Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

އިންތިހާބާ ގުޅޭ ގޮތުން ގާސިމާ ބައްދަލުކުރުމަށް ޖަމީލާއި އަލީ ވަހީދު ޖަރުމަނަށް ވަޑައިގެންފި

18 ޑިސެމްބަރު 2017 | ހޯމަ 14:04

އިންތިހާބާ ގުޅޭ ގޮތުން މީގެ ކުރިން އުމަރު ނަސީރާ އެކު ވެސް އެ ބޭފުޅުން މަޝްވަރާކޮށްފައިވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 18 ޑިސެމްބަރު 2017 | ހޯމަ 14:04
ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އަދި އެމްޑީޕީގެ ޗެއަރޕާސަން އަލީ ވަހީދު

ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އަދި އެމްޑީޕީގެ ޗެއަރޕާސަން އަލީ ވަހީދު

ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާ ބައްދަލުކުރެއްވުމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި، އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަލީ ވަހީދު ޖަރުމަނު ވިލާތަށް ވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މީގެ ކުރިން، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާ އެކު ވެސް މި ދެ ބޭފުޅުން ވަނީ މަޝްވަރާތަކެއް ކޮށްފައެވެ. އަލީ ވަހީދާއި ޑރ. ޖަމީލް ޖަރުމަނު ވިލާތަށް ވަޑައިގެންފައިވާކަން ވަނީ ކަށަވަރުވެފަ އެވެ. ނަމަވެސް ދަތުރާ ގުޅޭ ގޮތުން ދެ ބޭފުޅުން ވެސް މީޑިއާއަށް އެއްވެސް އެއްޗެއް ހާމަކުރައްވާފައެއް ނުވެއެވެ.

Advertisement - newsAdvertisement

އުމަރު ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައި ވަނީ ވެސް އަލީ ވަހީދާއި، ޖަމީލާ އެކުގައި ބޭއްވެވި މަޝްވަރާތަކަށް ފަހު ޢެގެ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.

އިނގެރޭސި ސަރުކާރުގެ ސިޔާސީ ހިމާޔަތް ހޯދަވައިގެން ހުންނެވި ޖަމީލާއި އަލީ ވަހީދު ވެސް ކުރިން އިދިކޮޅު ހަރަކާތްތަކުގައި އުޅުއްވި ނަމަވެސް ފަހަކަށް އައިސް އެ ދެ ބޭފުޅުންގެ މާ ބޮޑު ދައުރެއް ފެނިގެން ގޮސްފައެއް ނުވެއެވެ. އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމުން އަލީ ވަހީދު އިސްތިއުފާދެއްވުމަށް ފަހު، އެ ޕާޓީގެ ހަރަކާތްތަކުގައި އެއްވެސް ވަރަކަށް ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އަދި އެމްއޯޔޫގެ ލީޑަރުގެ ގޮތުގައި ހުންނެވި ޖަމީލް ވެސް އިދިކޮޅު ހަރަކާތްތަކުގައި ފާޅުގައި މަސައްކަތް ނުކުރައްވާތާ ދުވަސްކޮޅެއް ވަނީ ވެފައެވެ.

އިއްތިހާދުގައި ހިމެނޭ އެންމެ ބޮޑު ޕާޓީގެ ލީޑަރު މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ އިއްތިހާދުން ނެރެން ވާނީ އެއް ކެނޑިޑޭޓެއް ކަމަށެވެ. އަދި އެއް ކެނޑިޑޭޓަކު ނެރުމުގެ މަޝްވަރާތައްކުރާ ޕާޓީތަކުން ކަމަށް އެމަނިކުފާނު ވިދާޅުވެފައެވެ. ނަމަވެސް އެ މަޝްވަރާތަކުން ކުރިމަގެއް ފެންނަ ކަމެއް ނުވަތަ ނޫން ކަމެއް ވެސް އެމަނިކުފާނު ހާމަކުރައްވާފައެއް ނުވެއެވެ.

އިއްތިހާދުގެ ބައެއް ޕާޓީތަކުގެ ލީޑަރުންގެ ވާހަކަތަކުން އެއިން ކޮންމެ ޕާޓީއަކުން ވެސް ކެނޑިޑޭޓަކު ނެރުމުގެ ވިސްނުމެއް ގެންގުޅޭކަން ހާމަވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް