Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕްރޮފެސަރު އުގެއިލް

ރާއްޖެއަށް އިންވެސްޓަރުންގެ އިތުބާރެއް ނެތް: އުގެއިލް

ވޯލްޑް ބޭންކްގެ ތަފާސް ހިސާބުތަކުން ވެސް ރާއްޖޭގެ ހާލަތު އެނގޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2017 | އަންގާރަ 12:11
ޕްރޮފެސަރ އުގެއިލް

ޕްރޮފެސަރ އުގެއިލް

ރާއްޖޭގައި ކޮރަޕްޝަން އިންތިހާއަށް އިތުރުވުމުގެ ސަބަބުން ރާއްޖެއާ މެދު އިންވެސްޓަރުން ކުރާ އިތުބާރު ގެއްލިފައިވާ ކަމަށް ޕްރޮފެސަރ އުގެއިލް ވިދާޅުވެއްޖެއެވެ.

ޕްރޮފެސަރ ހަސަން އުގެއިލް ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައި ވަނީ މިނިވަން މުއައްސަސާތަކަށް އޮންނަ އިތުބާރު ރާއްޖޭގައި ގެއްލިފައިވާ އިރު ކޮރަޕްޝަނުގެ އަމަލުތައް އިތުރުވުމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ވެސް އެއްކޮށް ގެއްލިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ވޯލްޑް ބޭންކްގެ ޑުއިންގ ބިސްނަސް އިންޑެކްސް (ޑީބީއައި) އިން ރާއްޖެ ދަރަޖަކޮށްފައިވާ ގޮތުން ވެސް ރާއްޖޭގައި އިންވެސްޓަރުންނަށް ފަހި ފުރުސަތުތަކެއް ނެތްކަން އުގެއިލް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން 2014 ވަނަ އަހަރު 95 ވަނައިގައި އޮތް އިރު 2017 ވަނަ އަހަރު 135 ވަނަ އަށް ވެއްޓުނުކަން އުގެއިލް ފާހަގަކުރެއްވިއެވެ.

ޕްރޮފެސަރ އުގެއިލް މިފަދައިން ވިދާލުވެފައިވާ އިރު އަންގާރަ ދުވަހު ދުބާއީގެ އިންވެސްޓްމެންޓް ފޯރަމްގައި ވާހަކަދައްކަވަމުން ނާއިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވީ، އިގްތިސާދީ ގޮތުން މީގެ ކުރިން މާބޮޑު ކުރިއެރުންތަކެއް ހޯދާފައި ނުވާ ދާއިރާތައް ކަމުގައިވާ ކޮންސްޓްރަކްޝަން ދާއިރާ އާއި ރިއަލް އެސްޓޭޓްގެ އިތުރުން ޓްރާންސްޕޯޓް އަދި މާލީ ދާއިރާއަށް ރައީސް ޔާމީންގެ ސަރުކާރު ވެރިކަމަށް އައި ފަހުން ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. ޖިހާދު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދުގެ ތެރެއިން އިންވެސްޓް ކުރުމަށް ހުރި ދާއިރާތައް މިފަދަ ފޯރަމެއްގެ ތެރެއިން ވަރަށް ބޮޑަށް ސާފުވެގެންދާނެ ކަމަށެވެ. ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް، އިންވެސްޓް ކުރުމަށް ފުރުސަތުތައް ވަރަށް ގިނަ ގައުމެެއް ކަމަށާއި މިއީ ރާއްޖޭގައި އިންވެސްޓްކުރުމަށް އެންމެ ރަނގަޅު ވަގުތު ކަމަށް ނާއިބު ރައީސް ވިދާޅުވެފައިއެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު