Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޕަދްމަވަތީ

ދީޕިކާ އާއި ބަންސާލީއަށް ދެމުންގެންދާ އިންޒާރުތައް ބަލައެއް ނުގަނެވޭނޭ: ނާނާ ޕަޓޭކަރް

30 ނޮވެމްބަރު 2017 | ބުރާސްފަތި 23:43

މި ފިލްމުގައި ތާރީޚު އޮޅުވާލާފައިވާކަމަށް ރާޖްޕުތު ގްރޫޕްތަކުން ބުނޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 30 ނޮވެމްބަރު 2017 | ބުރާސްފަތި 23:43
ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ނާނާ ޕަޓޭކަރް

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ނާނާ ޕަޓޭކަރް

ފަދްމަވަތީގެ ތަރި ދިޕިކާ ޕަދުކޯން އާއި އެ ފިލްމްގެ ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީއަށް ދެމެންގެންދާ އިންޒާރުތައް ބަލައިނުގަނެވޭނެކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ނާނާ ޕަޓޭކަރް ބުނެފިއެވެ.

ނާނާ ޕަޓޭކަރް ބުނީ ޕަދްމަވަތީ އަދި ރިލީޒް ނުކުރާ ކަމަށާއި، އެހެން ކަމުން ފިލްމްގައި ކުޅެފައިވާ މަންޒަރުތަކަކީ ކޮބައިން ނޭނގޭ ކަމަށެވެ. އެހެންކަމުން ފިލްމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނަން ބޭނުންނުވާ ކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް ދިޕިކާ އާއި ބަންސާލީއަށް ދެމުންގެންދާ އިންޒާރުތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެގޮތަށް ކަންތައް ކުރުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށް އޭނާ ބުންޏެވެ.

"ޕަދްމަވަތީ" އާއި ދެކޮޅަށް ހަރަކާތްތައް ހިންގަމުންދާ ފަރާތްތަކުން ބުނަމުންދަނީ ފިލްމުގައި ޕަދްމާވަތީ އާއި އަލާއުއްދީން ޚިލްޖީގެ އިޝްޤީ މަންޒަރެއް ހިމެނޭ ކަމަށާއި އެ ދެ މީހުން ބައްދަލުވާތަން ފިލްމުން ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ޑައިރެކްޓަރ ބަންސާލީ ބުނެފައިވަނީ އެއީ ދޮގެއް ކަމަށާއި ފިލްމު ބެލުމުން އެކަން އެނގޭނެ ކަމަށެވެ.

މީގެ ކުރިން އިންޑިއާގެ ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި ދީޕިކާ ބުނެފައިވަނީ އޭނާ އަންހެނެއްގެ ހައިސިއްޔަތުންނާއި އިންޑިއާގެ ރައްޔިތެއްގެ ހައިސިއްޔަތުން ވަރަށް ދެރަވެ ރުޅިއައިސްފައިވާ ކަމަށެވެ. އަދި އެފިލްމާއި ބެހޭގޮތުން އެކިވާހަކަތައް ދައްކަމުން ދަނީ އެ ފިލްމުގައި ވާގޮތް ނޭނގިތިބެ ކަމަށް ދީޕިކާ ވަނީ ބުނެފައެވެ. "ޕަދްމަވަތީ" އަކީ މުޅި އިންޑިއާ ފަޚުރުވެރިވާނެ ފިލްމެއް ކަމަށާއި މުޅި ދުނިޔެއަށް ޕަދްމަވަތީގެ ވާހަކަ އެނގެންޖެހޭނެ ކަމަށް ދީޕިކާ ވަނީ ބުނެފައެވެ.

ބަންސާލީގެ ޕަދްމަވަތީއަކީ، ރާނީ ޕަދްމަވަތީގެ އަބުރަށް ހުތުރުވާގޮތަށް، ތާރީޚު އޮޅުވާލައި ހަދާފައިވާ ފިލްމެއްކަމަށްބުނެ އިންޑިއާގައި ބޮޑެތި މައްސަލަތަކެއް އުފެދިފައިވާއިރު، ރާނީ ޕަދްމިނީ އަކީ ހަޤީޤަތުގައި އުޅުއްވި ރާނީއެއްކަމާއިމެދުވެސް ތާރީޚު ދިރާސާކުރާ ފަރާތްތަކުން ދެބަސްވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
14 ފެބުރުއަރީ 2017

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ
13 ފެބުރުއަރީ 2017

ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި

13 ފެބުރުއަރީ 2017
ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި
13 ފެބުރުއަރީ 2017

"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ

13 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ
12 ފެބުރުއަރީ 2017

ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް

12 ފެބުރުއަރީ 2017
ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް
31 ޖެނުއަރީ 2017

"އިއްތިފާގު" ގެ ރީމޭކިންގައި ސިދާތް އާއި ސޯނާކްޝީ

31 ޖެނުއަރީ 2017
"އިއްތިފާގު" ގެ ރީމޭކިންގައި ސިދާތް އާއި ސޯނާކްޝީ
29 ޖެނުއަރީ 2017

ބަންސާލީއަށް ދިން ހަމަލާއަށް ފަހު "ޕަދްމަވަތީ" ޝޫޓިން މެދުކަނޑާލައިފި

29 ޖެނުއަރީ 2017
ބަންސާލީއަށް ދިން ހަމަލާއަށް ފަހު "ޕަދްމަވަތީ" ޝޫޓިން މެދުކަނޑާލައިފި
28 ޖެނުއަރީ 2017

"ޕަދްމާވަތީ" ގެ ސެޓަށް ބަޔަކު ވަދެ ބަންސާލީއަށް ހަމަލާދީފި

28 ޖެނުއަރީ 2017
"ޕަދްމާވަތީ" ގެ ސެޓަށް ބަޔަކު ވަދެ ބަންސާލީއަށް ހަމަލާދީފި
07 ޖެނުއަރީ 2017

އަނުޝްކާ އާއި ވިރާޓްގެ އެންގޭޖްމަންޓް ބާއްވަން އުޅޭކަން ދޮގުކޮށްފި

07 ޖެނުއަރީ 2017
އަނުޝްކާ އާއި ވިރާޓްގެ އެންގޭޖްމަންޓް ބާއްވަން އުޅޭކަން ދޮގުކޮށްފި
07 ޖެނުއަރީ 2017

ދީޕިކާގެ ހޮލީވުޑް ޑެބިއުޓް "ޓްރިޕަލް އެކްސް: ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" މުމްބާއީގައި ކުލަގަދަކޮށް ޕްރިމިއާރ ކުރުމަށް ތައްޔާރީތައް ވަނީ!

07 ޖެނުއަރީ 2017
ދީޕިކާގެ ހޮލީވުޑް ޑެބިއުޓް "ޓްރިޕަލް އެކްސް: ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" މުމްބާއީގައި ކުލަގަދަކޮށް ޕްރިމިއާރ ކުރުމަށް ތައްޔާރީތައް ވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް