Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހަވިޔާ މަޝެރާނޯ

މަޝެރާނޯ ބާސެލޯނާ ދޫކޮށްލަނީ!

އުމުރުން 33 އަހަރުގެ މަޝެރާނޯއަށް މި ސީޒަނުގައި ބާސާގެ ފުރަތަމަ 11 އިން ޖާގަ ލިބެމުންދަނީ ވަރަށް މަދުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 1 ޑިސެމްބަރު 2017 | ހުކުރު 09:47
ހަވިޔާ މަޝެރާނޯ - 2019 ވަނަ އަހަރަށް ފަހު ބާސާ ދޫކޮށްލާނެ ކަމަށް ބުނި

ހަވިޔާ މަޝެރާނޯ - 2019 ވަނަ އަހަރަށް ފަހު ބާސާ ދޫކޮށްލާނެ ކަމަށް ބުނި

ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަޖުރިބާކާރު ޑިފެންޑަރު ހަވިޔާ މަޝެރާނޯ އެ ޓީމު ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ކޮށްފިއެވެ.

ލިވަޕޫލް ދޫކޮށްލުމަށް ފަހު 2010 ވަނަ އަހަރު ބާސާއާއި ގުޅުނު މަޝެރާނޯ ވަނީ އެ ޓީމާއެކު ކާމިޔާބު ގިނަ ސީޒަންތަކެއް ހޭދަކޮށްފައެވެ. އޭނާއަކީ އެ ޓީމުގެ ޑިފެންސް ލައިނުގައި މުހިންމު ރޯލެއް އަދާކުރަމުންދިޔަ ކުޅުންތެރިއެކެވެ. އެހެން ނަމަވެސް އުމުރުން 33 އަހަރުގެ މަޝެރާނޯއަށް މި ސީޒަނުގައި ބާސާގެ ފުރަތަމަ 11 އިން ޖާގަ ލިބެމުންދަނީ ވަރަށް މަދުންނެވެ.

ބާސާއަށް ބަދަލުވިއިރު އޭނާއަކީ މިޑްފީލްޑަރެއް ނަމަވެސް އޭނާ ބާސާއަށް ކުޅެނީ ޑިފެންޑަރެއްގެ ގޮތުގައެވެ. އޭނާ ބާސާއާއިއެކު ހަދާފައިވާ އެއްބަސްވުން 2019 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގެ ނިޔަލަށް ނިމޭއިރު މަޝެރާނޯވަނީ ބާސާ ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ދީފައެވެ.

މަޝްހޫރު ވެބްސައިޓް 'އީއެސްޕީއެން'އަށް ދިން އިންޓަވިއުއެއްގައި މަޝެރާނޯ ބުނީ ބާސާއަށް މާ ގިނަ ދުވަހު ކުޅެވޭނެ ކަމުގެ އުއްމީދެއް ނެތް ކަމަށާއި އެހެންކަމުން އަވަސް މުސްތަގުބަލެއްގައި ބާސާ ދޫކޮށްލާނެ ކަމަށެވެ. އެހެން ނަމަވެސް އޭނާ ބުނީ އޭނާގެ ފުޓްބޯޅަ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްވަރު ހޭދަކުރީ ބާސާގައި ކަމަށާއި އެ ކްލަބުގައި ވޭތުކުރާ ދުވަސްތައް ދުވަހަކުވެސް ހަދާނުން ފިލައިގެން ނުދާނެ ކަމަށެވެ.

ހަމައެހެންމެ މަޝެރާނޯ ބުނީ އޭނާއަކީ ކަންކަން ނިންމަންޖެހޭ ވަގުތު ވަރަށް ރަނގަޅަށް އެނގޭ މީހެއް ކަމަށާއި އެހެންކަމުން ބާސާއާއިއެކު ހަދާފައިވާ އެއްބަސްވުންވެސް ނިމުމަކަށް ގެންނަން ޖެހޭ ދުވަހަކުން އެކަން ކުރަން ފަސްނުޖެހޭނެ ކަމަށެވެ. އެހެނަސް އޭނާ ބުނީ ކޮންޓްރެކްޓް ނިމުމަކަށް ގެނައުމަކީ ހަމައެކަނީ އޭނާގެ ބާރުގައި ވާ ކަމެއް ނޫން ކަމަށާއި އެކަމުގައި ބާސާގެ ހިއްސާއެއް ވެސް އެބައޮތް ކަމަށެވެ.

މީގިއިތުރުން އޭނާ ލިވަޕޫލް ދޫކޮށްލީ އެންމެ ރަނގަޅު ވަގުތުގައި ކަމަށް އޭރު ގަބޫލް ނުކުރެވުނު ކަމަށާއި އެކަމުގެ ސަބަބުން ކެރިއަރުގައި ދަތިތަކަކާއި ދިމާވި ކަމަށެވެ. ލިވަޕޫލް ދޫކޮށްލުމުން އަލުން އަނބުރާ އެ ކްލަބަށް ދެވޭނެ ކަމުގެ އުއްމީދެއް އެއްވެސް ވަރަކަށް ނެތް ކަމަށާއި ބާސާއާއި މެދު އެގޮތަށް ކަންކަން ހިނގަން ބޭނުންނުވާ ކަމަށް މަޝެރާނޯ ބުނެފައިވެއެވެ.

މަޝެރާނޯ ބުނީ އޭރު ލިވަޕޫލްގެ ކޯޗުގެ ގޮތުގައި ހުރި ރަފާ ބެނިޓޭޒް އެ ކްލަބް ދޫކޮށް އިންޓަ މިލާންއާއި ހަވާލުވުމުން އޭނާވެސް އެ ކްލަބަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ފެތުރުނު ކަމަށެވެ. އިންޓައަށް ބަދަލުވާން މަޝްވަރާ ކުރިކަމަށާއި އެހެނަސް މަޝްވަރާތަކުގައި އެއްވެސް ކުރިއެރުމެއް ނުފެނުމުން ބާސާއަށް ބަދަލުވީ ކަމަށް މަޝެރާނޯ ހާމަކުރިއެވެ. ލިވަޕޫލް ދޫކޮށް ބާސާއަށް ބަދަލުވީ އޭނާގެ އަމިއްލަ އިޙްތިޔާރުގައި ކަމަށްވެސް މަޝެރާނޯ މި އިންޓަވިއުގައި ބުނެފައިވެއެވެ.

ބާސާއަށް ބަދަލުވި ފަހުން މަޝެރާނޯ ވަނީ އެ ޓީމަށް 202 މެޗު ކުޅެދީފައެވެ. އޭނާވަނީ ބާސާގައި ވޭތުކުރި ހަތް އަހަރުގައި 17 ތަށި އެ ޓީމާއެކު ކާމިޔާބު ކޮށްފައެވެ.

އިތުރަށް ކިޔާލަން

21 ޖޫން 2017

މި ސީޒަނަށްފަހު ހަޒާޑް އަދި ކޯސްޓާ ޗެލްސީ ދޫކޮށްލަނީ!

21 ޖޫން 2017
މި ސީޒަނަށްފަހު ހަޒާޑް އަދި ކޯސްޓާ ޗެލްސީ ދޫކޮށްލަނީ!
08 ޖޫން 2017

ޔުނައިޓެޑުން އިބްރާހިމޮވިޗް ދޫކޮށްލަނީ

08 ޖޫން 2017
ޔުނައިޓެޑުން އިބްރާހިމޮވިޗް ދޫކޮށްލަނީ
30 މެއި 2017

ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި

30 މެއި 2017
ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި
02 މެއި 2017

ރޮމޭރޯ ޔުނައިޓެޑް ދޫކޮށްލަނީ!

02 މެއި 2017
ރޮމޭރޯ ޔުނައިޓެޑް ދޫކޮށްލަނީ!
02 މެއި 2017

މި ސީޒަނަށްފަހު ފެބްރިގާސް ޗެލްސީ ދޫކޮށްލަނީ!

02 މެއި 2017
މި ސީޒަނަށްފަހު ފެބްރިގާސް ޗެލްސީ ދޫކޮށްލަނީ!
17 އެޕްރީލު 2017

ބާރަ އަހަރަށް ފަހު ކެޕްޓަން ޖޯން ޓެރީ ޗެލްސީ ދޫކޮށްލަނީ

17 އެޕްރީލު 2017
ބާރަ އަހަރަށް ފަހު ކެޕްޓަން ޖޯން ޓެރީ ޗެލްސީ ދޫކޮށްލަނީ
16 މާރިޗު 2017

ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ

16 މާރިޗު 2017
ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ
20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު