Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޫސްވެރިޔާ ރިލްވާން

ރިލްވާން ގެއްލުނު މައްސަލައިގައި ދައުވާ ސާބިތު ކުރުމަށް ދައުލަތުން 29 ހެކި ހުށަހެޅިއިރު ދައުވާ ލިބޭ މީހުންނަށް ދައުވާ ސާފެއް ނުވޭ

7 ޑިސެމްބަރު 2017 | ބުރާސްފަތި 17:45

ރިލްވާން ގެންދިޔަ ކަމަށް ބުނާ ކާރުން ފެނުނު ޑީއެންއޭއާއި ރިލްވާނެ މަންމަގެ ޑީއެންއޭ އާ ގުޅޭ ރިޕޯޓް ވަނީ ހުށަހަޅާފަ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 7 ޑިސެމްބަރު 2017 | ބުރާސްފަތި 17:45
ރިލްވާން ގެއްލުނު ރޭގެ ވީޑިއޯ ފުޓޭޖްތަކެއް

ރިލްވާން ގެއްލުނު ރޭގެ ވީޑިއޯ ފުޓޭޖްތަކެއް

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލިފައިވާ މައްސަލައާ ގުޅިގެން ދައުލަތުން އުފުލާފައިވާ ދައުވާ ސާބިތު ކުރުމަށް 29 ހެކި ހުށަހެޅިއިރު ދައުވާ ލިބޭ މީހުންނަށް އެ ދައުވާ ސާފް ނުވާ ކަމަށް ބުނެފިއެވެ.

ރިލްވާން ގެއްލިފައިވާ މައްސަލައިގައި ރިލްވާން ގަދަކަމުން ގެންގޮސް ފޮރުވި ކަމަށް ބުނެ، ގަދަކަމުން މީހަކު ފޮރުވުމުގެ ދައުވާ ދައުލަތުން ކުރަނީ ހ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ، މުހައްމަދު ނޫރައްދީނާއި ސ. ހުޅުދޫ އަތިރިއާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ. އޭގެ ތެރެއިން ސުއައިދު ރާއްޖެއިން ބޭރުގައި ހުރުމުން އޭނާގެ ބައި ކުރިއަކަށް ނުގެންދެ އެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާ ކުރާ ތިން މީހުންގެ ތެރެއިން ދެ މީހެއްގެ ދައުވާ އިއްވާފައެވެ އެގޮތުން އެ ދައުވާގައި ބުނެފައިވަނީ، 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ އަށްވަނަ ދުވަހުގެ ރޭ އަހުމަދު ރިލްވާން ދިރިއުޅޭ ފްލެޓް ކުރިމަތިން، ގަދަކަމުން ކާރަކަށް އަރުވައިގެން ގަދަކަމުން އޭނާ ފޯރުވާފައިވާ ކަމަށެވެ. އަދި އެކަން ކުރީ ދައުވާ ލިބޭ ތިން މީހުން ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

މި ދައުވާ އާރިލް ރައޫފްއާއި މުހައްމަދު ނޫރުއްދީން ގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ކުރީގެ ގާނޫނުގެ ދެވަނަ މާއްދާގެ (ށ)އާ ހަވާލާދީ، އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ)ގެ ދަށުންނެވެ. މި ދައުވާ ސާބިތުވެއްޖެނަމަ އަންނާނީ 10 އަހަރާއި 15 އަހަރުގެ ޖަލު ހުކުމެކެވެ.

ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި 29 ހެކީގެ ތެރޭގައި ހިމެނެނީ މީހުންނާއި ފޮރެންސިކް ލިޔުންތަކެވެ. އެގޮތުން ރިލްވާން ދިރިއުޅުނު ފްލެޓް ކައިރިން ރަތް ކުލައިގެ ކާރަކަށް ގަދަކަމުން މީހަކު އަރުވައިގެން ގެންދިޔަ މަންޒަރު ފެނުނު ކަމަށް ބުނާ އަށް މީހަކު ދައުލަތުން ހެކިންގެ ގޮތުގައި ހުށަހެޅި އެވެ. އޭގެ ތެރޭގައި ސިއްރު ހެކިން ވެސް ހިމެނެއެވެ.

ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި ސިއްރު ހެކިންގެ ތެރެއިން އެކަކީ، ރިލްވާންއާ އެއް ފެރީއެއްގައި އެ ރޭ މާލެއިން ހުޅުމާލޭއަށް ދަތުރުކުރި މީހެކެވެ. ދެވަނަ ހެއްކަކީ، އޯގަސްޓް މަހުގެ އަށްވަނަ ދުވަހުގެ ރޭ ކާރަކަށް މީހަކު ގަދަކަމުން އެރުވި ކަމަށާއި އެތަނުން ދޮން ކުލައިގެ އެއްޗެއް ފެނިފައިވާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން އެ ސަރަހައްދަށް ދިޔުމުން އެ ތަނުން ވަޅިއެއް ފެނުނު މީހެކެވެ.

ސިއްރު ހެއްގެ ގޮތުގައި ދައުލަތުން ހުށަހެޅި ތިން ވަނަ ހެއްކަކީ އާދަޔާ ހިލާފަށް މީހަކު ހަޅޭލަވައިގަތް އަޑުއިވިގެން އޭނާ ދިރިއުޅޭ ފްލެޓްގެ ބެލްކަނިން މަގުމަތި ބެލިއިރު ގަދަކަމުން މީހަކު ކާރަށް އަރުވާ މަންޒަރު ފެނުނު މީހެކެވެ. އަދި އެ ކާރުގެ ފަހަތު ސީޓް ހުޅުވިފައިހުރި ކަމާއި އެ ސީޓުން މީހަކު އަތް ދިއްކުރާ މަންޒަރު ފެނުނު މީހެކެވެ.

ދައުލަތުން ހުށަހެޅި ސިއްރު ހެކި ހަތަރަކާއި ފަހެއް އަދި ހަޔަކީ، މީހެއްގެ ފުރަގަހުގައި ހިފަހައްޓައިގެން ގަދަކަމުން ކާރަކަށް އަރުވާ މަންޒަރު ފެނުނު ދެ މީހުންނެވެ. އެ ދެ މީހުންނަށް ވެސް އެ މަންޒަރު ފެނުނީ ދިރިއުޅޭ ފްލެޓްގެ ބެލްކަނިން ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. ހަމައެހެންމެ ސިއްރު ހެކިވެރިޔާ ހަތަކީ، ރިލްވާން ގެއްލުނު ރޭ އޭނާ ދިރިއުޅޭ ފްލެޓް ކައިރިން "އޭ އޭ އޭ" ވަރަށް ބާރަށް ގޮވައި އަޑު އިވުނު މީހެއް ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

މީގެއިތުރުން ދައުލަތުން ހުށަހެޅި ހެކީގެ ތެރޭގައި ރިލްވާންގެ މަންމަ އައިމިނަތު އީސާ އާއި، ރިލްވާންގެ ތިން ބޭބެއަކާއި ހަތަރު ދައްތައެއް ހިމެނެއެވެ.އެ މީހުން ހެކީގެ ގޮތުގައި ހުށަހެޅީ އެ ރަތް ކާރުން އެ އާއިލާގެ އެއްވެސް މީހަކު ދަތުރުކޮށްފައިނުވާނެކަން ސާބިތުކުރުމަށް ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

މީގެއިތުރުން ރިލްވާން ގޮވައިގެން ދިޔަ ކާރު ތެރެއިން ފެނުނު އިސްތައްޓެއްގެ ޑީއެންއޭ ވަނީ ރިލްވާންގެ މަންމަގެ ޑީއެންއާ ދިމާވެފަ އެވެ. އެ ރިޕޯޓް ވެސް ހެކީގެ ގޮތުގައި ދައުލަތުން ވަނީ ހުށަހަޅާފައެވެ. އޭގެ އިތުރުން ރިލްވާންގެ ދަތްއުނގުޅާ ބުރުހުގެ ޑީއެންއޭ ރިޕޯޓަކީ ވެސް މައްސަލައިގެ ހެއްކެކެވެ. އެ ރިޕޯޓްގައި ވެސް ބުރުހުގެ ޑީއެންއޭ ވަނީ ރިލްވާންގެ މަންމަގެ ޑީއެންއޭއާ ދިމާވެފަ އެވެ. ދެން ހުށަހަޅާފައިވަނީ އާލިފާއި ނޫރައްދީން ތަހުގީގަށް ދީފައިވާ ބަޔާނެވެ. އެ ބަޔާންތަކުގައިވާ ގޮތުން 2014 ވަނަ އަހަރު ޖުލައި މަހު، އެ ރަތް ކާރު ވަނީ ނޫރައްދީން ދުއްވުމަށް ހުޅުމާލެއަށް ފޮނުވާފައި ކަމަށް ވަނީ ބުނެފަ އެވެ. ކާރަކީ އާލިފްގެ ކާރެކެވެ. ފޮނުވީ މާލެއިން ހުޅުމާލެއަށް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ދައުލަތުން ހުށަހެޅި ހެއްކާއި އަދި ދައުވާއާ ބެހޭ ގޮތުން އެ ދެމީހުންގެ ވަކީލް ވިދާޅުވީ ރިލްވާން ފޮރުވި ކަމަށް ދައުވާގައި ބުނާއިރު ފޮރުވާފައި ހުރީ ކޮން ތަނެއްގައިތޯ ސުވާލު އުފައްދަވައިފަ އެވެ. ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން މީހަކު ފޮރުވި ކަމަށް ދައުވާ ކުރާ ނަމަ ފޮރުވި ތަނެއް އެނގެން ޖެހޭނެ ކަމަށާއި އެކަން ދައުވާގައި ނެތީ ކީއްވެގެގެންތޯ އޭނާ ސުވާލު އުފެއްދެވިއެވެ. އަދި އެ ހާދިސާ ހިނގި ކަމަށް ބުނާ ވަގުތު ވެސް ދައުވާގައި އޮންނަން ގާނޫނު ލާޒިމް ކުރާއިރު އެ ތަފްސީލު ނެތީ ކީއްވެގެންތޯ ވެސް އެ ދެ މީހުންގެ ވަކީލް ސުވާލު އުފެއްދެވި އެވެ.

ދިފާއީ ވަކީލް ވިދާޅުވީ ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ދައުލަތުން ބުނާއިރު ގަދަކަމުން ފޮރުވުމަކީ ފުރާނައަށް ގެއްލުމެއް ނުލިބޭ ފަދަ ޓެރަރިޒަމްގެ އަމަލެއް ކަމަށް ދައުލަތުން ސިފަ ކުރަނީތޯ ސުވާލު އުފެއްދެވި އެވެ. ހަމައެހެންމެ އެހާ ގިނަ އަދަދެއްގެ ހެކި ދައުލަތުން ހުށަހެޅިއިރު ވެސް، ކާރަކަށް މީހަކު އަރުވައިގެން ގެންދިޔައީ ދައުވާ ލިބޭ ދެ މީހުން ކަމަށް އެއްވެސް ހެކިވެރިއަކު ބުނެފައިނުވާ ކަމަށާއި އެހެންވެ އެ ދައުވާ އެ ދެ މީހުންގެ މައްޗަށް ކުރީ ކީއްވެގެންތޯ ދިފާއީ ވަކީލް ސުވާލު އުފެއްދެވި އެވެ. އަދި އެގޮތަށް ދައުވާ ކުރާ ނަމަ ކޮންމެ މީހަކާ ދެކޮޅަށް ވެސް ދައުލަތަށް ދައުވާ ކުރެވިދާނެ ކަމަށް ދިފާއީ ވަކީލް ވިދާޅުވި އެވެ.

ކުރީގެ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން އެ ދައުވާ ކުރާތީ އެކަމާ މެދު ވެސް ވަކީލް ސުވާލު ކުރެއްވި އެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަކީ މިހާރު އަމަލުކުރާ ގާނޫނުލް އުގޫބާތުން އިސްތިސްނާ ކުރެވިފައިވާ ގާނޫނެއް ކަމަށް ނުވެފައި، ގަދަކަމުން މީހުން ފޮރުވުމުގެ ކުށް ގާނޫނުލް އުގޫބާތުގައި އޮންނާތީ އެވެ. އެހެންވެ އެ ހާލަތުގައި އިސް ކުރެވޭނީ ގާނޫނުލް އުގޫބާތުގައި ކަމަށާއި އަދި މީހުން ފޮރުވުމުގެ ކުށަށް އެންމެ ލުއި އަދަބެއް ވެސް އޮންނަނީ ގާނޫނުލް އުގޫބާތުގައި ކަމަށްވާތީ އެ ދައުވާ ކުރަންޖެހޭނީ ގާނޫނުލް އުގޫބާތުގެ ދަށުން ކަމަށް ދިފާއީ ވަކީލް ވިދާޅުވި އެވެ.

މީގެއިތުރުން ދައުވާކުރީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ 45 ދުވަހުގެ މުއްދަތު ހަމަވިފަހުން ކަމަށް ބުނެ އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް ދިފާއީ ވަކީލް ވިދާޅުވެފަ އެވެ. އެކަމަކު އެ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވީ އެ މައްސަލަ ކޯޓަށް ހުށަހެޅީ އެ ގާނޫނުގައި ބުނާ މުއްދަތު ހަމަވުމުގެ ކުރިން ކަމަށެވެ.

ދިފާއީ ވަކީލްގެ އެ ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލް ވިދާޅުވީ ދިފާއީ ވަކީލް ފާހަގަ ކުރެއްވި އެކަން ކަމަށް ޖަވާބުދާރީވުމަށް އިތުރު ފުރުސަތަކަށެވެ. އެހާ ގިނަ ކަންތައްތަކެއް ހުށަހެޅުމުން ޖަވާބުދާރީވެވޭނީ ދިރާސާކޮށްގެން ކަމަށް ދައުލަތުން ބުންޏެވެ. ނަމަވެސް ދިފާއީ ވަކީލް އެކަމަށް ދެކޮޅު ހެއްދެވިއެވެ.

ގާޒީ އާރިފް ނިންމެވީ އިތުރު ފުރުސަތެއް ދައުލަތަށް ދިނުމަށެވެ. އެކަމަކު މައްސަލަތަކުގެ އަޑުއެހުންތަކަށް ދައުލަތުގެ ވަކީލުން ހާޒިރުވާއިރު ރަނގަޅަށް ތައްޔާރުވެގެން ވަޑައިގަތުމަށް ގާޒީ އިލްތިމާސް ކުރެއްވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް