Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގުޅިފައިވާ ސިޔާސީޕާޓީތައް

ދައުރު ހަމަނުވަނީސް ސަރުކާރު އިސްތިއުފާ ދީފާނެ:ޑރ މަޖީދު

މިއޮތީ ޤާނޫނީ ހައިސިއްޔަތެއް ނެތް ޣައިރު ޤާނޫނީ ސަރުކާރެއް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 29 ނޮވެމްބަރު 2017 | ބުދަ 14:48
ގުޅިފައިވާ ޕާޓީތަކުން ކުނޫޒްގައި ބޭއްވި ޕްރެސް

ގުޅިފައިވާ ޕާޓީތަކުން ކުނޫޒްގައި ބޭއްވި ޕްރެސް

ދައުރު ހަމަ ނުވަނީސް މިހާރު މިއޮތް ސަރުކާރު އަމިއްލައަށް އިސްތިއުފާ ދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރު ޑރ ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ބުދަ ދުވަހު ހަވީރު މ ކުނޫޒްގައި ބޭއްވި ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއްގައި ޑރ މަޖީދު ވިދާޅުވީ މިހާރު މިއޮތީ ޤާނޫނީ ހައިސިއްޔަތެއް ނެތް ޣައިރު ޤާނޫނީ ސަރުކާރެއް ކަމަށް ތުހުމަތު ކުރައްވާ ކަމަށާއި ސަރުކާރުން ކުރަމުން ގެންދާ ކަންކަމަކީ ދިވެހި ރައްޔިތުންނާއި މުޅި ދުނިޔެ ވެސް ބަލައިގަންނަ ކަންކަން ނޫން ކަމަށެވެ.

އަދި ކުރެވޭ ހުކުމްތަކުން ޝަރުޢީ ދާއިރާއަށް ސަރުކާރުން ނުފޫޒް ފޯރުވާ މިންވަރާ ގުޅޭ ވަރަށް ގިނަ ތުހުމަތުތައް ދުނިޔެއަށް ހާމަވެގެންދާ ކަމަށެވެ . ޑރ. މަޖީދު ވިދާޅުވީ ޖަލަށްލީ ގިނަ ބޭފުޅުން މިއަދު ރާއްޖެއިން ބޭރުގައި ތިއްބެވިއރު މިހާރު ޖަލުގައި ތިއްބެވި ސިޔާސީ ލީޑަރުން ވެސް ޖަލުތަކުން ދޫވެގެން ދާނެ ކަމަށެވެ. އަދި ސަރުކާރުން ކުރަމުންދާ ކަންކަން ޝަރުއީ ކޯޓެއްގައި ބެލޭނެ ދުވަސް އަންނާނެ ކަމަށްވެސް ޑރ މަޖީދު ވިދާޅުވިއެވެ.

"ހުދުމުޚްތާރު ޣައިރު ޤާނޫނީ ސަރުކާރެއް ވެއްޓެމުން ދާއިރު އެސަރުކާރަކުން ފެންނާނެ ހުރިހާ ކަންތައްތަކެއް ހުރިހާ ސިފަތަކެއް މިއަދު މިދަނީ ދިވެހި ސަރުކާރުން ފެންނަމުން. ދިވެހި ސަރުކާރު ވެސް، އުއްމީދު ކުރެވޭ ގޮތުގައި ދައުރު ހަމަވުމުގެ ކުރިން އެބޭފުޅުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައި ފެއަށް ޖެހިވަޑައިގަންނަވާނެ ކަމަށް ޤަބޫލް ކުރަނީ" ޑރ މަޖީދު ވިދާޅުވިއެވެ.

ޑރ މަޖީދު ވަނީ އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާންގެ އިސްތިއުނާފް މައްސަލަ ސުޕްރީމް ކޯޓުން ބޭރު ކުރެއްވީތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެމައްސަލައިގެ އިސްތިއުނާފްގެ މައްސަލަ އެއްކޮށް ނިމުނީކަމަށް ޤަބޫލް ނުކުރައްވާ ކަމަށާއި އަދި އެކަން ބެލޭނެ ކަމަށް ދެކެވަޑައިގަންނަވާކަމަށް ވެސް މަޖީދު ވިދާޅުވިއެވެ.

މި ޕްރެސްގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ތަރުޖަމާން އިމްތިޔާޒް ފަހުމީ ވިދާޅުވީ އިމްރާން ދެއްކެވި ވާހަކައަށްވުރެ މާ ބޮޑެތި ވާހަކަތައް އެމްޑީޕީގެ ސަރުކާރާ ދެކޮޅަށް ރައީސް ޔާމީން ދެއްކެވި ކަމަށާއި ސީދާ ވެރިކަން ވައްޓާލަން މަސައްކަތް ކުރައްވާ ވާހަކަ ޔާމިން ދެއްކެވި ކަމަށެވެ.

މީގެ އިތުރުން ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އޮންނަކަން އިދިކޮޅު މެންބަރުންނަށް އަންގަވާފައި ނުވާ ކަމަށާއި މަޖިލީހުގެ އަމީން ޢާއްމުވެސް އެކަމުގެ ޒިންމާ ނަންގަވަން ޖެހޭނެ ކަމަށް އިންތި ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެމެންބަރުން ކަމަށްވާ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޢަބްދުﷲ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް އިޝާރާތް ކުރައްވާ މި ޕްރެސް ކޮންފަރެންސްގައި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު ވިދާޅުވީ އެދެމެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށާއި އެމެންބަރުން ވަކިވެފައިވަނީވެސް އަދި ވަކިކުރި ކަމަށް ކަނޑައަޅާފައިވަނީވެސް އެދެމެންބަރުން އިންތިޚާބުވި ޕާޓީން ނޫން ކަމަށެވެ.

ޤާނޫނީ ވަކީލް އަނަސް ވިދާޅުވީ އެދެމެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާނަމަ އެކަނޑާލެވެނީ ސުޕްރީމް ކޯޓުގެ ބާރު ކަމަށެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު