Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅިވަރު

އެޓްލެޓިކޯ މޮޅުވެ ތިންވަނައިގައި ހަމަޖެހިލިއިރު، ރެއާލް އަށް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ

އެޓްލެޓިކޯ އިން މެޗު ކާމިޔާބުކުރީ ފަހަތުން އަރައި 1-2 އިން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 3 ޑިސެމްބަރު 2017 | އާދީއްތަ 12:27
ރެއާލް އާއި ބިލްބާއޯ ބައްދަލުކުރި މެޗުގެ ތެރެއިން

ރެއާލް އާއި ބިލްބާއޯ ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެޓްލެޓިކޯ މެޑްރިޑް މޮޅުވެ ލީގު ތާވަލްގެ ތިންވަނަ މަގާމުގައި ހަމަޖެހިލިއިރު، ރިއާލް ކުޅުނު މެޗު އެއްވަރުވެ ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ. ރޭ އެޓްލެޓިކޯ އާއި ރިއާލް ސޮސިއެޑާޑް ކުޅުނު މެޗު، އެޓްލެޓިކޯ އިން ކާމިޔާބުކުރީ ފަހަތުން އަރައި 1-2 އިންނެވެ.

އެޓްލެޓިކޯގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅެމުން ދިޔައީ ރެއާލް ސޮސިއެޑާޑް އިންނެވެ. އެގޮތުން މެޗު ފެށިގެން ވަރަށް ކުރީކޮޅު އެޓީމަށް ވަނީ ލީޑު ނަގަން ހުސް ފުރުސަތެއް ލިބިފަ އެވެ. އެހެން ނަމަވެސް މެޗުގެ 29 މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރެއާލް ސޮސިއެޑާޑް ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ވިލިއަން ޖޯސްއެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ ރެއާލް ސޮސިއެޑާޑް ލީޑުގައި އޮވެގެންނެވެ. އެހެން ނަމަވެސް ފުރަތަމަ ހާފާ ޚިލާފަށް އެޓްލެޓިކޯ އިން ވަނީ ބަދަލުތަކަކާ އެކު ކުޅުން އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން މެޗުގެ 63 ވަނަ މިނެޓުގައި ފިލިޕޭ ލުއިސް ވަނީ އެޓްލެޓިކޯއަށް ލަނޑެއް ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފައެވެ.

އެޓްލެޓިކޯއިން މެޗުގެ ލީޑު ނެގީ 88 ވަނަ މިނެޓުގައި އެންޓޮއިން ގްރީޒްމަން ކާމިޔާބުކުރި ހިއްގައިމު ލަނޑުންނެވެ. މި ލަނޑާއެކު މޮޅުވެ އެޓީމުން ތާވަލުގެ ތިންވަނައިގައި ހަމަޖެހިލިއިރު، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ރޭ ކުޅުނު މެޗުން ވަނީ އެއްވަރުވެފައެވެ.

ރެއާލާއި އެތުލެޓިކް ބިލްބާއޯ ބައްދަލުކުރި މެޗު އެއްވަރުވީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 ގެ ނަތީޖާއިންނެވެ. މެޗުގެ ބޮޑު ބައި ރެއާލުން ހިފަހައްޓައިގެން ކުޅުނު ނަމަވެސް ލިބުނު ކައުންޓާ އެޓޭކުގެ ފުރުސަތުތަކުގެ ބޭނުން ހިފައި އެތުލެޓިކޯ ބިލްބާއޯ އިން ވަނީ ރިއާލްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. ދެ ޓީމަށް ވެސް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ މި މެޗުގައި އެންމެ ފާހަގަކޮށްލެވެނީ ރެއާލްގެ ރޮނާލްޑޯ އާއި ބެންޒީމާގެ އިތުރުން އެތުލެޓިކް ބިލްބާއޯގެ ވިލިއަމް އަދި އެޑްރީޒަށް ލިބުނު ހުސް ފުރުސަތުތަކެވެ. އެހެން ނަމަވެސް އެއްވެސް ޓީމަކަށް ވަނީ ލިބުނު ފުރުސަތުގެ ބޭނުން ހިފޭ ގޮތް ނުވެފައެވެ.

ރެއާލް އަށް މެޗު ނިންމާލަން ޖެހުނީ 86 ވަނަ މިނެޓުގައި ޑިފެންޑަރު ސާޖިއޯ ރާމޯސްއަށް ދެއްކި ރަތްކާޑާ ގުޅިގެން 10 ކުޅުންތެރިންނާ އެކުގައެވެ. ރޭގެ މި ނަތީޖާތަކާ އެކު، ރިއާލް ވަނީ ލީގު ތާވަލުގެ ހަތަރުވަނައަށް ވެއްޓި ފައެވެ.

ރެއާލް، ހަތަރުވަނައިގައި އޮތީ ކުޅުނު 14 މެޗުން 28 ޕޮއިންޓް ލިބިގެންނެވެ. އެޓްލެޓިކޯއަށް ތިންވަނަ ލިބެނީ 30 ޕޮއިންޓާއެކުވެ. އެއްވަނައިގައި އޮތް ބާސާއަށް ލިބުނީ 14 މެޗުން 36 ޕޮއިންޓެވެ. ވެލެންސިއާ ދެވަނައިގައި 31 ޕޮއިންޓާ އެކު އޮތީ މި ޓީމުތަކަށް ވުރެ އެއް މެޗު މަދުން ކުޅެގެެންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު