Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު

ލިއޮނެލް މެސީގެ ނޭންގޭ ބައެއް ވާހަކަތައް!

މެސީއަކީ އޭނާގެ މައިންބަފައިންނަށް ލިބުނު 4 ދަރިންގެ ތެރެއިން އެންމެ ހަގު ފިރިހެން ދަރިފުޅު

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 2 ޑިސެމްބަރު 2017 | ހޮނިހިރު 09:14
މެސީ

މެސީ

އެންމެ ކުޑައިރުންސުރެ ވެެސް ލިއޮނެލް މެސީއަކީ އާދަޔާ ޚިލާފު މޮޅެތި ގިނަ ހުނަރުތަކެއް ލިބިފައިވާ ކުޅުންތެރިއެކެވެ. އެހެން ކުޅުންތެރިންނާއި ވަރަށް ތަފާތު ސްޓައިލެއެްގެ ކުޅުންތެރިއެކެވެ. އެގޮތުން ކޮށްޓުމާއި ނެއްޓުމާއި، ގޯލްޖެހުމުގައި އާދަޔާ ޚިލާފް ހުނަރުތަކެއް ލިބިފައިވާ ކުޅުންތެރިއެކެވެ.

އާޖެންޓީނާއަށް އުފަންވި ނަމަވެސް ހަޔާތުގެ ބޮޑުބައެއް މެސީ ހޭދަކުރަމުން ދަނީ ސްޕެއިންގެ ބާސެލޯނާގައެވެ. މެސީއަކީ އޭނާގެ މައިންބަފައިންނަށް ލިބުނު 4 ދަރިންގެ ތެރެއިން އެންމެ ހަގު ފިރިހެން ދަރިއެވެ. ފުޓްބޯޅައިގައި މެސީ ފުރަތަމަ ކުޅުނު ޓީމުގެ ކޯޗަކީ އޭނާގެ ބައްޕައެވެ. އުމުރުން ފަސް އަހަރުގައި މެސީ ކުޅެމުން ދިޔައީ ބައްޕަ ކޯޗުކަން ކޮށްދެމުން ދިޔަ އާޖެންޓީނާގެ ގްރެންޑޮލީ ކިޔާ ކްލަބަކަށެވެ.

އެއަށް ފަހު އޭނާ އުފަން ރޮސާރިއޯ ސަރަހައްދަށް ނިސްބަތްވާ ޓީމަކަށް ބަދަލުވިއެވެ. ނަމަވެސް ފުޓްބޯޅައިގެ ތެރެއިން ކުރިއަށް ދިއުމަށް މެސީއަށް އުނދަގޫވީ އޭނާގެ ހަށިގަނޑު ބޮޑުވުމަށް ހުރަސް އަޅާބަލި "ގްރޯތް ސިންޑްރަމް ޑެފިސިއެންސީ" ކިޔާ ބައްޔަކަށް ފަރުވާކުރަން ޖެހުމުންނެވެ. މެސީ ގެންދިއުމަށް އޭރު އާޖެންޓީނާގެ ރިވަޕްލޭޓުން ޝައުޤުވެރިކަން ފާޅުކުރި ނަމަވެސް އޭނާގެ ފަރުވާއަށް ބޮޑު ޚަރަދެއް ކުރަންޖެހޭތީ އެ ކްލަބުން މެސީ ގެންދިއުމުގެ ޚިލޔާލް ދޫކޮށްލިއެވެ.

މިގޮތުން މެސީގެ ފަރުވާއަށް އޭރު ހޭދަވަނީ މަހެއްގެ މައްޗަށް 900 އެމެރިކާ ޑޮލަރެވެ. ނަމަވެސް މެސީއަކީ ހުނަރުވެރި ކުޅުންތެރިއެއްކަން ފާހަގަކުރެވި ބާސެލޯނާއިން އޭނާއަށް ފަރުވާ ކުރުމަށް ނިންމައި އެ ކްލަބްގެ ޔޫތް އެކަޑެމީއިން އޭނާއަށް ފުރުސަތު ދިނެވެ. އުމުރުން 13 އަހަރުގައި މެސީގެ ޢާއިލާ ސްޕެއިން އަށް ބަދަލުވީ އެހިސާބުންނެވެ. ބާސެލޯނާއަށް ބަދަލުވުމަށް ފަހު އެ ކްލަބްގެ ޖޫނިއަރ ޓީމުން އޭނާއަށް ފުރުޞަތު ލިބުނެވެ.

ބާސެލޯނާގައި މެސީ ހޭދަކުރި ދުވަސްތަކުގައި އެ ކްބަލަށް މާލީގޮތުން ބޮޑު ގެއްލުމެއް ވާންފެށުމުން ބައެއް ކުޅުންތެރިން ކްލަބުން ވަކިކުރަން ނިންމިއެވެ. އެގޮތުން ސެސް ފެބްރިގާސް އާއި މެސީވެސް ދޫކޮށްލަން ކްލަބުން ވިސްނިއެވެ. ނަމަވެސް ޒުވާން ޓީމްގެ ކޯޗުގެ އެދުމުގެ މަތީން ފެބްރިގާސް ކްލަބުން ދޫކޮށްލާފައި މެސީ ކްލަބްގައި ބަހައްޓަން ނިންމިއެވެ.

މެސީގެ ނަން މަޝްހޫރުވަމުން ދިޔަނަމަވެސް އޭނާއަކީ މީޑިޔާއާއި ދުރު ފަރާތެއް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ނަމަވެސް މެސީގެ ލޯބީގެ ފަތިފުށް އާއްމުންނަށް އެނގިގެންދިޔައީ މީޑިޔާ މެދުވެރިކޮށެވެ. މިގޮތުން “ހެޓްރިކް ބާސާ” ކިޔާ ޓީވީ ޕްރޮގްރާމަކަށް އޭނާ ދިން އިންޓަވިއުއެއްގައި ކުއްޖަކާއި ގުޅުން ގުޅުން އޮންނަ ކަމަށް ވަނީ އެއްބަސްވެފައެވެ. އެ ޕްރޮގްރާމްގައި އޭނާވަނީ ލޯބިވެރިއެއް ހުންނަ ކަމަށާއި، އޭނާއާއި އެކު އުޅެނީ ވަރަށް ހަމަޖެހިގެން ކަމަށް ބުނެފައެވެ. އަދި ލޯބިވެރިޔާ އުޅެނީ އާޖެންޓީނާގައި ކަމަށް ވެސް އޭނާވަނީ ބުނެފައެވެ. މެސީގެ މި ގުޅުމަށް ކުއްޖަކު ލިބެން އުޅޭކަން އޭނާ ހާމަކުރީ 02 ޖޫން 2012 ގައި ކުޅުނު ވޯލްޑްކަޕް ކޮލިފައިން މެޗެއްގައި ގޯލް ޖެހުމަށް ފަހު، ޖޯޒީ ދަށަށް ބޯޅަ ލުމަށްފަހުއެވެ.

މެސީގެ މި ހަރަކާތުން އޭނާ ބައްޕައަކަށް ވާން އުޅޭކަމުގެ ހަބަރުތައް މީޑިޔާގައި ވަގުތުން ފެތުރުނެވެ. އަދި މެސީގެ ލޯބިވެރިޔާ، އެންޓަނޮލާ ވަނީ އެ ފޮޓޯ ޓްވިޓަރ މެދުވެރިކޮށް އޭނާ މެސީގެ ކުއްޖަކަށް ބަލިވެއިންކަން ޔަޤީން ކޮށްދީފައެވެ. މެސީއަށް އަލަތު ދަރިފުޅު ލިބުނީ 02 ނޮވެމްބަރ 2012 ގައެވެ. މެސީ ބައްޕައަކަށް ވުމާއިއެކު ފޭސްބުކް މެދުވެރިކޮށް އޭނާ ބުނެފައިވަނީ ތިއާގޯ ލިބުމަކީ އޭނާގެ ހަޔާތުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު އުފާކަމަށެވެ.

ސްޕެއިންގައި ދިރިއުޅެމުން ގެންދިޔަ ނަމަވެސް މެސީއަކީ އަބަދުވެސް އަމިއްލަ ވަޒަންދެކެ ލޯބިވާ މީހެކެވެ. މިގޮތުން އޭނާއަށް ލިބޭ ހުސްވަގުތުތަކުގައި ކޮންމެ ދުވަހަކުހެން އާޖެންޓީނާގައި ތިބޭ ރައްޓެހިންނަށް ގުޅައިގެން ވާހަކަ ދެއްކުމަށް މަސައްކަތްކުރެއެވެ. މީގެ އިތުރުން މެސީ ވަނީ ޤައުމީ ޓީމާއިއެކު އާޖެންޓީނާއަށް ކުރި ޒިޔާރަތެއްގައި ބޮއެނިސް އައެރިސްގައި ހުރެފައި ޓީމްގެ ޕްރެކްޓިސް ނިންމުމަށް ފަހު ދިގު ދަތުރެއް ކޮށްފައި އޭނާ އުފަން ރޮސާރިއޯއަށް ގޮސްފައެވެ. މެސީވަނީ އެރޭ އޭނާގެ ޢާއިލާގެ މެމްބަރުންނާއިއެކު ވަގުތު ހޭދަކުރުމަށް ފަހު ޖެހިގެން އައި ދުވަހު ޓީމްގެ ޕްރެކްޓިސްގައި ބައިވެރިވެފައެވެ.

މަޝްހޫރުކަމާއި، މެސީއަށް ލިބިފައިވާ މާލީ ތަނަވަސްކަމުގައި އޭނާއަކީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ސަމާލުކަމެއް ދޭ ފަރާތެކެވެ. މިގޮތުން ފަގީރު ކުދިންނަށް އެހީތެރިވުމަށް ލިއޯ މެސީ ފައުންޑޭޝަންގެ ނަމުގައި 2007 ވަނަ އަހަރު އޭނާވަނީ ޗެރިޓީއެއް ހުޅުވާފައެވެ. މީގެ އިތުރުން 11 މާރޗް 2010 ގައި ޔުނިސެފްގެ ގުޑްވިލް އެމްބެސަޑަރަކަށްވެސް މެސީ ވަނީ ހަމަޖައްސާފައެވެ. މިއާއެކު ކުދިންގެ ހައްޤުތަކަށް ކުރާ މަސައްކަތްތަކުގައި މެސީގެ ބައިވެރިވުން ޖަމާއަތްތަކަށް ލިބެންފެށިއެވެ.

އަބަދުވެސް ކިޔަމަންތެރިގޮތެއް ހުންނަ މެސީއަކީ އޭނާގެ ސަޕޯޓަރުންނާއިވެސް ގާތް ގުޅުމެއް ބާއްވަން މަސައްކަތްކުރާ ކުޅުންތެރިއެކެވެ. މިގޮތުން އޭޕްރީލް 2011 ގައި ރަސްމީ ފޭސްބުކް އެކައުންޓެއް ހުޅުވިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި 6 މިލިއަން މީހުން އޭނާ ފޮލޯ ކުރިއެވެ. އަދި 2013 ވަނަ އަހަރުގެ މާރޗް މަހާއި ހަމައަށް މެސީ ފޮލޯކުރި މީހުންގެ އަދަދުވަނީ 43 މިލިއަނަށް އަރާފައެވެ.

އާޖެންޓީނާ 2018 ގެ ވޯލްޑްކަޕަށް ކޮލިފައި ކޮށްދިނުމުގައިވެސް ބޮޑު ދައުރެއް އަދާކުރި މެސީގެ މިހާރުގެ ހުވަފެނަކީ އަންނަ އަހަރުގެ ވޯލްޑްކަޕުގައި ރަނގަޅު ކާމިޔާބީއެއް ހޯދުމެވެ.

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2017

ސްޕެނިޝް ލަލީގާ: މެސީގެ ހެޓްރިކުން ބާސެލޯނާ ތާވަލުގެ އެއްވަނައަށް..!

10 ސެޕްޓެމްބަރު 2017
ސްޕެނިޝް ލަލީގާ: މެސީގެ ހެޓްރިކުން ބާސެލޯނާ ތާވަލުގެ އެއްވަނައަށް..!
27 އޯގަސްޓު 2017

ސްޕެނިޝް ލަލީގާ: މެސީގެ ލަނޑުތަކުން ބާސާ މޮޅުވިއިރު، އެޓްލެޓިކޯއަށް ތަފާތުބޮޑު މޮޅެއް

27 އޯގަސްޓު 2017
ސްޕެނިޝް ލަލީގާ: މެސީގެ ލަނޑުތަކުން ބާސާ މޮޅުވިއިރު، އެޓްލެޓިކޯއަށް ތަފާތުބޮޑު މޮޅެއް
15 އޯގަސްޓު 2017

ވީއޭއެމް އެކްސޯގެ ބައެއް މެމްބަރުން އަދި އޮފިޝަލުން ސޮނޭވާ އަށް އަރުވަން ދެކޮޅު ހެދުމުން ފައިނަލް މެޗު ކެންސަލްކޮށްފި

15 އޯގަސްޓު 2017
ވީއޭއެމް އެކްސޯގެ ބައެއް މެމްބަރުން އަދި އޮފިޝަލުން ސޮނޭވާ އަށް އަރުވަން ދެކޮޅު ހެދުމުން ފައިނަލް މެޗު ކެންސަލްކޮށްފި
12 އޯގަސްޓު 2017

މިއަދުގެ މެޗަށް ނިކުންނައިރު ލިވަޕޫލްގެ މުހިންމު ބައެއް ކުޅުންތެރިން އަނިޔާގައި

12 އޯގަސްޓު 2017
މިއަދުގެ މެޗަށް ނިކުންނައިރު ލިވަޕޫލްގެ މުހިންމު ބައެއް ކުޅުންތެރިން އަނިޔާގައި
19 ޖުލައި 2017

ނިކުތީ ތިން ޕޮއިންޓް ހޯދަން، ކޮލިފައިވަނީ ކޮން ބައެއްތޯ ބަލާކަށް ނޫން: ސޮބާ

19 ޖުލައި 2017
ނިކުތީ ތިން ޕޮއިންޓް ހޯދަން، ކޮލިފައިވަނީ ކޮން ބައެއްތޯ ބަލާކަށް ނޫން: ސޮބާ
27 ޖޫން 2017

މެސީގެ ކޮންޓްރެކްޓް އާ ކުރުމުގެ މަސައްކަތް އޮތީ ގާތްގަނޑަކަށް ނިމިފައި: ބާސާ

27 ޖޫން 2017
މެސީގެ ކޮންޓްރެކްޓް އާ ކުރުމުގެ މަސައްކަތް އޮތީ ގާތްގަނޑަކަށް ނިމިފައި: ބާސާ
26 މާރިޗު 2017

ލިންގާޑްގެ ކޮންޓްރެކްޓަރ ވާހަކަތައް ފަށައިފި

26 މާރިޗު 2017
ލިންގާޑްގެ ކޮންޓްރެކްޓަރ ވާހަކަތައް ފަށައިފި
08 މާރިޗު 2017

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

08 މާރިޗު 2017
މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު