Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަޙްމަދު ޝާފިއު

ފާރިސްއާ ދެކޮޅަށް ދޮގު ހެކިބަސް ދޭން ޝާފިއުއަށް އަށް މަޖުބޫރިކުރި މައްސަލަ ފުލުހުން ނުބެލި

17 ޑިސެމްބަރު 2017 | އާދީއްތަ 12:05

ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ ޝާފިއު ރާއްޖެޓީވީއަށް ދިން އިންޓަވިއުއަކަށް ބަލައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 17 ޑިސެމްބަރު 2017 | އާދީއްތަ 12:05
އިސްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު

އިސްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނު ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށައެޅުއްވި ކަމަށްބުނެ ފާރިސްއާ ދެކޮޅަށް ހެކިބަސް ދިނުމަށް އިސްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު ވަކި މީހަކަށް މަޖުބޫރު ކުރި ކަމަށްބުނާ މައްސަލަ ފުލުހުން ބޭރުކޮށްލައިފި އެވެ.

ފާރިސްގެ ގާނޫނީ ވަކީލް މައުމޫނު ހަމީދު މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ލ.ފޮނަދޫ، ސްވީޓް ފްލާވާރ، އަހްމަދު ޝާފިއު ރާއްޖެޓީވީއަށް ދީފައިވާ އިންޓަވިއުއެއްގައި ދައްކާފައިވާ ވާހަކަތަކެއްގެ މައްޗަށް ބިނާ ކޮށެވެ. މިދިޔަ ނޮވެމްބަރު މަހު ފުލުހުންނަށް ހުށަހެޅި އެ މައްސަލާގައި ބުނެފައިވަނީ ފާރިސް ރިޝްވަތު ހުށަހެޅުއްވި ކަމަށްބުނެ އަހްމަދު ރަޝީދު ފުލުހުންނަށް ހުށަހަޅައި، ފާރިސް ރިޝްވަތުދިން ކަމަށް ބުނެ ބަޔާން ދިނުމަށް ޝާފިއުއަށް މަޖުބޫރު ކޮށްފައިވާކަން ރާއްޖެޓީވީއަށް އޭނާ ދީފައިވާ އިންޓަވިއުއިން އެނގޭ ކަމަށެވެ. ފާރިސްއާ ދެކޮޅަށް މިހާރު ކޯޓުގައި ހިނގަމުންދާ ރިޝްވަތު ހުށަހެޅުމުގެ ދައުވާގެ ޝަރީއަތަށް ނުފޫޒުފޯރުވައި، ފާރިސްއާ ދެކޮޅަށް ހެކިބަސް ދިނުމަށް ވެސް ޝާފިއުއަށް މަޖުބޫރުކޮށް، ބިރުދައްކާފައިވާކަން އެނގޭ ކަމަށް ފުލުހުންނަށް ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ. ހަމައެހެންމެ ޝާފިއުގެ ފޮރެންސިކް ރިޕޯޓަށް ބެލުމުންވެސް އޭނާ ދައްކާފައިވާ ވާހަކަތަތަކީ ހަގީގަތްކަން އެނގޭ ކަމަށާއި އެހެން ކަމުން އަހްމަދު ރަޝީދުގެ މައްސަލަ ޖިނާއީ މައްސަލައެއް ގޮތުގައި ބަލާ ފިޔަވަޅު އަޅައިދޭން އެދޭ ކަމަށް މައުމޫނު ހަމީދުގެ ސިޓީގައި އެދިފައިވެ އެވެ

Advertisement - newsAdvertisement

ޝާފިއު އަށް އަހްމަދު ރަޝީދު ފޮނުވާފައިވާ މެސެޖްތަކުގެ ސްކްރީން ޝޮޓެއްް

ނަމަވެސް ފުލުހުންނަށް އެ މައްސަލަ ހުށަހެޅިތާ ހަފްތާއެއް ފަހުން މައުމޫނު ހަމީދަށް އަންގާފައިވަނީ ފާރިސްގެ މައްސަލަ ތަހްގީގުކުރިއިރު އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮވެގެން ތަހްގީގަށް ހުރަސްއެޅި، ފާރިސްގެ ހައްގަށް އުނިކަމެއް މެދުވެރިވާފަދަ ކަމެއް އައިސްފައިވާ ކަމަށް ދެކޭ ނަމަ އެ މައްސަލަ ހުށަހެޅުން އެންމެ ރަނގަޅީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ކަމަށް ދެކޭ ކަމަށެވެ.

ނަމަވެސް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަކީ ގާނޫނު ތަންފީޒުކުރާ މުވައްސަސާތަކާއި އެ ތަންތަނުގެ މުވައްޒަފުންގެ އަމަލުތަކުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނެކެވެ. މައުމޫނު ހަމީދުގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވަނީ ފާރިސްއާ ދެކޮޅަށް ވަކި މީހަކު ލައްވާ މަޖުބޫރުކޮށްގެން ބަޔާން ދިނުމަށާއި ކޯޓުގައި ހެކިބަސް ދިނުމަށް މަސައްކަތްކުރިވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މައްސަލަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް