Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ކުޓީނިއޯގެ ހެޓްރިކާއެކު ލިވަޕޫލް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް

7 ޑިސެމްބަރު 2017 | ބުރާސްފަތި 02:24

ރަޝިއާގެ ސްޕާޓަކް މޮސްކޯއާއި ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 7 ޑިސެމްބަރު 2017 | ބުރާސްފަތި 02:24
ފިލިޕޭ ކުޓީނިއޯ މި މެޗުގައި ޕެނަލްޓީއެއް ޖަހަނީ - ލިވަޕޫލްގެ ކެޕްޓަނެއްގެ ގޮތުގައި އޭނާ ވަނީ މި މެޗުގައި ހެޓްރިކެއް ހަދާފައި

ފިލިޕޭ ކުޓީނިއޯ މި މެޗުގައި ޕެނަލްޓީއެއް ޖަހަނީ - ލިވަޕޫލްގެ ކެޕްޓަނެއްގެ ގޮތުގައި އޭނާ ވަނީ މި މެޗުގައި ހެޓްރިކެއް ހަދާފައި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ފިލިޕޭ ކުޓީނިއޯގެ ހެޓްރިކާއެކު ލިވަޕޫލްއިން ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުގެ ޖާގައެއް ހޯދައިފިއެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ރަޝިއާގެ ސްޕާޓަކް, މޮސްކޯއާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު މޮޅުވީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗާ ކުރިމަތިލިއިރު ވެސް ލިވަޕޫލްއަށް އޮތީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައެވެ. މި މެޗުގައި އެ ޓީމުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ.

ލިވަޕޫލްގެ ފުރަތަމަ ލަނޑު މެޗުގެ ހަތަރު ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ މި މެޗުގައި އެ ޓީމުގެ ކެޕްޓަންކަން ކުރި ފިލިޕޭ ކުޓީނިއޯއެވެ. ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ރޮބާޓޯ ފިރްމީނޯގެ އެހީތެރިކަމާއެކު ކުޓީނިއޯ އޭނާގެ ދެވަނަ ލަނޑު ޖަހައިދީ ލިވަޕޫލްއަށް ލީޑު ފުޅާކޮށްދިނެވެ. ލިވަޕޫލްގެ ތިންވަނަ ލަނޑު މެޗުގެ 19 ވަނަ މިނެޓުގައި ޖަހައިދިނީ ފިރްމީނޯއެވެ.

ފުރަތަމަ ހާފުގައި ލިވަޕޫލްގެ ފަރާތުން ތިން ލަނޑު ފެނިގެން ދިޔައިރު އެ ޓީމުންވަނީ ދެވަނަ ހާފުގައިވެސް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ދެވަނަ ހާފު ފެށިގެން ދެ މިނެޓު ނުވަނީސް ސަދިއޯ މާނޭ ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު ޖަހައިދިންއިރު ކުޓީނިއޯ ވަނީ 50 ވަނަ މިނެޓުގައި ލަނޑެއް ޖަހައިދީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. ލިވަޕޫލްގެ ހަވަނަ ލަނޑު 76 ވަނަ މިނެޓުގައި މާނޭ ޖަހައިދިންއިރު އެ ޓީމުގެ ހަތްވަނަ ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ޖަހައިދިނީ މުހައްމަދު ސަލާހުއެވެ.

މި ގްރޫޕުގެ ދެވަނަ މެޗުގައި ސްލޮވޭނިއާގެ މަރިބޯއާއި ސްޕެއިންގެ ސެވިއްޔާ ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި މަރިބޯގެ ޓަވާރޭސް ޖަހައިދިންއިރު ސެވިއްޔާގެ ޕައުލް ގަންސޯވަނީ މެޗުގެ 75 ވަނަ މިނެޓުގައި ލަނޑެއް ޖަހައިދީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މި ގްރޫޕުން ދެވަނަ ބުރަށް ކޮލިފައިވީ ލިވަޕޫލްގެ އިތުރުން ސެވިއްޔާއެވެ. އެގޮތުން ކުޅުނު ހަ މެޗުން ލިބުނު 12 ޕޮއިންޓާއެކު ލިވަޕޫލް ގްރޫޕްގެ އެއްވަނައިގައި އޮތްއިރު ދެވަނައިގައި ނުވަ ޕޮއިންޓާއެކު އޮތީ ސެވިއްޔާއެވެ. މި ގްރޫޕުގެ ތިންވަނަ ހަ ޕޮއިންޓާއެކު ހޯދި ސްޕާޓަކް މޮސްކޯ ދެން ވާދަކުރާނީ ޔުއެފާ ޔުރޮޕާ ލީގުގެ ނޮކްއައުޓް ބުރުގައެވެ. ކުޅުނު ހަ މެޗުން ލިބުނު ތިން ޕޮއިންޓާއެކު މި ގްރޫޕުގެ ފުލުގައި އޮތީ މަރިބޯއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް