Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެންޓޯނިއޯ ކޮންޓޭ

ކޮންޓޭ 8000 ޕައުންޑްއިން ޖޫރިމަނާކޮށްފި

ހަތަރުވަނަ އޮފިޝަލާއި ކޮންޓޭ ޒުވާބުކުރީ ސްވަންސީގެ ކުޅުންތެރިން ވަގުތު ބޭކާރު ކުރަމުން ދިޔުމާއި ވިދިގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 7 ޑިސެމްބަރު 2017 | ބުރާސްފަތި 16:56
އެންޓޯނިއޯ ކޮންޓޭ - ރެފްރީއާއި ޒުވާބުކުރުމާއި ގުޅިގެން އޭނާ ވަނީ ޖޫރިމަނާކޮށްފައި

އެންޓޯނިއޯ ކޮންޓޭ - ރެފްރީއާއި ޒުވާބުކުރުމާއި ގުޅިގެން އޭނާ ވަނީ ޖޫރިމަނާކޮށްފައި

ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ 8000 (އަށް ހާސް) ޕައުންޑްއިން ޖޫރިމަނާ ކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ކޮންޓޭއާއި ދެކޮޅަށް ފިޔަވަޅު އަޅާފައިވަނީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު 1-0 ގެ ނަތީޖާއިން ޗެލްސީ މޮޅުވި މެޗުގައި ހަތަރުވަނަ އޮފިޝަލާއި ޒުވާބު ކުރުމުގެ ސަބަބުންނެވެ.

ހަތަރުވަނަ އޮފިޝަލާއި ކޮންޓޭ ޒުވާބުކުރީ ސްވަންސީގެ ކުޅުންތެރިން ވަގުތު ބޭކާރު ކުރަމުން ދިޔުމާއި ވިދިގެންނެވެ. އެންޓޯނިއޯ ރުޑިގާގެ ގޯލުން ޗެލްސީއަށް ތިން ޕޮއިންޓް ލިބުނު މި މެޗު ނިންމާލުމަށް ފަހު ކޮންޓޭވަނީ ރެފްރީގެ ކިބައިން މައާފަށް އެދިފައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ކޮންޓޭ ބުނީ އެ މެޗު ނިންމާލުމަށްފަހު ބުނި ފަދައިން ރެފްރީގެ ނިންމުމަށް އިހުތިރާމު ކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށާއި އެގޮތަށް އަމަލު ނުކުރެވުމުން ދެރަވާ ކަމަށެވެ. އެފްއޭއިން އެޅި ރަނގަޅު ފިޔަވަޅެއް ކަމަށާއި އޭނާ ގަސްތުކުރަނީ ޖޫރިމަނާގެ ފައިސާ ދައްކަން ކަމަށްވެސް ކޮންޓޭ ބުނެފައިވެއެވެ.

ކޮންޓޭ ބުނީ ސްވަންސީގެ ކުޅުންތެރިން ވަގުތު ބޭކާރުކުރީ ކަމަށާއި އޭނާ ކުރި ހަމައެކަނި ކުށަކީ އެ މައްސަލަ ހަތަރުވަނަ އޮފިޝަލްގެ ސަމާލުކަމަށް ގެނައުން ކަމަށެވެ. ކުރިޔަށް ހުރި މެޗުތަކުގައި ހަތަރުވަނަ އޮފިޝަލާއި ވާހަކަ ދެއްކުން މަދުކުރާނެ ކަމަށާއި އަދި ކުޅުންތެރިން މެދުވެރިކޮށް ރެފްރީގެ ސަމާލުކަމަށް މައްސަލަތައް ގެންނާނެ ކަމަށް ކޮންޓޭ ހާމަކުރިއެވެ.

ޗެމްޕިއަންސް ލީގުގައި ޗެލްސީ އޮތް ގްރޫޕުން ދެވަނަ ލިބުމާއި ވިދިގެން ނޮކްއައުޓް ބުރުގައި ބާސެލޯނާއާއި ދެކޮޅަށް ޗެލްސީ ކުޅެން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މިކަމާއި ގުޅިގެން ކޮންޓޭ ބުނީ ޗެމްޕިއަންސް ލީގަކީ އެންމެ ބޮޑު މުބާރާތް ކަމަށާއި އެ މުބާރާތުގައި ދެރަ ޓީމެއް ވާދަނުކުރާނެ ކަމަށެވެ. ހަމައެހެންމެ ކޮންމެ ޓީމަކާއި ދެކޮޅަށް ވެސް ކުޅެން ތައްޔާރުކަމަށް ކޮންޓޭ ހާމަކުރިއެވެ.

ކޮންޓޭއަކީ ރެފްރީންނާއި ޒުވާބުކުރާ ކޯޗެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ކޯޗެކެވެ. އިޓަލީގެ ޔުވެންޓަސްއާއި އެ ގައުމުގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމުގައި އޭނާ ހުރިއިރުވެސް ކޮންޓޭއާއި ދެކޮޅަށް އެކިފަހަރު މަތިން ވަނީ ފިޔަވަޅު އަޅާފައެވެ.

ޗެލްސީއިން މި ސީޒަނާއި ކުރިމަތިލީ ޕްރިމިއާ ލީގު ދިފާއުކުރުމުގެ އުއްމީދުގައެވެ. އެހެން ނަމަވެސް މި ސީޒަނުގައި އެ ޓީމުން ހޯދަމުން އަންނަނީ އެންމެ އެދެވޭ ނަތީޖާތަކެއް ނޫނެވެ. އެގޮތުން ކޮންޓޭގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި ކުޅުނު 15 މެޗުގެ ތެރެއިން ޗެލްސީ މޮޅުވެފައިވަނީ 10 މެޗުންނެވެ. ދެ މެޗު އެއްވަރުވެފައިވާއިރު ތިން މެޗުން ވަނީ ބަލިވެފައެވެ. ޗެލްސީ އޮތީ 32 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ.

އިތުރަށް ކިޔާލަން

17 ޖޫން 2017

ކޮންޓޭ ޗެލްސީ ދޫކޮށްލަން އުޅޭ ވާހަކަ އެ ކްލަބުން ދޮގުކޮށްފި

17 ޖޫން 2017
ކޮންޓޭ ޗެލްސީ ދޫކޮށްލަން އުޅޭ ވާހަކަ އެ ކްލަބުން ދޮގުކޮށްފި
08 ޖޫން 2017

ޗެލްސީގައި ކޯސްޓާއަށް ކުރިމަގެއް ނެތްކަމަށް ކޯޗު ކޮންޓޭ ބުނެފި

08 ޖޫން 2017
ޗެލްސީގައި ކޯސްޓާއަށް ކުރިމަގެއް ނެތްކަމަށް ކޯޗު ކޮންޓޭ ބުނެފި
28 މެއި 2017

އަންނަ ސީޒަނަށް ސްކޮޑް އިތުރަށް ވަރުގަދަކުރަން ޖެހޭ: ކޮންޓޭ

28 މެއި 2017
އަންނަ ސީޒަނަށް ސްކޮޑް އިތުރަށް ވަރުގަދަކުރަން ޖެހޭ: ކޮންޓޭ
23 މެއި 2017

ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް ކޮންޓޭ

23 މެއި 2017
ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް ކޮންޓޭ
12 މެއި 2017

މުސާރަ ބޮޑުކޮށް ކޮންޓޭއަށް އާ ކޮންޓްރެކްޓެއް

12 މެއި 2017
މުސާރަ ބޮޑުކޮށް ކޮންޓޭއަށް އާ ކޮންޓްރެކްޓެއް
10 އެޕްރީލު 2017

ޔުނައިޓެޑާ ދެކޮޅަށް ޗެލްސީ ނިކުންނަންޖެހޭނީ ހަމަޖެހިގެން: ކޮންޓޭ

10 އެޕްރީލު 2017
ޔުނައިޓެޑާ ދެކޮޅަށް ޗެލްސީ ނިކުންނަންޖެހޭނީ ހަމަޖެހިގެން: ކޮންޓޭ
18 މާރިޗު 2017

ޗެލްސީގެ ކޮންޓޭ އަށް އިންޓަމިލާންގެ ބޮޑު ހުށަހެޅުމެއް

18 މާރިޗު 2017
ޗެލްސީގެ ކޮންޓޭ އަށް އިންޓަމިލާންގެ ބޮޑު ހުށަހެޅުމެއް
26 ފެބުރުއަރީ 2017

ލީގް ހޯދިދާނެކަމަށް އަދިވެސް ގަބޫލް ނުކުރެވޭ، 29 ޕޮއިންޓް އަދި ބޭނުން: ކޮންޓޭ

26 ފެބުރުއަރީ 2017
ލީގް ހޯދިދާނެކަމަށް އަދިވެސް ގަބޫލް ނުކުރެވޭ، 29 ޕޮއިންޓް އަދި ބޭނުން: ކޮންޓޭ
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު