Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދީބު ބޭސްފަރުވާ

އަދީބު ގެއަށް ބަދަލު ކޮށްދެވެން ނެތް ކަމަށް ކަރެކްޝަނުން އަންގައިފި

19 ޑިސެމްބަރު 2017 | އަންގާރަ 14:54

ކަރެކްޝަނުން ބުނީ އަދީބު ގެއަށް ބަދަލުކުރަން ޖެހޭ ފަދަ ހާލަތެއް އާއިލާއަށް ނުދެއްކޭ ކަމަށް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 19 ޑިސެމްބަރު 2017 | އަންގާރަ 14:54
އަދީބު މާލެ ގެނައުމަށް ފަހު އަނބުރާ ދޫނިދޫއަށް ގެންދިއުމަށް ލޯންޗަށް އަރުވަނީ

އަދީބު މާލެ ގެނައުމަށް ފަހު އަނބުރާ ދޫނިދޫއަށް ގެންދިއުމަށް ލޯންޗަށް އަރުވަނީ

ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ގޭ ބަންދަށް ބަދަލު ކޮށްދިނުމަށް އާއިލާއިން އެދުނު ނަމަވެސް އެކަން ކޮށްދެވެން ނެތް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވީސް އިން އަންގައިފިއެވެ.

ކަރެކްޝަނަލް ސާވީސް އިން އެގޮތައް އަންގާފައި ވަނީ "ހިރަފުހުން ސަލާމަތްވެފައިވާ އަދި ބަރުތަކެތި އުފުލަން ނުޖެހޭ" ތަނަކަށް އަދީބު ބަދަލު ކުރަން ޑޮކްޓަރު ލަފާދީފައި ވާތީ އޭނާ ގެއަށް ބަދަލު ކޮށްދިނުމަށް އެދި ކަރެކްޝަނަށް ފޮނުވި ސިޓީގެ ޖަވާބުގައެވެ. ކަރެކްޝަންސް ސާވީސްގެ ޑެޕިއުޓީ ސުޕްރިޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހިމް ނާޝިދު ސޮއި ކުރައްވައި، އަދީބުގެ އާއިލާއަށް ފޮނުއްވި ސިޓީގައި ބުނެފައި ވަނީ އަދީބު އާއިލާއިން އެދިފައިވާ ހާލަތަކީ ދިވެހި ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ޖަލު ނޫން އެހެން ތަނަކަށް ބަދަލު ކުރެވޭނެ ހާލަތެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

އެ ސިޓީއާ ގުޅޭ ގޮތުން އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ "ރާއްޖެއެމްވީ" އަށް ވިދާޅުވީ އަދީބު ގެއަށް ބަދަލުކޮށްދޭން އެދުނީ އަދީބު ބަހައްޓާފައި ހުންނަ ގޮޅިއަށް ހިރަފުސް ވަދެ އެމަނިކުފާނުގެ ލޮލަށް އިތުރަށް ގެއްލުންތަކެއް ވަމުންދާތީ އެ މާހައުލު ބަދަލު ކުރުމަށް ޑޮކްޓަރު ލަފާދިނުމާ ގުޅިގެންނެ ކަމަށެވެ. އަދި ބަރު ތަކެތި އުފުލުމަކީ އަދީބުގެ ހަށިގަނޑަށް މި ވަގުތު ފަސޭހަ ކަމަކަށް ނުވާއިރު ކޮންމެ ދުވަހަކު ވެސް ފާހަނާ ބޭނުންކުރާއިރު ފެން ބާލީދީ އުފުލަން ޖެހޭ ކަމަށް އަދީބުގެ އަނބިކަނބަލުން ވިދާޅުވިއެވެ.

އަދީބުގެ ސިއްހީ ހާލަތު ގޯސްވަމުންދާތީ އެމަނިކުފާނު ގޭ ބަންދަށް ބަދަލުކޮށްދިނުމަށް އެންމެ ފުރަތަމަ އާއިލާ އެދުނީ އަދީބު ބަލަހައްޓަމުންދާ ފުލުހުންގެ ކިބައިންނެވެ. ނަމަވެސް ކަރެކްޝަނުގައި އެދުނީ އެކަމާ މެދު ގޮތެއް ނިންމާނީ ކަރެކްޝަނުން ކަމަށް ފުލުހުން އަދީބުގެ އާއިލާއަށް އެންގުމުންނެވެ.

ނަޝްވާ ވިދާޅުވީ އަދީބާ މެދު ދައުލަތުން އަމަލު ކުރަމުންދަނީ ގާނޫނުތަކާ އެއްގޮތަށް ނޫން ކަމަށާއި ގޭ ބަންދަށް ބަދަލުކޮށް ނުދިނުމަށް ދައްކާފައި ވަނީ ގަބޫލުކުރެވޭ ހުއްޖަތެއް ނޫން ކަމަށެވެ.

ސްފަރުވާއަށް އަދީބު ރާއްޖެއިން ބޭރަށް ފޮނުވާނުދިނުމަށް ނިންމާފައިވާ މައްސަލަ ސިވިލް ކޯޓަށް ވެސް ވަނީ ހުށަހަޅާފައެވެ. އެ މައްސަަލަ ޝަރީއަތުން ބޭރުން ހައްލު ކުރެވޭތޯ ދަނީ މަސައްކަތްކުރަމުންނެވެ.

ހިރަފުހުން ސަލާމަތްކުރުމަށް ގޭ ބަންދަށް ބަދަލު ކުރެވޭ ހާލަތެއް ގާނޫނުގައި ނެތް ކަމަށް ކަރެކްޝަނުން ބުނެފައިވާއިރު ޖަލު މަރާމާތު ކުރުމަށް ކަމަށް ބުނެ ޖަލުގައި ތިއްބެވި ސިޔާސީ ބައެއް ބޭފުޅުން ކަރެކްޝަނުން ވަނީ ގެއަށް ބަދަލުކޮށްފައެވެ. އަދި ސިޔާސީ އެކި ބޭފުޅުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް