Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްއާރުސީއެމް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ސިއްޙީ ފަރުވާ ލިބޭނެ ފުރިހަމަ ނިޒާމެއް ގާއިމް ކުރަން ޖެހޭ: އެޗްއާރުސީއެމް

3 ޑިސެމްބަރު 2017 | އާދީއްތަ 08:43

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ބޭސް ލިބުމުގެ ދަތިކަން އެބަހުރި

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 3 ޑިސެމްބަރު 2017 | އާދީއްތަ 08:43
އެޗްއާރުސީއެމްގެ ރައީސް އީނާސް

އެޗްއާރުސީއެމްގެ ރައީސް އީނާސް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ސިއްޙީ ފަރުވާ ލިބޭނެ ފުރިހަމަ ނިޒާމެއް ގާއިމް ކުރަން ޖެހޭ ކަމަށް ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި އެޗްއާރުސީއެމް އިން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި އަތޮޅުތަކުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބޭ މައްސަލަތައް ހިމެނޭ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އެފަދަ ފަރާތްތައް ގަވާއިދުން ބޭނުން ކުރަން ޖެހޭ ބައެއް މުހިންމު ބޭސް ރަށްރަށުން ލިބެން ނުހުންނަ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތައް ހިމެނޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ހާއްސަ ގޮތެއްގައި، ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ޑޮކްޓަރަށް ދެއްކުމުގައާއި ބޭސް ހޯދުމުގައި ދިމާވާ ދަތިތައް ހިމެނޭކަން އެޗްއާރުސީއެމްގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ. އަދި މިކަމުގެ ސަބަބުން އެ ފަރާތްތަކަށް ސިއްޙީ ފަރުވާ ހޯދުމުގައި ނުހަނު ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭކަން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން، ޢާއިލާއާއި ދައުލަތުގެ ފަރާތުން އެކަށީގެންވާ ރައްކާތެރިކަން ނުލިބޭކަމަށް ބުނެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތައްވެސް ހިމެނޭ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

އެހެންކަމުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހަކަމާއެކު ވީހާވެސް ގާތުން ސިއްހީ ޚިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖެއްސަން ޖެހޭ ކަން އެޗްއާރުސީއެމް އިން ވަނީ ފާހަގަ ކޮށްފައެވެ. ޚާއްސަ ގޮތެއްގައި ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ނަފްސާނީ ނުކުޅެދުންތެރިކަން ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް ނަފްސާނީ ބަލީގެ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމާއި ބޭސް ހޯދުމަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސަންޖެހޭ ކަމަށް އެޗްއާރުސީއެމް އިން ވަނީ ބުނެފައެވެ.

އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމުގައި، ކައުންސިލްތަކުގެ ދައުރު މިހާރަށް ވުރެ ފުޅާކޮށް، ރާއްޖޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލު ގަވައިދުން ބެލޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހެއެވެ.

ހަމައެހެންމެ އެފަރާތްތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކުރުމަށް އެޗްއާރުއސީއެމް އިން ވަނީ ކައުންސިލްތަކަށް އިލްތިމާސް ކޮށްފައެވެ.

އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ މުޖުތަމަޢުގެ ބައެއްގެ ގޮތުގައި ހެދުމަށް ދައުލަތުން މިހާރު ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، 'އެއްވެސް މީހަކު ބާކީ ނުކުރާ ސިޔާސަތު' ގެ ތެރެއިން ޙައްޤުތައް ލިބިގަތުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ދަތިތައް ނައްތާލުމަށް ބޭނުންވާ އެންމެހާ ވަސީލަތްތައް މިހާރަށް ވުރެ އިތުރުކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މުޖުތަމަޢުގެ ކަންކަމުގައި ބައިވެރިވުމަށް ހުރި ހުރަސްތައް ދެނެގަނެ، އެހެން މީހުންނެކޭ އެއްފަދައިން އެފަރާތްތަކަށް ވެސް މުޖުތަމަޢުގެ ކަންކަމުގައި ބައިވެރިވެވޭނެ ގޮތަކަށް ކަންކަން އިންތިޒާމުކުރަން ޖެހޭކަން އެޗްއާރުސީއެމްގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

މިއަހަރުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޝިއާރު ބިނާވެފައިވަނީ އެންމެންގެ ޝާމިލުވުމުން ހިމެނޭ ދެމެހެއްޓެނިވި އަދި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ މައްޗަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
31 ޖެނުއަރީ 2017

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް