ކ. މާލެ
|
21 ޑިސެންބަރ 2017 | ބުރާސްފަތި 09:00
ނޮޅިވަރަމުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރުމުގައި ރަށުގެ ރައްޔިތުން ހަރަކާތްތެރި ވަނީ
ނޮޅިވަރަމުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރުމުގައި ރަށުގެ ރައްޔިތުން ހަރަކާތްތެރި ވަނީ
މުރުޝިދް އަބްދުލް ހަކީީމް
ގެއްލުނު އަންހެން މީހާ
ނޮޅިވަރަމުން ގެއްލުނު ޝާހިދާ ފެނިއްޖެ
 
ޝާހިދާ ހޯދުމުގައި އިއްޔަ އިން ފެށިގެން ފުލުހުންނާއި އެމްއެންޑީއެފް އިން ދިޔައީ މަސައްކަތް ކުރަމުން
 
އޭނާއަކީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ މީހެއް
 
ޝާހިދާ ފެނިފައިވަނީ ހެނދުނު 08:10 ހާއިރު

ހދ. ނޮޅިވަރަމުން ގެއްލުނު އަންހެން މިހާ ފެނިފައިވާ ކަމަށާއި އޭނާއަށް ހެލްތު ސެންޓަރުގައި ފަރުވާ ދެމުންގެންދާ ކަަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދީ އެރަށު މަންޒަރުގެ، އުމުރުން 41 އަހަރުގެ ޝާހިދާ އަލީއެވެ.

ފުލުހުން ބުނީ ޝާހިދާ ފެނިފައި ވަނީ، ބީޗް ސަރަހައްދުން ވަލު ތެރެއާވީ ސަރަހައްދުން ކަމަށެވެ.

ހދ. ނޮޅިވަރަމް ކައުންސިލްގެ ނައިބު ރައީސް އަހުމަދު ރަޝީދު އާދަމް ވިދާޅުވީ، ޝާހިދާ ފެނުނު އިރު ހުރީ ވަލުތެރޭގައި ކޮޅަށް ކަމަށާއި އެހެން ނަމަވެސް މީހުންނަށް ފެނުމުން އަނބުރައިގަނެގެން ވެއްޓުނު ކަމަށެވެ. 

ޝާހިދާ ގެއްލިގެން އުޅޭ ކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ބުދަ ދުވަހުގެ ހެނދުނު 11:00 ހާއިރުއެވެ.

ޝާހިދާ  ހޯދުމުގެ މަސައްކަތުގެ ތެރެއިން ރަށުގެ ބޮޑު ސަރަހައްދެއް އިއްޔައިން ފެށިގެން ފުލުހުން ވަނީ ބަލާ ފާސްކޮށްފައެވެ. އަދި ސިފައިން ވަނީ ކަނޑުގެ ސަރަހައްދު ވެސް ފީނައިގެން ބަލާފައެވެ. އަދި ރޭ އެ ރަށު މީހުން ވަނީ ވަލި ތެރެ ބަލާފައެވެ.

ނޮޅިވަރަމް ކައުންސިލްގެ މެންބަރު އިބްރާހިމް ނަސީރު މީގެ ކުރިން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދިޔަ ޝާހިދާއަކީ ކުރިން ވެސް ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަމުންދާ މީހެއް ކަމަށާއި އޭނާ ހެނދުނު މޫދަށް ގޮސްފައި ވަނީ އޭނާ ދިރިއުޅޭ ގޭ މީހުންނަށް ވެސް ނޭނގި ކަމަށެވެ. އެެހެން ނަމަވެސް ހެނދުނު 08:30 ހާއިރު އޭނާ މޫދުން އަރައިިގެން އައިތަން ފެނުނު މީހުން ތިބި ކަމަށް ނަސީރު ވިދާޅުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
60%
0%
0%
0%
40%
ކޮމެންޓް