ކަނޑުމަތީ އޮތް ބިދޭސީއަކު ފުލުހުން ސަލާމަތްކޮށްފި
16 ޑިސެމްބަރު 2017 | ހޮނިހިރު 12:53ބިދޭސީއަކާ އެކު އޮޔާ ދިޔަ ޑިންގީއެއް ވެސް ސަލާމަތްކޮށްފައިވޭ


ކަނޑުމަތިން އޮޔާދިޔަ މީހާ
ކަނޑުމަތިން އޮޔާދިޔަ ބިދޭސީއަކު ސަލާމަތްކޮށްފިއެވެ.
ފުލުހުންގެ މީޑިޔާއިން މައުލޫމާތު ދިން ގޮތުގައި އެ މީހާ ކަނޑުމަތީގައި އޮއްވާ ފުލުހުންގެ ލޯންޗަކަށް ނަގާފައި ވަނީ ހޮނިހިރު ދުވަހުގެ މެންދުރު 12.05 ހާއިރެވެ. އެމީހާ ފެނުނީ ވިލިމާލެ އާއި ފޭދޫ ފިނޮޅާ ދެމެދު ކަމަށް ފުލުހުން ބުނެއެވެ.
އެމީހާގެ އިތުރުން އެ ސަރައްދުން އޮޔާދިޔަ ޑިންގީއެއް ވެސް ނާގަފައިވާއިރު އޭގައި ވެސް ބިދޭސީއަކު އިން ކަމަށް ފުލުހުން ބުނެއެވެ. އަދި ކަނޑުމަތިން ސަލާމަތްކުރި ބިދޭސީ މީހާއަކީ އެ ޑިންގީ އޮޔާ ދާން ފެށުމުން އެ ޑިންގީ ސަލާމަތްކުރުމަށް މޫދަށް ފުންމާލި މީހެއް ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ. ބިދޭސީއަކު ދުއްވަން އިން އެ ޑިންގީ އޮޔާދިޔައީ އޭގެ އިންޖީނު ހުއްޓުމުން ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ފުލުހުން ބުނި ގޮތުގައި އެ ޑިންގީއަކީ ފޭދޫ ފިނޮޅާއި ވިލިނގިއްޔާ ދޭތެރޭ އޮތް ބޯޓެއްގެ ޑިންގީ އެކެވެ.










