Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

އިންޖަރީއިން ކުޅުންތެރިން އެނބުރި އައުމާއިއެކު ޒިދާންއަށް ހިތްހަމަޖެހުން

29 ނޮވެމްބަރު 2017 | ބުދަ 13:41

އެ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ވަނީ އިންޖަރީއިން އެނބުރި އައިސް ޓީމުގައި ހިމެނިގެން ކުޅެފަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 29 ނޮވެމްބަރު 2017 | ބުދަ 13:41
ޒައިނުއްދީން ޒިދާން - ކުޅުންތެރިން އެނބުރި އައުމާއެކު އޭނާއަށް ވަނީ އަނެއްކާވެސް ވަރުގަދަ ސްކޮޑަކުން ކުޅުންތެރިން ނެގުމުގެ ފުރުސަތު ތަނަވަސްވެފައި

ޒައިނުއްދީން ޒިދާން - ކުޅުންތެރިން އެނބުރި އައުމާއެކު އޭނާއަށް ވަނީ އަނެއްކާވެސް ވަރުގަދަ ސްކޮޑަކުން ކުޅުންތެރިން ނެގުމުގެ ފުރުސަތު ތަނަވަސްވެފައި

އިންޖަރީގައި ތިބި ކުޅުންތެރިން އެނބުރި އައުމާއެކު ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާންއަށް ހިތްހަމަޖެހުން ލިބިއްޖެ ކަމަށް އޭނާ ބުނެފިއެވެ.

ސީޒަނުގެ ކުރީގައި ރެއާލްއިން ހޯދަމުން ދިޔަ ދަށް ނަތީޖާތަކުގެ ސަބަބުން އެ ޓީމަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވިއެވެ. އޭރު ޒިދާން ބުނެފައިވަނީ ސްކޮޑުގައި ތިބި މުހިންމު ގިނަ ކުޅުންތެރިންތަކެއް އިންޖަރީވުމަކީ އެންމެ އެދެވޭ ނަތީޖާތައް ހޯދުމަށް ކުރިމަތިވި ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.

އެގޮތުން ސީޒަނުގެ ކުރީކޮޅު ރެއާލްގެ ފުރަތަމަ 11ގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ގެރެތް ބޭލްއާ އިސްކޯއާ ރަފައޭލް ވަރާންގެ އިތުރުން ޑެނީ ކަވަހާލްއަށް އިންޖަރީގެ މައްސަލަތަކާއި ދިމާވެފައިވެއެވެ. މި ކުޅުންތެރިންގެ ބަދަލުގައި ކުޅެން ނުކުތް ޒުވާން ކުޅުންތެރިންނަށް އެންމެ އެދެވޭ ކުޅުން ދެއްކިފައެއް ނުވެއެވެ. މިކަމުގެ ސަބަބަން ރެއާލްއަށް ޗެމްޕިއަންސް ލީގުގައި އެ ޓީމު އޮތް ގްރޫޕުގެ އެއްވަނަ ގެއްލުނުއިރު ލަލީގާގެ ޕޮއިންޓް ތާވަލުގެ ވެސް ތިންވަނައަށް އެ ޓީމު ވެއްޓުނެވެ.

އެހެން ނަމަވެސް އަންގާރަ ދުވަހުގެ ރޭ ސްޕެނިޝް ކޮޕާޑެލްރޭގައި ތިން ވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ފުއެންލަބްރާޑާ އާއި ދެކޮޅަށް ރެއާލް ކުޅުނު މެޗުގައި އެ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ވަނީ އިންޖަރީއިން އެނބުރި އައިސް ޓީމުގައި ހިމެނިގެން ކުޅެފައެވެ. އެގޮތުން ގެރެތް ބޭލްއާ ކޭލާ ނަވާސްގެ އިތުރުން މަޓެއޯ ކޮވަސިޗްވަނީ މި މެޗުގެ އެކި ހިސާބުތަކުން ފެނިގެން ގޮސްފައެވެ.

މިކަމާއި ގުޅޭގޮތުން ޒިދާން ބުނެފައި ވަނީ އެ ކުޅުންތެރިން ނެތްތަން ޓީމުން ވަރަށް ބޮޑަށް ދެއްކި ކަމަށާއި ގިނަ ދުވަހު އިންޖަރީގައި ތިބުމަށް ފަހު އެ ކުޅުންތެރިން އެނބުރި އައުމަކީ ޓީމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ. އަދި ކުރިޔަށް ހުރީ މުހިންމު މެޗުތަކެއް ކަމަށާއި ސްކޮޑުގައި މި ކުޅުންތެރިން ތިބުމަކީ އެ މެޗުތައް ކާމިޔާބު ކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ޒިދާން ބުނެފައިވެއެވެ.

ޒިދާން ބުނީ އަނިޔާއިން އެނބުރި އައިސް ކުޅުނު މެޗުގައި އެ ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ހިތްހަމަ ޖެހޭ ކަމަށާއި އަދިވެސް ރަނގަޅު ކުރަން ވަރަށް ބައިވަރު ކަންކަން އެބަހުރި ކަމަށެވެ. ތިން ކުޅުންތެރިޔަކު ރެއާލްގެ ސްކޮޑަށް އެނބުރި އައި ނަމަވެސް އަދިވެސް އެ ޓީމުގެ އިންޖަރީ ލިސްޓްގައި ކުޅުންތެރިން އެބަތިއްބެވެ. އެގޮތުން ކެޕްޓަން ސާޖިއޯ ރާމޯސްއާއި ޒުވާން މިޑްފީލްޑަރު މާކޯ އަސެންސިއޯ އަދިވެސް ތިބީ އަނިޔާގައިކަން ފާހަގަ ކޮށްލެވެއެވެ.

ރެއާލްއިން އެ ޓީމުން ހޯދަމުންދިޔަ ދަށް ނަތީޖާތައް އަނބުރާލުމަށް މަސައްކަތް ފަށާފައިވާއިރު ޒިދާންގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ލަލީގާގެ ކުރީގައި އޮތް ވާދަވެރި ބާސެލޯނާ އަތުލުމެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން އެ ޓީމު ޖާގަ ހޯދާފައިވާއިރު އެ މުބާރާތް ޖެހިޖެހިގެން ތިންފަހަރު ކާމިޔާބު ކުރުމަކީ ވެސް ޒިދާންގެ އަމާޒެކެވެ.

އަނެއްކާ ވެސް ވަރުގަދަ ސްކޮޑަކާއެކު ރަނގަޅު ނަތީޖާތަކަކާއި ދިމާލަށް މިސްރާބު ޖަހާފައިވާ ރެއާލް އެންމެ އަވަހަށް ދެން މެޗެއް ކުޅޭނީ އަންނަ ހޮނިހިރު ދުވަހު އެތްލެޓިކް ބިލްބާއޯ އާއި ދެކޮޅަށެވެ. އަދި އަންނަ ހަފްތާގައި އެ ޓީމު ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ބޮރޫޝިއާ ޑޯޓްމަންޑާއި ދެކޮޅަށް ވެސް ކުޅޭނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
28 ޖެނުއަރީ 2017

ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް

28 ޖެނުއަރީ 2017
ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

04 ޖެނުއަރީ 2017
އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް