Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުްްތަމަ ފަނޑިޔާރު

ދިވެހިރާއްޖެ އަށް ބާތިލް އަގީދާތައް ގެނައުމަށް ދިވެހިންގެ ތެރެއިން މަދު ބަޔަކު އެބަ މަސައްކަތް ކުރޭ: އުއްތަމަ ފަނޑިޔާރު

އިސްލާމް ދީން ނޫން އެހެން ދީންތައް ރާއްޖެ އަށް ގެނައުމަށް މަސައްކަތް ކުރަނީ ދިވެހި ދައުލަތުގެ މިނިވަންކަން ނަގާލުމަށް

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 22 ޑިސެމްބަރު 2017 | ހުކުރު 05:58
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު

އިސްލާމްދީން ނޫން އެހެން ބާތިލް އަގީދާތައް ދިވެހިރާއްޖެ އަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ދިވެހިންގެ ތެރެއިން މަދު ބަޔަކު އެކަމުގައި ހިމެނޭ ކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެފަދަ ބާތިލު އަގީދާތައް ގެނައުމަށް ގޮވާލަމުން ދަނީ ދިވެހި ދައުލަތުގެ މިނިވަންކަން ގެއްލުވާލަން ކަމަށެވެ. އަދި އިސްލާމް ދީން ނޫން އެހެން ބާތިލް އަގީދާތައް ރާއްޖެ އަށް ގެނެސް، އިންސާނީ ހައްގުތަކުގެ ނަމުގައި ހިތުހުރި ގޮތަކަށް އުޅުމަށް ގޮވާލާ ކުރަމުންދާ މަސައްކަތުގައި ދިވެހިންގެ މަދު ބަޔަކު ހިމެނޭކަމީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

"ހިތުހުރި އަގީދާއަކަށް އުޅުމުގެ މިނިވަންކަމަށް ގޮވާލެވޭ އަޑުތައް އަޅުގަނޑުމެންނަށް އިވޭ. މިފަދަ ގޮތްގޮތައް ދިވެހި ދައުލަތައް ނުފޫޒުތައް ފޯރުވުމުގެ މަގްސަދަކީ ދިވެހިރާއްޖެ މިނިވަން އަދި މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ދިވެހިންގެ އަމިއްލަ ދައުލަތެއްގެ ގޮތުގައި އޮތުމަށް ހުރަސް އެޅުން. އަދި މިފަދަ މަސައްކަތްތަކުގައި އަޅުގަނޑުމެން ދިވެހިންގެ ތެރެއަށް އުފަން ދިވެހިން މަދުން ނަމަވެސް ހިމެނޭ ކަމީ ހިތާމަހުރި ކަމެއް،" ސައީދު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ އިސްލާމް ދީނާ މެދު މީހުންގެ ހިތްތަކުގައި ނުރުހުން އުފެއްދު މާތްﷲ އިންސާނުން އުޅުމަށް އަންގަވާ އަމުރުކޮށްފައިވާ ގޮތްތަކާ ހިލާފަށް ރާއްޖޭގެ އެތެރެއިންނާއި ބޭރުން ކުރަމުންދާ މަސައްކަތްތަކަކީ ދިވެހި ދައުލަތުގެ މިނިވަންކަން ނަގާލުމުގެ މަގުސަދުގައި ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އަދި އެކަމަށް ސަމާލުވާން ޖެހޭ ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.

އެމަނިކުފާން ވިދާޅުވީ އިސްލާމް ދީނާ މެދު މީހުންގެ ހިތްތަކުގައި ނުރުހުން އުފެއްދުމަށްޓަކައި އިސްލާމް ދީނާ ޓެރަރިޒަމާއި ގުޅުވައިގެން އެކިއެކި ވާހަކަތައް ދެއްކުން އާންމުވެފައިވާ ކަމަށެވެ. އަދި އެގޮތަށް އެކަން ހިގަމުން ދަނީ މަސްލިމުނެގެ ތެރެއިން މަދު ބައެއްގެ އަމަލުތައް ބަހައްޓާ ގޮތުގެ ސަބަބުން ކަމަށެވެ. ނަމަވެސް ހަގީގަތަކީ އިސްލާމް ދީނަކީ ޓެރަރިޒަމާއި ހަރުކަށިކަމާއި ހައްދުފަހަނައަޅައިދިއުން ފަދަ އިންސާނިއްޔަތަކަށް ގެއްލުންހުރި އެންމެހާ ކަންތައްތަކަށް ނޫނެކޭ ބުނާ ދީން ކަން އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދިވެހި ގައުމުން އިސްލާމްދީނުގެ އަލިކަން ފޮހެވިގެން ދިޔަ ނުދީ ދިވެހި ގައުމުގެ އިސްލާމީ ޝަހުސިއްޔަތު ރައްކާތެރި ކުރުމަށް ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުން ވަރަށް ހަރުދަނާ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަަމަށެވެ.

"ދިވެހި ގައުމުގެ އިސްލާމީ ޝަހުސިއްޔަތު ރައްކާތެރި ކުރެއްވުމަށް ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން އަޅުގަނޑު ފާހަގަ ކުރަން. އެގޮތުން ކިޔަވާ ކުދިންގެ ހިތްތަކުގައި ދީނީ ލޯބި އާލާ ކުރުމަށްޓަކައި ސްކޫލު ތަކުގައި ދީން ކިޔަވާދިނުން ހަރުދަނާ ކުރުމާއި މަތީ ތައުލީމްގެ ދާއިރާއިން އިސްލާމީ ތައުލީމް ހަރުދަނާ ކުރުމަށްޓަކައި އިސްލާމިކް ޔުނިވާސިޓީއެއް އުފެއްދެވިކަން ޝުކުރުވެެރިކަމާއި އެކު ފާހަގަކުރަން،" ސައީދު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ އިސްލާމީ ތަރިކަ އާއި ވަހުދަތު ރައްކާތެރިކުރުމަށް މި ސަރުކާރުން "ތަރިކަ"ގެ ނަމުގައި ފަށާފައިވާ މަޝްރޫއަކީ ވެސް މުހިއްމު ޕްރޮގްރާމެއް ކަަމެށެވެ. އަދި ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތާއި އިސްލާމްދީނަށް ހުރަސްއެޅޭނޭ އެއްވެސް ދޮރެއް ހުޅުވިގެން ދިޔަ ނުދިނުމަށް އަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތަކަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

ދިވެހިރާއްޖެއަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެނުން: ރައީސް ނަޝީދު

08 މާރިޗު 2017
ދިވެހިރާއްޖެއަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެނުން: ރައީސް ނަޝީދު
23 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

23 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި
21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
19 ފެބުރުއަރީ 2017

ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

19 ފެބުރުއަރީ 2017
ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް