Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމިސްޓަރ ފިޓްޒޯން

މިސްޓަރ ފިޓްޒޯން ހޮވުމަށް ބޮޑީ ބިލްޑިންގ މުބާރާތެއް ބާއްވަނީ

7 ޑިސެމްބަރު 2017 | ބުރާސްފަތި 13:36

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 15 ގައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 7 ޑިސެމްބަރު 2017 | ބުރާސްފަތި 13:36
ފިޓްޒޯން އިން ބައްވާ މިސްޓަރ ފިޓްޒޯން މުބާރާތް

ފިޓްޒޯން އިން ބައްވާ މިސްޓަރ ފިޓްޒޯން މުބާރާތް

ހުޅުމާލޭގައި ހިންގާ ފިޓްނަސް ސެންޓަރެއް ކަމުގައިވާ ފިޓްޒޯން އިން މިސްޓަރ ފިޓްޒޯންގެ ނަމުގައި މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

މި މުބާރާތާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން، މެނޭޖިންގ ޑިރެކްޓަރ އަހުމަދު ރިޔާޒް ވިދާޅުވީ، މި މުބާރާތް ބޭއްވުމަށް ފިޓްޒޯނުން ނިންމީ ޒުވާނުން ފިޓްނެސް ދާއިރާއަށް ޝައުގުވެރިކަން އުފައްދާ، ދުޅަހެޔޮ ސިއްހަތަށް ލޯބި ކުރާ ޒުވާނުން އިތުރު ކުރުމަށް ކަމަށެވެ.

މި މުބާރާތުގައި ދެ ކެޓަގަރީއެއް ހިމެެނޭ ކަމަށާއި އެގޮތުން ފިސިކް ބޮޑީ އާއި ބޮޑީ ބިލްޑިންގ ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ. ބައިވެރިވަން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 12 ވަނަ ދުވަހުގެ ނިއަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެގޮތުން ފިޓްޒޯންގެ ފޭސްބުން މެދުވެރިކޮށް ނުވަތަ ފިޓްޒޯން ސްޓޫޑިއޯ އިންވެސް ފޯމް ލިބޭނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ. މި މުބާރާތާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް ފިޓްޒޯން ނަންބަރު 3352030 އަށް ގުޅުމުން ވެސް މައުލޫމާތު ލިބިގެންދާނެ ކަމަށް އޭނާ ފިޓްޒޯނުން ބުނެ އެވެ.

މިސްޓަރ ފިޓްޒޯން މުބާރާތުގައި ކޮންމެ އުމުރުފުރާއެއްގެ މީހަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު ދިވެހިންގެ އިތުުރުން ބިދޭސީންނަށް ވެސް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

މި މުބާރާތުން އެއްވަނަ ހޯދާ ފަރާތަކަށް 30000ރ. ގެ ފައިސާގެ އިނާމެއް ލިބިގެންދާނެ ކަމަށް ފިޓްޒޯނުން ބުނެ އެވެ.

މި މުބާރާތް ފިޓްޒޯން އިން ކުރިއަށްގެންދަނީ، ބަޑޮސް އައިލެންޑް ރިސޯޓުގެ އެހީތެރިކަމާ އެކު އެވެ. މި މުބާރާތުގެ ފިސިކް ކެޓަގަރީ ސްޕޮންސަރ ކުރުމުގެ ފުރުސަތުވެސް ފިޓްޒޯން އިން ވަނީ ހުޅުވާލައިފަ އެވެ.

އިތުރަށް ކިޔާލަން

07 މެއި 2019

ސައުތު އޭޝިއަން ބޮޑީ ބިލްޑިންގް އެންޑް ފިޓްނަސް ފެޑެރޭޝަންގެ މެމްބަރުކަން ރިފާއުއަށް!

07 މެއި 2019
ސައުތު އޭޝިއަން ބޮޑީ ބިލްޑިންގް އެންޑް ފިޓްނަސް ފެޑެރޭޝަންގެ މެމްބަރުކަން ރިފާއުއަށް!
01 މެއި 2019

އޭޝިއަން ބޮޑީ ބިލްޑިން މުބާރާތް ރާއްޖޭގައި ބޭއްވުމުގެ މަސައްކަތް ކުރަނީ

01 މެއި 2019
އޭޝިއަން ބޮޑީ ބިލްޑިން މުބާރާތް ރާއްޖޭގައި ބޭއްވުމުގެ މަސައްކަތް ކުރަނީ
30 މާރިޗު 2019

މިއަހަރު ރާއްޖެ ބޮޑީބޯޑިންގެ ފުރަތަމަ މުބާރާތް އަންނަ މަހު ފުވައްމުލަކުގައި

30 މާރިޗު 2019
މިއަހަރު ރާއްޖެ ބޮޑީބޯޑިންގެ ފުރަތަމަ މުބާރާތް އަންނަ މަހު ފުވައްމުލަކުގައި
30 ޖެނުއަރީ 2019

މިސްޓަރ މޯލްޑިވްސް އެޕްރިލް 26 ގައި، ބައިވެރިވުމަށް ހުޅުވާލައިފި

30 ޖެނުއަރީ 2019
މިސްޓަރ މޯލްޑިވްސް އެޕްރިލް 26 ގައި، ބައިވެރިވުމަށް ހުޅުވާލައިފި
08 ޑިސެމްބަރު 2017

ބެލެންޑޯ އެވޯޑް ހޯދަން ނޭމާ އަށް ފުރުސަތު ބޮޑީ ރެއާލްގައި: ރެއާލްގެ ރައީސް

08 ޑިސެމްބަރު 2017
ބެލެންޑޯ އެވޯޑް ހޯދަން ނޭމާ އަށް ފުރުސަތު ބޮޑީ ރެއާލްގައި: ރެއާލްގެ ރައީސް
26 އޯގަސްޓު 2017

ހޮޓް އައިސް ސްޕޯޓް ބޮޑީ ސްޕްރޭ ޕްރޮމޯޓް ކުރުމަށް ޓޯނަމެންޓެއް ބާއްވައިފި

26 އޯގަސްޓު 2017
ހޮޓް އައިސް ސްޕޯޓް ބޮޑީ ސްޕްރޭ ޕްރޮމޯޓް ކުރުމަށް ޓޯނަމެންޓެއް ބާއްވައިފި
23 އޯގަސްޓު 2017

އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ރަން މެޑަލެއް ލިބިއްޖެ

23 އޯގަސްޓު 2017
އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ރަން މެޑަލެއް ލިބިއްޖެ
19 އޯގަސްޓު 2017

ޝާމް ބަލިކުރުމަށްފަހު ތަނބުރުދޫ ބޮޑީބޯޑިން ޗެލެންޖް ޖާއްޓެ ކާމިޔާބުކޮށްފި

19 އޯގަސްޓު 2017
ޝާމް ބަލިކުރުމަށްފަހު ތަނބުރުދޫ ބޮޑީބޯޑިން ޗެލެންޖް ޖާއްޓެ ކާމިޔާބުކޮށްފި
17 އޯގަސްޓު 2017

ތަނބުރުދޫ ބޮޑީބޯޑިންގް ޗެލެންޖުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކަށް ރާއްޖެޓީވީ ހަމަޖައްސައިފި

17 އޯގަސްޓު 2017
ތަނބުރުދޫ ބޮޑީބޯޑިންގް ޗެލެންޖުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކަށް ރާއްޖެޓީވީ ހަމަޖައްސައިފި
13 މާރިޗު 2017

މިސްޓަރ މޯލްޑިވްސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

13 މާރިޗު 2017
މިސްޓަރ މޯލްޑިވްސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް