Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭ ކަޕް

އެފްއޭ ކަޕް: މާޒިޔާއާއި ނިއު ސެމީއަށް

މާޒިޔާއިން ސެމީގެ ޖާގައެއް ހޯދީ ކުއާޓާ ފައިނަލުގައި 3-0 ގެ ނަތީޖާއަކުން މުއިވެޔޮ ފްރެންޑްސް ބަލި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 30 ނޮވެމްބަރު 2017 | ބުރާސްފަތި 03:07
މާޒިޔާއާއި މުއިވެޔޮ ފްރެންޑްސް ބައްދަލުކުރި މެޗުގެ ތެރެއިން

މާޒިޔާއާއި މުއިވެޔޮ ފްރެންޑްސް ބައްދަލުކުރި މެޗުގެ ތެރެއިން

އެފްއޭ ކަޕްގެ ސެމީ ފައިނަލުން ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ދެ ބާރު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޖާގަ ހޯދައިފިއެވެ.

މާޒިޔާއިން ސެމީގެ ޖާގައެއް ހޯދީ ކުއާޓާ ފައިނަލުގައި 3-0 ގެ ނަތީޖާއަކުން މުއިވެޔޮ ފްރެންޑްސް ބަލިކޮށްގެންނެވެ. މި މެޗުގައި މާޒިޔާއަށް ލަނޑުތައް ޖަހައިދިނީ އަހުމަދު އިމާޒް (އާއްކޮ) އާއި އައްސަދު އަލީ (އަޑުބަރޭ)ގެ އިތުރުން ސަމޫހު އަލީ (ސަމުއްޓެ) އެވެ.

ނިއު ރޭޑިއަންޓްއިން ސެމީގެ ޖާގައެއް ހޯދީ ކުއާޓާ ފައިނަލުގައި 5-1ގެ ތަފާތު ބޮޑު ނަތީޖާއަކުން ކްލަބް އީގަލްސް ބަލިކޮށްގެންނެވެ. އީގަލްސްގެ ޓީމުން ޒުވާން ގިނަ ކުޅުންތެރިން ފެނިގެންދިޔައިރު ނިއުއިން ފާހަގަކޮށްލެވުނު އެންމެ ބޮޑު ބަދަލަކީ އެ ޓީމުގެ ފޯވާޑުން ކަމަށްވާ އަލީ ފާސިރް (ސެންޓޭ) އަދި އެޑްރިއަން ގަލާޑޯ ފެނިގެން ނުދިޔުމެވެ. އެގޮތުން ކާޑު ހަމަވުމުގެ ސަބަބުން ސެންޓޭއަށް މެޗުގައި ނުކުޅެވުނުއިރު ގަލާޑޯ ވަނީ ނިއުއާއިއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލުމަށް ފަހު އެނބުރި އޭނާގެ ގައުމަށް ގޮސްފައެވެ.

މެޗު ފެށިގެން ރަނގަޅަށް ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެމުންދިޔައީ ނިއު އިންނެވެ. އެ ޓީމުން ހަމަލާތައް އުފައްދަން މަސައްކަތް ކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 22 ވަނަ މިނެޓުގައި އެ ޓީމަށް ޕެނަލްޓީއެއް ލިބިގެން ދިޔުމެވެ. އެހެނަސް އަލީ އަޝްފާގު (ދަނގަޑޭ) ފޮނުވާލި ޕެނަލްޓީ އަމާޒުވީ އީގަލްސްގެ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ނިއު އިންނެވެ. އެގޮތުން މެޗުގެ 23 ވަނަ މިނެޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) އެ ޓީމަށް ލީޑު ނަގައިދިންއިރު އެ ޓީމުގެ ބިދޭސީ ޑިފެންޑަރު އެލްޑޯ ވަނީ 33 ވަނަ މިނެޓުގައި ލަނޑެއް ޖަހައިދީ އެ ޓީމަށް ލީޑު ފުޅާ ކޮށްދީފައެވެ. އެހެން ނަމަވެސް ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް މުސައްނިފް މުހައްމަދު ވަނީ ލަނޑެއް ޖަހައިދީ އީގަލްސްއަށް ނަތީޖާގެ ފަރަގު ކުޑަ ކޮށްދީފައެވެ.

ނިއު ކުރީގައި އޮވެގެން ފުރަތަމަ ހާފު ނިމިގެންދިޔައިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައިވެސް ފުރަތަމަ ހާފެކޭ އެއްގޮތަށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެގޮތުން މެޗުގެ 51 ވަނަ މިނެޓުގައި ހަސަން އަދުހަމް (ސަޑޭ) އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދިންއިރު 76 ވަނަ މިނެޓުގައި އަލްޑޯ ވަނީ އޭނާ މެޗުގައި ޖެހި ދެވަނަ ލަނޑު ޖަހާ ނިއުއަށް ލީޑު އިތުރަށް ފުޅާ ކޮށްދީފައެވެ. މެޗުގެ 83 ވަނަ މިނެޓުގައި އިބްރާހިމް ފަޒީލް (އޮއްޕޮ) ވަނީ ނިއުގެ ފަސް ވަނަ ލަނޑު އެ ޓީމަށް ޖަހައިދީ ސެމީގެ ޖާގައެއް އެ ޓީމަށް ކަށަވަރު ކޮށްދީފައެވެ.

ސެމީގައި މާޒިޔާ ނުކުންނާނީ ޓީސީ ސްޕޯޓްސްއާއި ދެކޮޅަށެވެ. ހަމައެހެންމެ ނިއު ސެމީގައި ނުކުންނަން ޖެހޭނީ ގްރީން ސްޓްރީޓާއި ކޮންފެރޭ ކުޅޭ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް އަންނަ އަހަރު އޮންނަ އޭއެފްސީ ކަޕުގައި ރާއްޖެ ތަމްސީލުކުރުމުގެ ދެވަނަ ޖާގަ ލިބޭނެއެވެ. ނިއުއިން އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމާއި ގުޅިގެން އެ ޓީމުން ވަނީ އޭއެފްސީ ކަޕުގައި ރާއްޖެ ތަމްސީލުކުރަން ލިބޭ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ

ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ

14 ޖެނުއަރީ 2017
ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ

ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު