Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިހަވަންދޫ

މަސްވެރިންގެ ކަންބޮޑުވުންތަކާ އެކު އިހަވަންދޫގައި މުޒާހަރާކޮށްފި

މުޒާހަރާ ކޮށްފައިވަނީ މަސްވެރިކަމުގެ ދުވަހުގެ ޖަލްސާ އެރަށުގައި ބާއްވަމުންދަނިކޮށް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 16 ޑިސެމްބަރު 2017 | ހޮނިހިރު 18:38
އިހަވަންދޫގައި މިރޭ ކުރި މުޒާހަރާގެ ތެރެއިން

އިހަވަންދޫގައި މިރޭ ކުރި މުޒާހަރާގެ ތެރެއިން

މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކައް ސަރުކާރުން ހައްލެއް ހޯދައިދީފައިނުވާ ކަމަށް ބުނެ ހއ. އިހަވަންދޫގައި މިރޭ މުޒާހަރާ ކޮށްފި އެވެ.

އެރަށުގެ ރައްޔިތުން ނިކުމެ މިރޭ މުޒާހަރާ ކޮށްފައި ވަނީ އެރަށުގައި މަސްވެރިންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަ ކުރުމަށް ސަރުކާރުން އެރަށުގައި ބޭއްވި ރަސްމިޔާތު ހިނގަމުންދިޔަ ވަގުތުއެވެ.

Advertisement - newsAdvertisement

އެރަށުގައި ގިނަ އަދަދެއްގެ މީހުން ނިކުމެ ކުރި މުޒާހަރާ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ސަރުކާރުން ހައްލެއް ހޯދަދީފައި ނުވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި ޗައިނާއަށް ރާއްޖޭގެ ކަނޑުތައް ދޫކޮށްލަން އުޅޭ ކަމަށް ބުނެ އެކަމާ ދެކޮޅަށް ޝުއޫރު ފާޅުކޮށްފައިވެއެވެ.

ސަރުކާރުން އެރަށު ބަނދަރުމަތީ ބާއްވަމުން ދިޔަ ޖަލްސާގައި ތިބި މީހުންނަށް މުޒާހަރާގެ ބައިވެރިންގެ އަޑު އިވުނަ ނުދިނުމަށް ފުލުހުން ވަނީ މަސައްކަތްކޮށްފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިނަށް އެ ސަރަހައްދަށް ކައިރި ނުވެވޭނެ ހެން އޮތީ ޓޭޕް ދަމާފައެވެ. އަދި ވަކި ހިސާބެއްގައި މުޒާހަރާގެ ބައިވެރިން ބޭއްތިއްބުމަށް ފަހު ވެސް ޖަލްސާގެ ބައިވެރިންނަށް މުޒާހަރާ ކުރާ މީހުންގެ އަޑު އިވޭތީ މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުން ވެސް ވަނީ ފޮނުވާލާފައެވެ.

އިހަވަންދޫގައި ބަނދަރު ފުންކުރުމުގެ މަޝްރޫއު ނުހިނގާތީ އާއި މަސްވެރިންނަށް އައިސް ލިބުމަށް ދަތިތަކާ ކުރިމަތިވެފައި ވާތީ މުޒާހަރާގެ ބައިވެރިން ގެންދިޔައީ އެކަމާ ދެކޮޅަށް އަޑުއުފަލަމުންނެވެ. އަދި މަސްވެރިންނަށް މަހުގެ ހަމަ އަގު ނުލިބުމުގެ ކަންބޮޑުވުންތައް މުޒާހަރާގެ ބައިވެރިން ފާޅުކޮށްފައެވެ.

މި މުޒާހަރާގެ ތެރޭގައި ހުންނެވި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ވިދާޅުވީ އެރަށުގެ މަސްވެރިންނަށް ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށާއި މަސްވެރިންގެ ދުވަހެއް އެރަށުގައި ފާހަގަ ކުރުމަށް ލަދުގަންނަވަން ޖެހޭނެ ކަމަށެވެ. އަދި އެރަށުގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރަމުންދަނީ މަސްވެރިންނަށް ދައުވަތު ނުދީ ކަމަށާއި މަސްވެރިންގެ ދުވަހުގެ ޖަލްސާއަށް ވެސް މަސްވެރިންނަށް އެމީހުންގެ ޝުއޫރު ފާޅު ކުރުމަށް ވެސް ފުރުސަތު ނުދޭ ކަމަށެވެ. މަސްވެރިން ވެސް ވަނީ މަސްވެރިންގެ ދުވަހުގެ ޖަލްސާއަށް ދިއުމަށް ފުރުސަތު ނުދޭތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިހަވަންދޫ ރަށު ކައުންސިލުން ބުނީ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށްޓަކައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެރަށަށް ވަޑައިގަންނަވާތީ ކައުންސިލުންވީ ތައްޔާރީތަކަށް ނުބައްލަވާ މިނިސްޓަރުގެ ކަންކަން ކުރެއްވީ އެރަށުގެ ވަކި ބަޔަކު އަންގާފައިވާ ގޮތަށް ކަމަށެވެ. އަދި ސަރުކާރުން އެށު ކައުންސިލް ބަދުނާމު ކުރުމަށް މަސައްކަތްކުރާ ކަމަށް ތުހްމަތު ކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު