Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޕީއެމް ޖަލްސާ

ޗައިނާ އަށް ފައިދާތަކެއް ނުވާނަމަ ޗައިނާއިން ވެސް ރާއްޖެ އަށް ހެވެއް ނޭދޭނެ: އަލީ އާރިފް

6 ޑިސެމްބަރު 2017 | ބުދަ 08:36

ޗައިނާއާއެކު ގާއިމް ކުރުމަށް ނިންމާފައިވާ އެއްބަސްވުން ނުހުއްޓުވޭނެ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 6 ޑިސެމްބަރު 2017 | ބުދަ 08:36
ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް

ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް

ޗައިނާ އަށް ފައިދާތަކެއް ނުވާނަމަ ޗައިނާއިން ވެސް ދިވެހިރާއްޖެ އަށް ހެވެއް ނޭދޭނެ ކަމަށް ޕީޕީއެމްގެ ތަރުޖަމާން އަދި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަލީ އާރިފް ވިދާޅުވީ ފައިދާތަކެއް ނުލިބޭ ގޮތަށް އެއްވެސް ގައުމަކުން އަނެއް ގައުމަކަށް ހެވެއް ނޭދޭނެ ކަމަށެވެ. އެހެން ކަމުން ޗައިނާއިން ވެސް ރާއްޖެ އަށް ހެޔޮ އެދެނީ ރާއްޖެއިން ވެސް ޗައިނާ އަށް ފައިދާތަކެއް ލިބޭތީ ކަމަށް އަލީ އާރިފް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަލީ އާރިފް ވިދާޅުވީ ފައިދާތަކެއް ނުލިބޭ ގޮތަށް ނުވަތަ ފައިދާތަކެއް ނުކުރާ ގޮތަށް އެއްވެސް ގައުމަކުން އަނެއް ގައުމަކާއެކު އެއްބަސްވުމެއް ނުހަދާނެ ކަމަށާއި އެއީ ދުނިޔޭގައި ކަން ހިނގަމުން އަންނަ ގޮތް ކަމަށް އަލީ އާރިފް ވިދާޅުވިއެވެ. އަދި ޗައިނާއާއެކު ރާއްޖެއިން ހަދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ގައުމަކުން އަލަށް ހަދާ އެއްބަސްވުމެއް ނޫން ކަމަށާއި ދުނިޔޭގެ އެންމެ ބާރުގަދަ އެއް ގައުމު ކަމަށްވާ އެމެރިކާއާއި ޗައިނާއާ ދެމެދު ވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށް އަލީ އާރިފް ވިދާޅުވިއެވެ.

ހަމަ އެހެންމެ ގައުމަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ރާއްޖެއިން ހަދާ މީ ފުރަތަމަ ފަހަރު ނޫންކަން ފާހަގަ ކުރައްވާ އަލީ އާރިފް ވިދާޅުވީ ސާކްގެ ހުރިހައި ގައުމުތަކުގެ މެދުގައި ވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުން ހަދާފައިވާ ކަމަށާއި އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކުގެ ގައުމުތަކަށް އެތައް ފައިދާތަކެއް ކުރަމުންދާ ކަމަށް އަލީ އާރިފް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމް ކުރުމަށް ނިންމާފައި ވާތީ އެކަމަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުން ގެންދާތީ އެކަމަށް ރައްދު ދެއްވާ އަލީ އާރިފް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ދިވެހިރާއްޖޭގެ މައި އެއާޕޯޓް އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ކުއްޔަށް ދިނުމަށް އެއްބަސްވުމެއްގައި ސޮއި ކުރިިއިރު އެކަން ރައްޔިތުންގެ މަޖިލީހަށް ވެސް ނުއަންގާ ކަމަށެވެ. އަދި އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުން ސޮއި ކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތް ބެލުމަށް އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް ނުފޮނުވާ ކަމަށް އަލީ އާރިފް ވިދާޅުވިއެވެ.

ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމް ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅި ކަމަށާއި އެކަމަށްޓަކައި ވެސް އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީންގެ ސަރުކާރަށް ޝުކުރު އަދާ ކުރަން ޖެހޭ ކަމަށް އަލީ އާރިފް ވިދާޅުވިއެވެ.

ޗައިނާއާއެކު ރައީސް ޔާމީންގެ ސަރުކާރުން ގާއިމް ކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ކުރީގެ ރައީސް މުހައްމަދު މަޝީދު ފާޑުވިދާޅުވަމުން ގެންދަވާތީ އެކަމަށް ރައްދު ދެއްވާ އަލީ އާރިފް ވިދާޅުވީ ރައީސް ނަޝީދަކީ ދިވެހިރާއްޖެ އަށް ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށާއި ރައީސް ނަޝީދަކީ ދިވެހިރާއްޖޭގެ ދުޝްމިނެއް ކަމަށް އަލީ އާރިފް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން އަލީ އާރިފް ދިވެހި ރައްޔިތުންނަށް ރައީސް ނަޝީދު ހެޔޮއެދިވަޑައި ނުގަންނަވާ ކަމުގެ ހެއްކަކީ އެމަނިކުފާނު ވެރިކަމުން އިސްތިއުފާ ދެއްވި ދުވަސް ނޫން އޭގެ އަނެއް ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިގައިދިޔަ ހުޅުޖެހުމުގެ އަމަލުތައް ކަމަށް އަލީ އާރިފް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެކަންތައްތަކާ ގުޅިގެން އެތައް ޒުވާނުންތަކެއް ޖަލަށް ލެވިފައިވާ ކަމަށެވެ.

އަލީ އާރިފް ވިދާޅުވީ ރައީސް ނަޝީދަކީ ދިވެހިރާއްޖެ އަށް ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅެއް ނަމަ އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒް ކުރެއްވުމަށްޓަކައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އެއީ އެއްވެސް ކަމެއް ރައީސް ނަޝީދު ނުކުރައްވާ ކަމަށް އަލީ އާރިފް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް