Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓާ ސިޓީ

ޑެބްރައިނާގެ ކޮންޓްރެކްޓް ސިޓީ އިން އާކުރަނީ

19 ޑިސެމްބަރު 2017 | އަންގާރަ 11:36

އޭނާ ސިޓީއާ ގުޅިފައި ވަނީ 2015 ވަނަ އަހަރު

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 19 ޑިސެމްބަރު 2017 | އަންގާރަ 11:36
ކެވިން ޑެބްރައިނާ: އޭނާ ސިޓީއާ އެކު މިހާރު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2021 ވަނަ އަހަރު

ކެވިން ޑެބްރައިނާ: އޭނާ ސިޓީއާ އެކު މިހާރު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2021 ވަނަ އަހަރު

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ހުނަރުވެރި މިޑްފީލްޑަރު ކެވިން ޑެބްރައިނާގެ ކޮންޓްރެކްޓް އެ ޓީމުން އައުކުރުމަށް ނިންމައިފިއެވެ.

މި ސީޒަނުގައި ސިޓީ އިން މޮޅު ކުޅުމެއް ދައްކަމުން އަންނައިރު އެ ޓީމުގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިޔަކީ ޑެބްރައިނާއެވެ. އުމުރުން 26 އަހަރުގެ ޑެބްރައިނާ ވޮލްފްސްބާގް ދޫކޮށް 2015 ވަނަ އަހަރު ސިޓީއާ ގުޅިފައި ވަނީ 55 މިލިއަން ޕައުންޑްގެ ފީއަކަށެވެ. އެފަހަރު އޭނާ ސޮއިކުރީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އެހެންކަމުން އޭނާ މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރުއެވެ.

އެހެން ނަމަވެސް ސިޓީ އިން ވަނީ މި ކޮންޓްރެކްޓް ހަމަވުމުގެ ކުރިން އޭނާއަށް އާ ކޮންޓްރެކްޓެއް ދިނުމަށް ނިންމާފައެވެ. އެގޮތުން މި ސީޒަނުގައި ހަ ލަނޑު ޖަހައި އަށް އެސިސްޓް ހަދާފައިވާ ޑެބްރައިނާގެ ފަރާތުން ފެންނަމުންދާ ކުޅުމާ މެދު ސިޓީގެ ބޯޑުން ވަރަށް ހިތްހަމަޖެހޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހާރު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ޑެބްރައިނާއަށް ލިބެނީ ހަފްތާއަކު 115،000 (އެއް ލައްކަ ފަނަރަ ހާސް) ޕައުންޑެވެ. އަންނަ މަހުގެ ތެރޭގައި އޭނާ ސޮއެ ކުރުމަށް ހަމަޖެހިފައިވާ އައު ކޮންޓްރެކްޓުގެ ދަށުން އޭނާއަށް ހަފްތާއަކު 210،000 (ދެ ލައްކަ ދިހަ ހާސް) ޕައުންޑުގެ މުސާރައެއް ލިބިގެންދާނެއެވެ. މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ ސޮއި ކުރާނީ އަނެއްކާ ވެސް ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ.

މިކަމާ ގުޅޭ ގޮތުން ޑެބްރައިނާ ބުނީ ފުޓްބޯޅައިގައި ކަންކަން ހިނގަމުންދަނީ ވަރަށް އަވަސް ސްޕީޑެއްގައި ކަމަށާއި ކްލަބުގައި ހުރީ ހިތްހަމަޖެހިގެން ކަމަށެވެ. އެހެން ކްލަބަކަށް ދިޔުމުގެ ޝައުގެއް ނެތް ކަމަށާއި ސިޓީއަށް ބަދަލުވުމަށް ނިންމި ނިންމުމަކީ ހަޔާތުގައި ނިންމުނު އެންމެ ރަނގަޅު އެއް ނިންމުންގެ ގޮތުގައި ދެކޭ ކަމަށް ޑެބްރައިނާ ބުނެފައިވެއެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ ޑެބްރައިނާއަށް އާ ކޮންޓްރެކްޓެއް ހުށަހެޅުމަށް ނިންމާފައިވާ ކަމުގެ އިޝާރާތެއް ދީފައެވެ. އެގޮތުން ގާޑިއޯލާ ބުނީ އޭނާގެ މުޅި ޓީމުގެ ކުޅުން ބިނާ ވެފައި ވަނީ ޑެބްރައިނާގެ ކުޅުމަށް ކަމަށާއި ޑެބްރައިނާގެ ކުޅުން ރަނގަޅުވެއްޖެ ނަމަ ޓީމުން ވެސް ހޯދާނީ ރަނގަޅު ނަތީޖާ ކަމަށެވެ. ގާޑިއޯލާ ބުނީ ޑެބްރައިނާއަކީ ނަމޫނާއެއްގެ ގޮތުގައި ޒުވާން ކުޅުންތެރިން ބަލައިގަންނަން ޖެހޭ ކުޅުންތެރިޔެއް ކަމަށެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސިޓީއަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު ފަނާންޑީނިއޯގެ ކޮންޓްރެކްޓް އާކުރުމަށް ވެސް އެ ޓީމުން ވަނީ ނިންމާފައެވެ. ސިޓީއާ އެކު ފަނާންޑީނިއޯ ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ މި ސީޒަނުގެ ނިޔަލަށެވެ. ހަމައެހެންމެ އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ ޒުވާން ފޯވާޑް ގެބްރިއެލް ޖީސަސް އަދި ކީޕަރު އެޑާސަން މޮއާރޭސްގެ ކޮންޓްރެކްޓް ވެސް އާކުރުމަށް ވަނީ ނިންމާފައެވެ.

ސިޓީއަށް މިހާތަނަށް ކުޅުނު 79 މެޗުގައި އޭނާ 19 ލަނޑު ޖަހާފައިވާއިރު އޭނާވަނީ ސިޓީއާ އެކު 2016 ވަނަ އަހަރުގެ ފުޓްބޯޅަ ލީގު ކަޕް ވެސް ކާމިޔާބުކޮށްފައެވެ. ބެލްޖިއަމްގެ ގައުމީ ޓީމުގައި ވެސް މުހިންމު ރޯލެއް އަދާކުރަމުން އަންނަ ޑެބްރައިނާ ވަނީ އެ ޓީމަށް ކުޅުނު 58 މެޗުގައި 13 ލަނޑު ޖަހާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ބޯންމައުތް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

14 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ބޯންމައުތް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
18 ޖެނުއަރީ 2017

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް