Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ފިލްމް ޕަދްމަވަތީ

ދީޕިކާއާއި ބަންސާލީގެ ބޯ ކަނޑާލި މީހަކަށް އަގުކީ ސޫރަޖު މަގާމުން އިސްތިއުފާ ދީފި

ދީޕިކާ އާއި ބަންސާލީގެ ސެކިއުރިޓީ ވަނީ އަދިވެސް ވަރުގަދަކޮށްފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 30 ނޮވެމްބަރު 2017 | ބުރާސްފަތި 05:45
ސޫރަޖް ޕަލް އަމޫ

ސޫރަޖް ޕަލް އަމޫ

ސަންޖޭ ލީލާ ބަންސާލީ އާއި ދީޕިކާ ޕަދުކޯންގެ ބޯ ކަނޑާލި މީހަކަށް 1.5 މިލިއަން ޑޮލަރު ހުށަހެޅި އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ނަދަން ހަރިޔާނާގެ ޗީފް މީޑިއާ ކޯޑިނޭޓަރ ސޫރަޖް ޕަލް އަމޫ އިސްތިއުފާ ދީފިއެވެ.

އޭނާ އިސްތިއުފާ ދީފައިވަނީ ބީޖޭޕީން އޭނާ އަށް ނޯޓިސް ފޮނުވައި އޭނާގެ ވާހަކަތައް ކުށްވެރިކޮށް ވާހަކަދައްކާފައި ވަނިކޮށެވެ.

މިކަމާއި ގުޅިގެން ސޫރަޖު ބުނެފައިވަނީ "ޕަދްމާވަތީ" އާ ގުޅިގެން އޭނާ ދެއްކި ވާހަކަތަކަކީ އޭނާ އެ ފިލްމާ މެދު ދެކޭގޮތް ކަމަށާއި އެއްވެސް ހާލެއްގައި އެއީ ޕާޓީގެ ފިކުރު ނޫން ކަމަށް ބުނެފަ އެވެ.

ދީޕިކާއާއި ބަންސާލީގެ ބޯ ކަނޑާލި މީހަކަށް އަގު ކިޔާފައިވާ މައްސަލަ މިހާރު ވަނީ އިންޑިއާގެ ކޯޓަކަށް ހުށައަޅާފައެވެ.

ބީޖޭޕީން ވަނީ މީގެ ކުރިން ސޫރަޖަށް ނޯޓިސް ފޮނުވައި އޭނާގެ ވާހަކަތައް ކުށްވެރި ކޮށްފައެވެ.

އެ ޕާޓީގެ ނޭޝަނަލް ސެކްރެޓަރީ އަނިލް ޖެއިން ވަނީ ސޫރަޖުގެ އިންޒާރު ޕާޓީން އިން ކުށްވެރިކުރާ ކަމަށާއި އެފަދަ އަމަލެއް ކުރުމަށް އެ ޕާޓީން ހިތްވަރު ނުދޭނެ ކަމަށް ވެސް ބުނެފައެވެ.

"ޕަދްމަވަތީ" އާއި ދެކޮޅުހަދާ ގިނަ ބަޔަކު ބުނަނީ ފިލްމުގެ ބަތަލާ ޕަދްމާވަތީ އާއި އަލާއުއްދީން ޚިލްޖީގެ ހުވަފެނީ މަންޒަރެއް ހިމެނޭ ކަމަށާއި އެ ދެ މީހުން ބައްދަލުވާތަން ފިލްމުން ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ޑައިރެކްޓަރ ބަންސާލީ ބުނެފައިވަނީ އެއީ ދޮގެއް ކަމަށާއި ފިލްމު ބެލުމުން އެކަން އެނގޭނެ ކަމަށެވެ.

ބެންގަލޫރުގެ ކަރްނަޓަކާގެ އެނާޖީ މިނިސްޓަރ އަދި އިންޑިއާގެ ނެޝަނަލް ކައުންސިލްގެ މެމްބަރ ޑީކޭ ޝިވާކުމާރު ވަނީ ދީޕިކާއަށް ދީފައިވާ މަރުގެ އިންޒާރުތައް ކުށްވެރި ކުރައްވާފައެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބީޖޭޕީގެ އިސް ފަރާތެއް ދީޕިކާ މަރާލުމަށް 10 ކުރޯޑް ރުޕީސް(1.5މިލިއަން ޑޮލަރު) ހުށަހެޅުމަކީ ނުހަނު ބޮޑަށް ކުށްވެރި ކުރައްވާ ކަމެއް ކަމަށެވެ. އަދި މިކަމަށް އަވަސް ހައްލެއް ހޯދަންޖެހޭ ކަމަށް އޭނާގެ ޓްވީޓުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ ކުރިން ދީޕިކާ އިންޑިއާގެ ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާ އަންހެނެއްގެ ހައިސިއްޔަތުންނާއި އިންޑިއާގެ ރައްޔިތެއްގެ ހައިސިއްޔަތުން ވަރަށް ދެރަވެ ރުޅިއައިސްފައިވާ ކަމަށެވެ. އަދި އެފިލްމާއި ބެހޭގޮތުން އެކިވާހަކަތައް ދައްކަމުން ދަނީ އެ ފިލްމުގައި ވަނީ ކީއްކަން ނޭގިތިބެ ކަމަށް ދީޕިކާ ވަނީ ބުނެފައެވެ. "ޕަދްމަވަތީ" އަކީ މުޅި އިންޑިއާ ފަޚުރުވެރިވާނެ ފިލްމެއް ކަމަށާއި މުޅި ދުނިޔެއަށް ޕަދްމަވަތީގެ ވާހަކަ އެނގެންޖެހޭނެ ކަމަށް ދީޕިކާ ވަނީ ބުނެފައެވެ.

މި ފިލްމު މިހާރު އޮތީ ސެންސަރުބޯޑުގައެވެ. ފިލްމު ކުރިން ރިލީޒްކުރަން އޮތީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހަށެވެ. އެހެން ނަމަވެސް ފިލްމު ރިލީޒްކުރާ ދުވަސް އެހެން ދުވަހަކަށް ފަސްކޮށްފައިވަނީ ސެންސަރުބޯޑަށް ފިލްމު ފާސްކުރުމަށް ފޮނުވުމުން އެ ބޯޑުން އެޕްލިކޭޝަން ފުރިހަމަ ނޫން ކަމަށް ބުނެ ފިލްމް އަނބުރާ ފޮނުވާލާފައި ވާތީ އަލުން އެޕްލިކޭޝަން ލުމަށް ފަހު ރިލީޒްކުރުން ލަސްވާނެތީ ކަމަށް އެ ފިލްމުގެ ބޯޑުން ވަނީ ބުނެފައެވެ.

މިހާރު އަޑުތައް ފެތުރިފައިވާ ގޮތުގައި "ޕަދްމަވަތީ" ޑިސެމްބަރު މަހުގެ 1 ގައި އިނގިރޭސި ވިލާތުގައި އަޅުވާނެއެވެ. އަދި އިނގިރޭސިވިލާތުން މި ފިލްމު ސެންސަރު ބޯޑުން ފާސްކޮށްފައިވާ ކަމަށްވެސް ނޫސްތަކުގައި ވަނީ ބުނެފައެވެ. އެހެން ނަމަވެސް ފިލްމު ޑިސެމްބަރު މަހުގެ 1 ގައި އިނގިރޭސި ވިލާތުގައި އަޅުވާނެކަމާއިމެދު ރަސްމީ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދީޕިކާއާއި ކެޓްރީނާއި ދެމެދު އޮތް ރުޅިވެރިކަން ނިމުމަކަށް ގެނައީ ރަންވީރު!

ދީޕިކާއާއި ކެޓްރީނާއި ދެމެދު އޮތް ރުޅިވެރިކަން ނިމުމަކަށް ގެނައީ ރަންވީރު!

02 ޖެނުއަރީ 2019
އަދަބެއްގެ ގޮތުން 'ބޭމްބީ' ފިލްމު ބެލުމަށް ކޯޓުން މީހަކަށް ހުކުމް ކޮށްފި

އަދަބެއްގެ ގޮތުން 'ބޭމްބީ' ފިލްމު ބެލުމަށް ކޯޓުން މީހަކަށް ހުކުމް ކޮށްފި

19 ޑިސެމްބަރު 2018
ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމުގައި ޝާހް އާއި ސަލްމާން އެކީގައި

ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމުގައި ޝާހް އާއި ސަލްމާން އެކީގައި

05 ނޮވެމްބަރު 2018
ސިދާތު އާއި އާލިއާ އެކުގައި ސްކްރީނަށް ގެނެވޭނީ އެންމެ މީހަކަށް!

ސިދާތު އާއި އާލިއާ އެކުގައި ސްކްރީނަށް ގެނެވޭނީ އެންމެ މީހަކަށް!

06 އޮކްޓޯބަރު 2018
އެންމެ ފަހުން ދީޕިކާއާއި ރަންބީރު ފެޝަން ޝޯގައި ބައިވެރިވެއްޖެ

އެންމެ ފަހުން ދީޕިކާއާއި ރަންބީރު ފެޝަން ޝޯގައި ބައިވެރިވެއްޖެ

22 އެޕްރީލު 2018

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު