Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފާރިސް ހައްޔަރުކުރުން

ފާރިސް ޖަލުން މިނިވަންނުކޮށް ބޭއްވުމަކީ ސަރުކާރަށް ހެދޭ ވަރަށް ބޮޑު ގޯހެއް: އަމީތު

14 ޑިސެމްބަރު 2017 | ބުރާސްފަތި 13:59

ފާރިސް ދޫ ދެއްވަފާނެ ކަމަށް އަދި ފަހަތަށް ޖެހިވަޑައިގަންނަވާނެ ކަމަށް ހީކުރުމަކީ ގޯހެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 14 ޑިސެމްބަރު 2017 | ބުރާސްފަތި 13:59
އިސްލާހީ ހަރަކާތުގައި މަސައްކަތްކުރައްވާ ރައްޔިތުން މަޖިލީހުގެ މެމްބަރުން

އިސްލާހީ ހަރަކާތުގައި މަސައްކަތްކުރައްވާ ރައްޔިތުން މަޖިލީހުގެ މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ޖަލުން މިނިވަންނުކޮށް ބޭއްވުމަކީ ސަރުކާރަށް ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

އިސްލާހީ ހަރަކާތުގައި މަސައްކަތް ކުރައްވާ ރައްޔިތުން މަޖިލީހުގެ މެމްބަރުން ހ. ތެމާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ ފާރިސް ދޫ ދެއްވަފާނެ ކަމަށް ހީކޮށް، ފަހަތަށް ޖެހިވަޑައިގަންނަވާނެ ކަމަށް ބަލައި، ޖަލުން މިނިވަންނުކޮށް ބޭއްވުމަކީ ސަރުކާރަށް ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އަދި ފާރިސް ހުންނެވީ ވަރަށް ހިތްވަރާއި އަޒުމާއި ސާބިތުކަން މަތީ ކަމަށް އަމީތު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވީ ފާރިސް ބަންދުގައި ހުންނަވާތާ 150 ދުވަސް ވެފައިވާއިރު ނުކުރެވޭ ޝަރީއަތެއްގެ މައްޗަށް ހިތުހުރި ގޮތަކަށް ސިޔާސީ ގޮތުން މޯލްޑިވްސް ޕޮލިސް ސާރވިސަސް އިން ތަހުގީގު ކުރުމަށް ފަހު ޕްރޮސެކިއުޓަރ ޖެނެރަލް ގާނޫނީ ހުދޫދުގެ ތެރެއަށް ބެލުމެއް ނެތި، ހަމަހަމަކަން ގެއްލޭ ގޮތަށް ޕްރޮސެކިއުޓް ކޮށްގެން މިއަދު ރާއްޖޭގެ ކޯޓުތަކުގައި ފާރިސްގެ ޝަރީއަތް ހިނގަމުންދާ ގޮތް ހުރިހާ ރައްޔިތުންނަށް ވެސް ވަރަށް ސާފުކޮށް ފެނިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ނޫސްވެރިންގެ ބައްދަލުވުމަގައި ހއ. ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް ވިދާޅުވީ ރައިސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ފާޅުގައި ފާރިސް މަސައްކަތް ކުރެއްވި ކަމަށާއި ސަރުކާރުން ހިންގާ ކޮރަޕްޝަނާއި ފަސާދަ ހުއްޓުވުމަށް ހިތްވަރާ އެއްކޮށް މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ މި ސަރުކާރުން ކަންތައްތައް ކުރަމުންދާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފް ވިދާޅުވީ ރައްޔިތުންގެ ފައިސާ މި ސަރުކާރުގެ އިސްވެރިން ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށާއި ކޯޓުތަކުން ނިންމާ ނިންމުންތައް އަދުލުވެރިން ނޫން ކަމަށެވެ. އަދި ހުރިހާ ރައްޔިތުން ވެސް މި އަނިޔާވެރި ވެރިކަމާ ދެކޮޅަށް އަޑު އުފުލުމަށް އަރީފް ވަނީ ގޮވާލައްވާފައެވެ.

ފާރިސް އަށް ނުހައްގުން އަނިޔާ ލިބެމުންދާތީ މި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާހަށް މަސައްކަތް ކުރައްވާ ރައްޔިތުން މަޖިލީހުގެ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ހުރިހާ މެމްބަރުން ވެސް ސާބިތުކަމާ އެކީ ފާރިސްއާ އެކު މަސައްކަތް ކުރައްވާނެކަން ވަނީ ވިދާޅުވެފައެވެ.

ފާރިސް މައުމޫން ބަންދުގައި ހުންނަވާތާ 150 ދުވަސް ވެފައިވާއިރު، އޭނާ މިނިވަންކުރުމަށް އެކި ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ސަރުކާރަށް ގޮވާލާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

08 މާރިޗު 2017

މަސީހު ބޭރުކުރުން ލާޒިމް، ބޮޑު މެޖޯރިޓީއެއް އެބައޮތް: ފާރިސް

08 މާރިޗު 2017
މަސީހު ބޭރުކުރުން ލާޒިމް، ބޮޑު މެޖޯރިޓީއެއް އެބައޮތް: ފާރިސް
20 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

20 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި
19 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި
19 ފެބުރުއަރީ 2017

ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ

19 ފެބުރުއަރީ 2017
ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ
02 ފެބުރުއަރީ 2017

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް