Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބްރެޒިލްގެ ގައުމީ ޓީމު

ބްރެޒިލްއަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދޭން ކުރެވެންހުރި ހުރިހާ ކަމެއް ކުރާނަން: ނޭމާ

ބްރެޒިލް އަންނަ އަހަރުގެ މުބާރާތަށް ކޮލިފައިވީ ދެކުނު އެމެރިކާގެ އެއްވަނަ ޓީމުގެ ގޮތުގަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 2 ޑިސެމްބަރު 2017 | ހޮނިހިރު 12:27
ނޭމާ ބްރެޒިލްގެ ކެޕްޓަން ބޭންޑް އަޅައިގެން

ނޭމާ ބްރެޒިލްގެ ކެޕްޓަން ބޭންޑް އަޅައިގެން

އަންނަ އަހަރު ރަޝިއާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ފީފާ ވޯލްޑް ކަޕް ބްރެޒިލްއަށް ކާމިޔާބު ކޮށްދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް އެ ގައުމުގެ ހުނަރުވެރި ފޯވާޑް ނޭމާ ބުނެފިއެވެ.

އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕުގެ ސެމީ ފައިނަލުން 7-1 ގެ ލަދުވެތި ނަތީޖާއަކުން ބަލިވެ ބްރެޒިލްއަށް މުބާރާތް ނިމުނު މެޗުގައި ނޭމާ ކުޅެފައެއް ނުވެއެވެ. އަންނަ އަހަރުގެ ވޯލްޑް ކަޕަށް ބްރެޒިލް ގޮވައިގެން ނޭމަ ނުކުންނާނީ މި ހިތްދަތި ހަދާންތައް ފޮހެލުމުގެ އުއްމީދުގައެވެ.

އަމިއްލަ ގައުމުގައި ބޭއްވި މުބާރާތުން ކެޓި ނަމަވެސް ބްރެޒިލް އަންނަ އަހަރުގެ މުބާރާތަށް ކޮލިފައިވީ ދެކުނު އެމެރިކާގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ނޭމާގެ ހިއްސާ ބްރެޒިލް ކޮލިފައިވުމުގައި އިންތިހާއަށް ބޮޑުއިރު އެ ޓީމު ކުޅުނު ކޮލިފައިންގެ މެޗުތަކުގެ ތެރެއިން ބަލިވީ އެންމެ މެޗަކުންނެވެ.

ފީފާގެ ރަސްމީ ވެބްސައިޓާއި ވާހަކަ ދައްކަމުން ނޭމާ ބުނެފައި ވަނީ ބްރެޒިލްގެ ގައުމީ ޓީމުން އަލުން އަނބުރާ މީހުން އެ ޓީމަށް ކުރަމުން އައި އިހުތިރާމު ހޯދާފައިވާ ކަމަށާއި ގައުމީ ޓީމާއި މެދު ގައުމުގެ މީހުން ދެކޭ ގޮތްވެސް ބަދަލުވެފައިވާ ކަމަށެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުން ކެޓުމާއި ވިދިގެން ބްރެޒިލްއަށް ބޮޑެތި ފާޑުކިޔުންތަކާއި އަމާޒުވެގެންދިޔައެވެ.

މި ސީޒަނުގައި ޕީއެސްޖީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ނޭމާ ބުނީ ވޯލްޑް ކަޕްއަށް ވަރަށް ބޮޑެތި އުއްމީދުތަކެއް ކުރަމުންދާ ކަމަށާއި ބްރެޒިލްއަށް ރަނގަޅު ކާމިޔާބެއް ހޯދޭނެ ކަމުގެ ޔަގީންކަން ސްކޮޑުގައި ތިބި ހުރިހާ ކުޅުންތެރިންގެ ތެރޭގައިވެސް އެބައޮތް ކަމަށެވެ.

ޖަރުމަނު އަތުން ބްރެޒިލް ބަލިވި މެޗުގައި ނޭމާއަށް ނުކުޅެވުނީ އޭނާގެ ބުރަކަށްޓައް ލިބުނު އަނިޔާއަކާއި ގުޅިގެންނެވެ.

އެފަހަރުގެ މުބާރާތާއި ގުޅިގެން ނޭމާ ބުނީ އަމިއްލަ ގައުމުގައި ބޭއްވި މުބާރާތް ކާމިޔާބު ކުރަން ބޭނުންވި ކަމަށާއި ސެމީގައި ނުކުޅެވުމުން ވަރަށް ދެރަވާ ކަމަށެވެ. އެފަހަރުގެ މުބާރާތުގައި ލިބުނު އަނިޔާއަކީ އޭނާ ކުޅުންތެރިޔެއްގެ ގޮތުގައި އިތުރަށް ވަރުގަދަވާން ލިބުނު ހިތްވަރެއް ކަމަށްވެސް ނޭމާ ބުނެފައިވެއެވެ.

އަންނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ބްރެޒިލްއަށް އޮތީ ކޮންކަހަލަ ފުރުސަތެއްތޯ ސުވާލު ކުރުމުން ނޭމާ ބުނީ މި ވޯލްޑް ކަޕަކީ ބްރެޒިލްއަށް ވަރަށް މުހިންމު ވޯލްޑް ކަޕެއް ކަމަށާ އޭނާގެ ގައުމަށް ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނެ ކަމަށެވެ. ނޭމާ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 83 މެޗުގައި 53 ލަނޑު ޖަހާފައެވެ. ހަމައެހެންމެ އޭނާވަނީ ބްރެޒިލްގެ ގައުމީ ޓީމާއެކު 2013 ވަނަ އަހަރުގެ ފީފާ ކޮންފެޑެރޭޝަންސް ކަޕް ކާމިޔާބުކޮށް 2016 ވަނަ އަހަރު ބޭއްވި އޮލިމްޕިކް ގޭމްސްގައި ރަން މެޑަލް ހޯދައިދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު