Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުހެބިޓަސް ފްރެޝް ފިހާރަ

ހެބިޓަސް ފްރެޝްގެ ނަމުގައި ފަތުގެ ބާވަތްތައް ވިއްކާ ފިހާރައެއް ހުޅުވައިފި

ލެޓިއުސްގެ 07 ބާވަތެއް އުފައްދާފައިވޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 8 ޑިސެމްބަރު 2017 | ހުކުރު 14:31
މައިކްރޯބީންސް

މައިކްރޯބީންސް

ރާއްޖޭގައި ހައިޑްރޯޕޯނިކްސް ސިސްޓަމް ބޭނުން ކޮށްގެން އުފައްދާ ފަތުގެ ބާވަތްތަކަށް ހާއްސަކޮށްގެން " ހެބިޓަސް ފްރެޝް" ގެ ނަމުގައި ފިހާރައެއް ހުޅުވައިފި އެވެ.

މި ފިހާރަ ހުޅުވާފައިވަނީ ޓާޓާއިން ކުރީގެ އަރަބިއްޔާ ހުރި އިމާރާތުގެ ޝޮޕިންގ ކޮމްޕްލެކްސްގަ އެވެ.

މިކަމާ ގުޅޭ ގޮތުން ހެބިޓަސް ފްރެޝް އިން މައުލޫމާތު ދެއްވަމުން އަހުމަދު ޒައިން ވިދާޅުވީ، މިފަދަ ފިހާރައެއް ހުޅުވީ ސިއްހަތަށް ސަމާލުކަންދޭ ފަރާތްތަކަށް ހާއްސަކޮށްގެން ހަށިގަނޑަށް ފައިދާ ހުރި ފަތުގެ ބާވަތްތައް ރައްޔިތުންނަށް ގެނެސްދިނުމަށް ކަމަށެވެ. އެގޮތުން ހެބިޓަސް ފްރެޝް އިން ލިބެން ހުންނަ ޕްރޮޑަކްޓްތަކަކީ ރަގަޅަށް ޕެކްކޮށްފައި ކަމަށެެވެ. އަދި ތާޒާ ފަތުގެ ބާވަތްތައް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ލެޓިއުސް އާއި މައިކްރޯގްރީންސް ބާވަތްތައް ހެބިޓަސް ފްރެޝް އިން ލިބިގެންދާނެ އެވެ.

" އަޅުގަނޑުމެން އެބަ ވިއްކަން ހަތް ވައްތަރެއްގެ ލެޓިއުސް އާއި 18 ވައްތަރެއްގެ މައިކްރޯގްރީންސް. ދެން މައިކްރޯގްރީންސް އަކީ ވަރަށް ކުޑަކުޑަ ފަތެއް. އެކަމަކު ތަފާތު ރަހަތަށް ލިބޭނެ. އަޅުގަނޑުމެން މަސައްކަތް ކުރަނީ ތާޒާ ތަރުކާރީ ފޯރުކޮށްދެވޭތޯ،" ޒައިން ވިދާޅުވި އެވެ.

ހެބިޓަސް ފިހާރައިން ވިއްކާ ފަތުގެ ބާތްތައް ރާއްޖޭގެ އިތުރު ސަރަހައްދުތަކުގައި ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

" މިދިޔަ އަހަރުން ފެށިގެން ހައިޑްރޯޕޯނިކް ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދަނީ. ވަރަށް ބުރަ މަސައްކަތެއް މިކުރަނީ،" ޒައިން ވިދާޅުވި އެވެ.

ހައިޑްރޯޕޯނިކްސް ސިސްޓަމް ބޭނުންކޮށްގެން ގަސް އިންދުމަކީ އިންޑޯގައި އާޓިފިޝަލް އަލި ބޭނުންކުރުމުގެ އިތުރުން ފެނުގައި ގަސް އިންދުމުގެ ސިސްޓަމެކެވެ.

އިތުރަށް ކިޔާލަން

12 ޖުލައި 2017

"އެކްސްޕީރިއަންސް މޯލްޑިވްސް" ގެ ނަމުގައި ބައިނަލްއަގްވާމީ ކެމްޕޭނެއް ފަށައިފި

12 ޖުލައި 2017
 "އެކްސްޕީރިއަންސް މޯލްޑިވްސް" ގެ ނަމުގައި ބައިނަލްއަގްވާމީ ކެމްޕޭނެއް ފަށައިފި
06 ޖުލައި 2017

ފިޓްރޯން ރެޒިޑެންސްގެ ނަމުގައި ލަގްޜަރީ ފްލެޓް އިމާރާތެއް މުނި އެންޓަރޕްރައިޒަސްއިން އަޅަނީ

06 ޖުލައި 2017
 ފިޓްރޯން ރެޒިޑެންސްގެ ނަމުގައި ލަގްޜަރީ ފްލެޓް އިމާރާތެއް މުނި އެންޓަރޕްރައިޒަސްއިން އަޅަނީ
25 ޖޫން 2017

ޕްރޮމޯޝަންގެ ނަމުގައި އޮޅުވާލައިގެން ބޭންކު އެކައުންޓުގެ މަޢުލޫމާތާއި ފައިސާ ހޯދާ މައްސަލަ ފެންމަތިވެއްޖެ!

25 ޖޫން 2017
ޕްރޮމޯޝަންގެ ނަމުގައި އޮޅުވާލައިގެން ބޭންކު އެކައުންޓުގެ މަޢުލޫމާތާއި ފައިސާ ހޯދާ މައްސަލަ ފެންމަތިވެއްޖެ!
10 ޖޫން 2017

ފަތުގެ އަގު މައްޗަށް، ކަނޑު މަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް

10 ޖޫން 2017
ފަތުގެ އަގު މައްޗަށް، ކަނޑު މަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް
01 ޖޫން 2017

ފަތެއް ނެތް، ލިބެން ހުރި ފަތުގެ ބާވަތްތަކުގެ އަގުތައް އެހާ މަތީގަ!

01 ޖޫން 2017
ފަތެއް ނެތް، ލިބެން ހުރި ފަތުގެ ބާވަތްތަކުގެ އަގުތައް އެހާ މަތީގަ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު