Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުުކުޅިވަރު

ލީގުގައި ފުރަތަމަ ފަހަރަށް ޕީއެސްޖީ ބަލިވެއްޖެ

3 ޑިސެމްބަރު 2017 | އާދީއްތަ 12:06

ރޭ ސްޓްރަސްބާގްއާ ބައްދަލުކުރި މެޗުން ޕީއެސްޖީ ބަލިވެފައި ވަނީ 1-2 އިން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 3 ޑިސެމްބަރު 2017 | އާދީއްތަ 12:06
ޕީއެސްޖީ އަދި ސްޓްރަސްބާގް ބައްދަލުކުރި މެޗުގެ ތެރެއިން

ޕީއެސްޖީ އަދި ސްޓްރަސްބާގް ބައްދަލުކުރި މެޗުގެ ތެރެއިން

ފްރެންޗް ލީގުގައި ރޭ ސްޓްރަސްބާގްއާ ބައްދަލުކުރި މެޗުން އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ބަލިވެއްޖެއެވެ.

ރޭ ސްޓްރަސްބާގްއާ ބައްދަލުކުރި މެޗުން ޕީއެސްޖީ ބަލިވެފައިވަނީ 1-2 އިންނެވެ.

ސްޓްރަސްބާގްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ގޯލުޖަހައި ލީޑު ނެގީ ވެސް ސްޓްރަސްބާގް އިންނެވެ. މެޗުގެ 13 ވަނަ މިނެޓްގައި އެޓީމަށް ލަނޑު ކާމިޔާބުކޮށްދިނީ ޑަ ކޯސްޓާއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ޕީއެސްޖީގެ ޕެނަލްޓީއޭރިއާ ތެރޭ މުޅިން ހުހަށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

މި ގޯލާއެކު ޕީއެސްޖީން ދިޔައީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މެޗުގެ 42 ވަނަ މިނެޓްގައި ކިލިއަން އެމްބާޕޭ ވަނީ ލަނޑެއްޖަހައި އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުގެ ފުރަތަމަ ހާފު ދެޓީމު އެއްވަރެއްގައި އޮވެ ނިމުނު ނަމަވެސް މެޗުގެ ދެވަނަ ހާފްގެ 65 ވަނަ މިނެޓްގައި ސްޓްރަސްބާގް އިން ވަނީ އިތުރު ލަނޑެއް ޖަހައި ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ބަހޯކެންއެވެ. ނަތީޖާ އެއްވަރުކުރަން މެޗުގެ ފަހު ވަގުތުކޮޅު ތެރޭ ޕީއެސްޖީގެ އެމްބާޕޭ އަދި ރަބިޔޯ އަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ފުރުަސަތުތަކުގެ ބޭނުން އެޓީމަށް ވަނީ ހިފޭ ގޮތް ނުވެފައެވެ.

ރޭގެ މެޗުން ބަލިވި ނަމަވެސް 41 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައި އޮތީ ޕީއެސްޖީއެވެ. ދެވަނައިގައި 31 ޕޮއިންޓާ އެކު މޮނާކޯ އޮތްއިރު ރޭ ޕީއެސްޖީ އަތުން މޮޅުވި ސްޓްރަސްބާގް އޮތީ 18 ޕޮއިންޓާ އެކު ލީގުގެ 16 ވަނައިގައެވެ.

މިއީ މި ސީޒަނުގެ ފްރެންޗް ލީގުގައި ޕީއެސްޖީ ބަލިވި ފުރަތަމަ މެޗުކަން ފާހަގަކޮށްލެވެއެވެ. ލީގުގައި ޕީއެސްޖީން ދެން ބައްދަލުކުރާނީ ލިއްލޭއާއެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް