Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޔާމިން

ދަރަނި ބޮޑީ އެމްޑީޕީ ސަރުކާރުގައި، މި ސަރުކާރުގެ ބޭނުމަށް ނެގީ 1 ބިލިއަން: ރައީސް ޔާމިން

މި ސަރުކާރަށް ހަތަރު އަހަރުވީއިރު ދައުލަތުގެ ދަރަންޏަކީ 43 ބިލިއަން

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 3 ޑިސެމްބަރު 2017 | އާދީއްތަ 11:39
ޕީޕީއެމް އިން ބޭއްވި ރަސްމިޔާތުގައި ރައީސް ޔާމިން ވާހަކަފުޅު ދައްކަވަނީ

ޕީޕީއެމް އިން ބޭއްވި ރަސްމިޔާތުގައި ރައީސް ޔާމިން ވާހަކަފުޅު ދައްކަވަނީ

މި ސަރުކާރަށް ވުރެ ދަރަނި ބޮޑުވެގެން ދިޔައީ އެމްޑީޕީ ސަރުކާރުގައި ކަމަށާއި އަދި ހިންގި މަޝްރޫއުތަކުގެ އަދަދު އެމްޑީޕީ ސަރުކާރަށް ވުރެ ގިނަވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްއާ އަލަށް ގުޅުނު ފަރާތްތަކުގެ ފޯމްތައް ހަވާލު ކުރުމަށް އާދިއްތަ ދުވަހު ދަރުބާރުގޭގައި ބޭއްވި ރަސްމިޔާތުގައި ރައީސް ޔާމިން ވަނީ މި ސަރުކާރު އައި ފަހުން ދައުލަތުގެ ދަރަނި ބޮޑުވެގެން ދިޔަ ނިސްބަތާއި ހިންގި މަޝްރޫއު ތަކާއި އެމްޑީޕީ ސަރުކާރުގެ ދަރަންޏާއި އަދި ހިންގި މަޝްރޫއުތަކާ އަޅައި ކިޔުއްވާފަ އެވެ. އަދި ދައުލަތުގެ ދަރަންޏާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެ އެ ވާހަކަތަކާމެދު ފިކުރު ނުކުރެއްވުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ. މި ސަރުކާރަށް ހަތަރު އަހަރުވީއިރު ދައުލަތުގެ ދަރަންޏަކީ 43 ބިލިއަން ކަމަށާއި އޭގެ ތެރެއިން 29 ބިލިއަން ރުފިޔާއަކީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އޮތް ދަރަނި ކަމަށް ވިދާޅުވި އެވެ. އަދި އެހެންމެ މި ސަރުކާރުން އުފެއްދި ދަރަނީގެ އަދަދަކީ 14 ބިލިއަން ކަމަށްވެސް ފާހަގަ ކުރައްވައި ވިދާޅުވީ 14 ބިލިއަނަށް ދަރަނި އަރައިގެން ދިޔައީ އެހެން ސަރުކާރުތަކުން ނަގާފައިވާ ދަރަނިތަކަށް "ޝިފާ ހޯދަދޭން" ޖެހުމުންނާއި ކޮށްފައިވާ ކަންތައްކުގެ ސަބަބުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުން ސަރުކާރުން މަޝްރޫއުތައް ހިންގުމަށް ނަގާފައިވާ ދަރަނީގެ އަދަދަކީ އެއް ބިލިއަން ރުފިޔާ އެވެ.

"މި ސަރުކާރުން އުފެއްދި ދަރަންޏަކީ ކުރިންވެސް ދަންނަވާލިހެން 14 ބިލިއަން. މީގެ ކުރީގެ ސަރުކާރުގެ ނުކުޅެދުންތެރިކަމާ އެކީ ވާރުތަވެގެން އައި ދަރަނިން 13 ބިލިއަން އަދާކޮށްދީފިން. އެހެންވީމަ މި ސަރުކާރުގެ ޖުމްލަ ދަރަންޏަކީ އެއްގޮތަކަށް ބަލާނަމަ އެއް ބިލިއަން.،" ރައީސް ވިދާޅުވި އެވެ.

ކުރީ ސަރުކާރުގެ ނުކުޅެދުންތެރިކަމުގެ ޖީއެމްއާރާ ހިންގަން ރާއްޖޭގެ ބައިނަލް އަގުވާމީ އެއާޕޯޓު ދީފައިވާ ކަމަށް ސިފަ ކުރެއްވި އެވެ. އަދި އެއާޕޯޓު އަނބުރާ ހޯދުމަށް 300 މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް ފަސް ބިލިއަން ޑޮލަރު ސަރުކާރަށް ދައްކަން ޖެހުމަކީ މި ސަރުކާރުގެ ދަރަނި ބޮޑުވެގެން ދިޔަ ކަމެއްގޮތުގައި ފާހަގަ ކުރެއްވި އެވެ.

"އެހެންވީމަ ނެޓް، މި ސަރުކާރުން އުފެއްދި ދަރަންޏަކީ އެއް ބިލިއަން ރުފިޔާ. އަދި އެއް ބިލިއަން އެއްބިލިއަން ގޮތުގައި ނޯވެ ހަތަރު ބިލިއަނުގެ އަރަންޏަށްވީސް (ޖީއެމްއާރަށް ބަދަލުގެ ގޮތުގައި ދޭން ޖެހުނު) އެ 300 މިލިއަން ޑޮލަރު ވެސް ދައްކާން ނުޖެހުނު ނަމަ. އެކަމު އެ ހޯދަން ޖެހުނީ މުޅިން އެހެން ސަރުކާރެއްގެ ނާގާބިލުކަމުން. އަޅުގަނޑުމެން އުފައްދާފައި ހުރި ހުރިހާ ހަރުމުދާ ވިއްކައިގެން ނޫނީ ދައުލަތް ހިންގޭނެ ކަމަށް ގަބޫލު ނުކޮށްގެން. އެހެންވީމަ އެކަންވެސް ތާހިރު ކުރާން މި ޖެހުނީ މި ސަރުކާރަށް،" ރައީސް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުތަކުން ނެގި ލޯނުތައް ދައްކަން 13 ބިލިއަން ޚަރަދުކުރިކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، ދާދި ފަހުން ބަޖެޓް ކޮމިޓީގައި ވާހަކަ ދައްކަވަމުން މާލީ ވަޒީރު އަހުމަދު މުނައްވަރު ވިދާޅުވީ މިސަރުކާރުން 4 ބިލިއަން ރުފިޔާގެ ދަރަނި ދައްކައިފިކަމަށާއި، މިއީ ރެކޯޑް އަދަދެއްކަމަށެވެ.

ކުރީ ސަރުކާރުން ނަގާފައިވާ ދަރަނި ދެއްކުމަށާއި ކުރީ ސަރުކާރުތަކުގެ ސަބަބުން ކޮށްފައިވާ ކަންކަމަށް ފައިސާ ދެއްކުމަށާއި އަދި މަޝްއޫރުތައް ހިންގުމަށް 14 ބިލިއަން ދަރަނި މި ސަރުކާރުން ނަގާފައިރު ރައީސް ނަޝީދުގެ ސަރުކާރުގައި ދަރަނީގެ ނިސްބަތް އަހަރަކަށް ޖެހޭ މިންވަރު ބޮޑު ކަމަށް ވެސް ރައީސް ޔާމިން ވިދާޅުވި އެވެ. އަދި ވިދާޅުވީ މި ސަރުކާރަށް ވުރެ ރައީސް ނަޝީދުގެ ސަރުކާރުގައި ދަރަނި އުފައްދާފާއިވާ ނިސްބަތް 200 ޕަސެންޓް ބޮޑު ކަމަށެވެ.

ރައީސް ޔާމިން ވިދާޅުވި ގޮތުގައި އެމްޑީޕީ ސަރުކާރުން ހިންގި ކޮންމެ މަޝްރޫއަކަށް މި ސަރުކާރުން ވަނީ ފަސް މަޝްރޫއު ހިންގާފަ ކަމަށެވެ. ރައީސް ނަޝީދުގެ ސަރުކާރުގައި އަހަރަކަށް 8 ބިލިއަން ރުފިޔާގެ ދަރަނި އޮތްއިރު އެ ސަރުކާރުގައި ޖުމްލަ ހިންގިފައިވަނީ 692 މަޝްރޫއު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެހެން ނަމަވެސް މި ސަރުކާރުން އަހަރަކަށް ތިން ބިލިއަން ރުފިޔާ ދަރަނި ވެފައިވާއިރު 3678 މަޝްރޫއު ހިންގާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"ދުލަށް ފަސޭހަ ގޮތަކަށް ބުނާކަމުގައިވާނަމަ މި ބުނެވެނީ ރައީސް ނަޝީދު ހިންގި ކޮންމެ މަޝްރޫއު އަކަށް މި ސަރުކާރުން ފަސް މަޝްރޫއު ހިންގައިފި އޭ،" ރައީސް ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު