ގޮތަށް 4 ފަނޑިޔާރުން އަމުރު ނެރުއްވި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 24 ޑިސެމްބަރު 2017 | އާދީއްތަ 00:43
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ

ޢާއްމުވެގެންވާ ކޯފާއެއް އަތުވެދާނެކަމަށް ބިރު ގަންނަން ޖެހޭ ވަރުގެ ކަންތައްތައް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު ފަދަ ބޭބޭފުޅުން ސުޕްރީމް ކޯޓުގައި ތިއްބަވައިގެން ކުރައްވާފައި އެބަހުރިކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު, އަދި ޤާނޫނީ ވަކީލް އަލްއުސްތާޛް އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ހޮނިހިރު ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު ފަދަ ބޭފުޅުން ކުރިން ސުޕްރީމް ކޯޓުގައި ތިއްބަވައިގެން ކުރެއްވި ކަންތައްކުން މީހުން އަޖައިބުވެ، ބިރުން ސިހޭނެކަމަށެވެ. އެކަމުގެ މިސާލެއް ނަންގަވަމުން އިންތި ވިދާޅުވީ ސިވިލް ސަރވިސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން މަޤާމުން ވަކިކޮށް، ފަހުމީގެ ބަދަލުގައި ރީނީ އަބްދުއްސައްތާރު ސިވިލް ސަރވިސް ކޮމިޝަނަށް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމި މައްސަލައިގައި މިހާރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރަކު ސޮއިކުރައްވައި މަޖިލީހުގެ ނިންމުން ބާޠިލްކުރެއްވި އަމުރަކީ އޭރުގެ އުއްތަމަ ފަނޑިޔާރަށް ނޭނގި ނެރުއްވި އަމުރެއްކަމަށެވެ.

Advertisement - newsAdvertisement

ފަހުމީގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމުރެއް ނެރުމާއިއެކު، އޭރުގެ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ސޮއިކުރައްވައި، އޭރު ވެރިކަމަށް އަރާވަޑައިގެން ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ހަމަ އެދުވަހު، 15 އޮގަސްޓް 2013ގައި ފޮނުއްވި ސިޓީފުޅެއްގައި އެ "އަމުރަކީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން އާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޙުމަދު މުޢުތަސިމް ޢަދުނާނު އަށް އެއްވެސް ވަރަކަށް އެނގުމެއް ނެތި، އެފަދަ އަމުރުތައް ސުޕްރީމް ކޯޓުގެ ނަމުގައި ނެރުމަށް ކަނޑައަޅާފައިވާ ޕްރޮސީޖަރ އައި އުޞޫލުތަކާއި ޚިލާފަށް ހަމައެކަނި އެއަމުރުގައި ސޮއެކުރައްވާފައިވާ ފަނޑިޔާރުން ނެރުއްވާފައިވާ އެއްޗެއްކަމުގަ ދަންނަވާ" ކަމަށެވެ.

"މި ދެންނެވީ އަބްދުﷲ ސަޢީދުމެން ކުރައްވާފައިވާ ކަންތައް. ކޯޓު އަމުރު އުއްތަމަ ފަނޑިޔާރަށް އެނގުމެއް ނެތި ނެރުއްވައިގެން މީ ހިންގަވާފައި ހުރި ކަންތައްތައް. އަޅުގަނޑުމެން ހޮޑެއް ނުލަވާނެތޯ މިހިރަ ކަންތައްތަކުގެ ހަޤީޤަތް އެނގުނީމަ؟" ސުޕްރީމް ކޯޓުގެ އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެން ފޮނުއްވި ސިޓީ ވިދާޅުވުމަށްފަހު އިންތި ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ސަރުކާރަށާއި ރައީސް ޔާމީނަށް ތާޢީދުކޮށް ދެއްކެވި ވާހަކަފުޅާއި ގުޅިގެން އިންތި ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ މުސްތަޤިއްލުކަމުގެ ކަންފުޅެއްވެސް ނެތްކަމަށެވެ. އަދި މުސްތަޤިއްލުކަން ނެތުމުގެ އިތުރަށް އެކަން އެގޮތަށް ކުރައްވާކަން، ސިޔާސީ ތަންތަނަށް ވަޑައިގެން، ދެއްކެވުމަށްވެސް އުއްތަމަ ފަޑިޔާރު މަސައްކަތްކުރައްވާކަމަށް އިންތި ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

20 މާރިޗު 2017

ކުރީގެ ރައީސުންނަށް ދޭ އިނާޔަތާއި ހިމާޔަތް ކަނޑާލުމުގެ އިޝާރާތެއް އަބްދުއްރަހީމް ދެއްވައިފި

20 މާރިޗު 2017
ކުރީގެ ރައީސުންނަށް ދޭ އިނާޔަތާއި ހިމާޔަތް ކަނޑާލުމުގެ އިޝާރާތެއް އަބްދުއްރަހީމް ދެއްވައިފި
28 ފެބުރުއަރީ 2017

ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން އޭޑީކޭގައި

28 ފެބުރުއަރީ 2017
ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން އޭޑީކޭގައި
25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
24 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް
20 ފެބުރުއަރީ 2017

ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި

20 ފެބުރުއަރީ 2017
ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް