Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޝަޝީީ ކަޕޫރު

ޝަޝީ ކަޕޫރު :އޭނާ އަށް ބޮލީވުޑަށް ވަދެވުނު ގޮތް ވަނީ ކިޔާދީފައި

ޝަޝީ މަރުވެފައިވަނީ ކިޑްނީގެ ބައްޔަށް ފަރުވާކުރަމުންދަނިކޮށް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2017 | ބުދަ 05:21
ޝަޝީ ކަޕޫރު

ޝަޝީ ކަޕޫރު

އިންޑިއާގެ ގިނަބައެއްގެ ލޯބި ލިބިފައިވާ ފިލްމީތަރި ޝަޝީ ކަޕޫރު މަރުވެފައިވަނީ މިދިޔަ ހޯމަދުވަހުގެ ހެނދުނުގައެވެ.

ޝަޝީ މަރުވެފައިވަނީ ކިޑްނީގެ ބައްޔަށް ފަރުވާ ކުރަމުންދަނިކޮށް އިންޑިއާގެ ހޮސްޕިޓަލެއް ކަމަށްވާ މުމްބާއީގެ ކޮކިލަބެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.

އޭނާ މަރު ވެގެންދިޔައީ އެތައް ބަޔަކަށް ސިހުމެއް ގެނުވި ކަމަކަށެވެ. އޭނާގެ ޖަނާޒާގައި ވަނީ ފިލްމީދާއިރާގައި ހަރަކާތްތެރިވާ އެތަށް ފަންނާނުންނެއް ބައިވެރިވެފައެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ ޕިންކް ވިލާއިން ވަނީ ޝަޝީ ކަޕޫރު ކުރިން ދީފައިވާ އިންޓަވިއު ގެނެސްދީފައެވެ. އެވީޑިއޯގައި ޝަޝީ ބުނެފައިވަނީ އޭނާގެ ފިލްމީ ކެރިއާ އެންމެ ފުރަތަމަ ފަށާފައިވަނީ ކުޑަކުއްޖެއްގެ ރޯލުން ކަމަށެވެ. އޭނާ ކުޑަކުއްޖެއްގެ ރޯލު ކުޅެފައިވަނީ ރާޖް ކަޕޫރުގެ "އާގް"(1948)، "އާވާރާ"(1951) އިން ކަމަށް ޝަޝީ އެ ވީޑިއޯގައި ވަނީ ބުނެފައެވެ.

ޝަޝީ ބުނެފައިވަނީ އޭނާ ގެ އުމުރުން 20 އަހަރާއި 21 އަހަރު ވުމުން ފިލްމުތަކުގެ ލީޑްރޯލުން ޖާގަ ލިބުނު ކަމަށެވެ. އޭގެ ފަހުން 1950 ވަނަ އަހަރު އޭނާ ފިލްމު ޑައިރެކްޓް ކުރަން ފެށި ކަމަށް އެ އިންޓަވިއުގައި ޝަޝީ ވަނީ ބުނެފައެވެ.

ޝަޝީ އާއި އޭނާގެ އަންހެނުން ޖެނިފާ ކެންޑަލް ދެމީހުން ވެގެން ޕްރިތްވީ ތިއޭޓަރ ނަމުގައި ސިނަމާއެއް އުފައްދާފައި ވަނީ 1978 ވަނަ އަހަރުގައި މުމްބާއީގައެވެ.

ސަތޭކަ ފަސްދޮޅަހަށް ވުރެ ގިނަ ފިލްމު ކުޅެފައިވާ ޝަޝީ ވަނީ ހިންދީ ފިލްމުތަކުގެ އިތުރުން އިނގިރޭސި ފިލްމުތަކުން ވެސް ފެނިގެން ގޮސްފައެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ވެސް އިނގިރޭސި ދެ ފިލްމަކުންނެވެ. އެއީ 1998 ވަނަ އަހަރު ރިލީޒް ކުރި "ޖިނާހް" އާއި "ސައިޑް ސްޓްރީޓްސް" ކިޔާ ފިލްމަކުންނެވެ. ޕާކިސްތާނު ވުޖޫދަށް ގެނައުމުގައި އިސްކޮށް އުޅުއްވި ބާނީ މުހައްމަދު އަލީ ޖިނާހްގެ ހަޔާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރި "ޖިނާހް" އަކީ ޝަޝީގެ އެންމެ ފަހުގެ މަސައްކަތެކެވެ. އޭގެ އިތުރުން އޭނާ ފެނިގެން ދިޔަ ބައެއް މަޝްހޫރު އިނގިރޭސި ފިލްމްތަކުގެ ތެރޭގައި "ޝޭކްސްޕުއާ ވައްލާހް" އާއި "ބޮމްބޭ ޓޯކީ"، "އަ މެޓަރ އޮފް އިނޮސެންސް"، "ހީޓް އެންޑް ޑަސްޓް" އަދި "އިން ކަސްޓޮޑީ" ފާހަގަ ކޮށްލެވެއެވެ. މީގެ އިތުރުން ހޮލީވޫޑްގެ މަޝްހޫރު ތަރި އަދި ބޮންޑްގެ ރޯލުން ވެސް ފެނިގެން ގޮސްފައިވާ ޕިއާސް ބްރޮސްނަންާ އެކު (1988) ވަނަ އަހަރު "ދަ ޑިސީވާސް" ގައި އޭނާ ވަނީ އެކްޓް ކޮށްފައެވެ. އޭގެ ކުރިން 1996 ވަނަ އަހަރު މިނީ ސީރީޒެއް ކަމަށްވާ "ގުލިވާސް ޓްރެވެލްސް" ގައި ވެސް އޭނާ ފެނިގެން ގޮސްފައި ވެއެވެ. އެންމެ ފަހުން ޝަޝީ ކުޅެފައިވާ ހިންދީ ފިލްމަކީ 1991 ވަނަ އަހަރު އަމީތާބު ބައްޗަން އާއި ޖެކީ ޝްރޯފްއާ އެކު ފެނިގެންދިޔަ "އަކޭލާ" އެވެ. ފިލްމް ކުޅުމުގެ އިތުރުން އޭނާ ވަނީ ބައެއް ފިލްމްތައް ޕްރޮޑިއުސްކޮށް އަދި ދެ ފިލްމެއް ޑައިރެކްޓް ވެސް ކޮށްފައެވެ. އޭނާ ފާހަގަކުރެވިފައި ވަނީ އޭނާގެ ދައުރުގައި އެންމެ ކާމިޔާބު އެއް ތަރީގެ ގޮތުގައެވެ.

އޭނާ މަރުވި އިރު އަންހެން ދަރިއަކާއި ތިން ފިރިހެން ދަރިން ދުނިޔޭގައި އެބަ ތިއްބެވެ. އެއީ ކުނާލް ކަޕޫރާއި ކަރަން ކަޕޫރު އަދި ސަންޖަނާ ކަޕޫރެވެ. ކަޕޫރު އާއިލާގެ އެހެން ފަންނާނުންނާ ތަފާތުކޮށް ޝަޝީގެ ދަރިން ފިލްމީ ދާއިރާ އިން މާ ބޮޑަށް ފެނިގެން ގޮސްފައެއް ނުވެއެވެ. ނަމަވެސް ހަޔާތުގެ ކުރީކޮޅު ކޮންމެވެސް ވަރަކަށް ފިލްމްތަކުން ފެނިގެން ގޮސްފައި ވެއެވެ. އެ ގޮތުން ކަރަން ވަނީ "ލޯހާ" ގައި ދަރުމެންދުރާ އާއި ސަތަރުގަން ސިންހާއާ އެކު މުހިންމު ރޯލަކުން ފެނިގެން ގޮސްފައެވެެ. ޝަޝީގެ އަންހެނުން ޖެނިފާ ކެންޑެލްއަކީ އިނގިރޭސިއެކެވެ. އޭނާ ވަނީ އުމުރުން 54 އަހަރުގައި 1984 ވަނަ އަހަރުގެ ތެރޭގައި ނިޔާވެފައެވެ. އޭނާ ވަނީ ޝަޝީއާ އެކު "ޝޭކްސްޕިއާ ވައްލާހް" ގައި ހަރަކާތްތެރިވެފައެވެ. ޝަޝީގެ އެހެން ބައެއް އިނގިރޭސި ފިލްމްތަކުގައި ވެސް އޭނާ ފެނިގެން ގޮސްފައި ވެއެވެ. އޭނާ ވަނީ އިނގިރޭސި ފިލްމް "36 ޗައުރިންގީ ލޭން" އިން ބަފްޓާގެ ބެސްޓް އެކްޓްރެސް ރޯލް އަށް ވެސް ނޮމިނޭޓްވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝާހުރުކްގެ އަންހެންދަރި ސުހާނާ ބޮލީވުޑަށް ތައާރަފް ވަނީ

ޝާހުރުކްގެ އަންހެންދަރި ސުހާނާ ބޮލީވުޑަށް ތައާރަފް ވަނީ

26 ޖޫން 2017
ފިލްމުތައް އުފައްދަނީ އޯޑިއެންސަށް، ކްރިޓިކުންނަށް ނޫން: އަރުޖުން ކަޕޫރު

ފިލްމުތައް އުފައްދަނީ އޯޑިއެންސަށް، ކްރިޓިކުންނަށް ނޫން: އަރުޖުން ކަޕޫރު

28 މެއި 2017
ވިނޯދް ކަންނާގެ ޖަނާޒާގައި ތަރިން މަދުވުމުން ރިޝީ ކަޕޫރު ފާޑު ކިޔައިފި

ވިނޯދް ކަންނާގެ ޖަނާޒާގައި ތަރިން މަދުވުމުން ރިޝީ ކަޕޫރު ފާޑު ކިޔައިފި

29 އެޕްރީލު 2017
ބަކަރި ނުވަތަ ކަންބަޅިން ސްކޫލް ފީ ދެއްކޭ ގޮތް ޒިމްބާބުވޭގައި ހަދައިފި

ބަކަރި ނުވަތަ ކަންބަޅިން ސްކޫލް ފީ ދެއްކޭ ގޮތް ޒިމްބާބުވޭގައި ހަދައިފި

19 އެޕްރީލު 2017
ކެންސަރު ޖެހިފައިވާ ކުދިންނަށް އެހީވުމަށް ސޯނަމް ކަޕޫރު ޗެރިޓީ ޑިނާ ނައިޓެއް ބާއްވަނީ

ކެންސަރު ޖެހިފައިވާ ކުދިންނަށް އެހީވުމަށް ސޯނަމް ކަޕޫރު ޗެރިޓީ ޑިނާ ނައިޓެއް ބާއްވަނީ

17 މާރިޗު 2017

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު