Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވެސްޓް ބްރޮމް

ވެސްޓް ބްރޮމްގެ ކޯޗުގެ މަގާމަށް ޕާޑިއު ހަމަޖައްސައިފި

ޕާޑިއު ވަނީ 2019 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަން ނިމެންދެން އެ ކްލަބާއިއެކު ކޮންޓްރެކްޓް ހަދާފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 29 ނޮވެމްބަރު 2017 | ބުދަ 12:49
އެލަން ޕާޑިއު: މިއީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކްރިސްޓަލް ޕެލަސްގެ ކޯޗުގެ މަގާމުން ވަކިކުރިފަހުން އޭނާ ކްލަބަކާއި ހަވާލުވާ ފުރަތަމަ ފަހަރު

އެލަން ޕާޑިއު: މިއީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކްރިސްޓަލް ޕެލަސްގެ ކޯޗުގެ މަގާމުން ވަކިކުރިފަހުން އޭނާ ކްލަބަކާއި ހަވާލުވާ ފުރަތަމަ ފަހަރު

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ވެސްޓް ބްރޮމްގެ ކޯޗުގެ މަގާމަށް އުމުރުން 56 އަހަރުގެ ތަޖުރިބާކާރު ކޯޗު އެލަން ޕާޑިއު ހަމަޖައްސައިފިއެވެ.

ވެސްޓް ބްރޮމްގެ ކޯޗުގެ މަގާމު ހުސްވެފައިވަނީ މި މަހުގެ 20 ވަނަ ދުވަހު އެ މަގާމުގައި ހުރި ޓޯނީ ޕިއުލިސް އެ މަގާމުން ވަކިކުރުމާއި ގުޅިގެންނެވެ. ޕިއުލިސް އެ މަގާމުން ވަކިކޮށްފައިވަނީ އެ ޓީމަށް ރަނގަޅު ނަތީޖާތަކެއް ހޯދައި ނުދެވުމާއި ގުޅިގެންނެވެ. އެގޮތުން ޕިއުލިސްގެ އިރުޝާދުގެ ދަށުން އެ ޓީމު ޕްރިމިއާ ލީގުގެ ފުރަތަމަ ތިން މެޗު ކާމިޔާބުކުރި ނަމަވެސް، އޭގެ ފަހުން އެ ޓީމު ކުޅުނު ހަތަރު މެޗު އެއްވަރުވިއިރު ބާކީ ހަތް މެޗުން ވަނީ ބަލިވެފައެވެ.

މި ސީޒަނުގައި ވެސްޓް ބްރޮމް އެންމެ ފަހުން މެޗަކުން މޮޅުވެފައިވަނީ އޮގަސްޓް މަހުގެ 22 ވަނަ ދުވަހު އިނގިރޭސި ލީގު ކަޕްގައި އެކްރިންޓަން އާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

ވެސްޓް ބްރޮމްގެ ވެބްސައިޓް މެދުވެރިކޮށް އެ ޓީމުން ވަނީ ކޯޗުގެ މަގާމަށް ޕާޑިއު ހަމަޖެއްސިކަން ކަށަވަރު ކޮށްދީފައެވެ. އެގޮތުން 2019 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަން ނިމެންދެން އޭނާ ވަނީ އެ ކްލާބާއެކު ކޮންޓްރެކްޓް ހަދާފައެވެ.

އެ ޓީމުގެ ވެބްސައިޓްއަށް ދިން އިންޓަވިއުއެއްގައި ޕާޑިއު ބުނެފައިވަނީ ވެސްޓް ބްރޮމްގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރަން ފުރުސަތު ލިބުމަކީ ވަރަށް އުފާވާ ކަމެއް ކަމަށާއި އެ ޓީމުގައި މިވަގުތު ތިބި ހުނަރުވެރި ކުޅުންތެރިންނާއެކު މަސައްކަތްކުރަން ކެތްމަދުވެފައިވާ ކަމަށެވެ.

މީގެއިތުރުން އޭނާ ބުނެފައިވަނީ އެންމެ ފުރަތަމަ އަމާޒަކީ ޓީމަށް ރަނގަޅު ނަތީޖާތަކެއް ހޯދައިދިނުން ކަމަށާއި، ތާވަލުގެ ކުރިޔަށް އެ ޓީމު ގެންދަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. ހަމައެހެންމެ ވެސްޓް ބްރޮމްއަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ގިނަ ދުވަސްވީ ކްލަބެއް ކަމަށާއި، ޕްރިމިއާ ލީގުގައި އިތުރު ހަރުފަތްތަކެއް ގިރާ ކުރުމަށް އެ ޓީމުން ކުރަމުން އަންނަ މަސައްކަތަށް އެހީތެރިވެދިނުމަށް ފުރުސަތު ލިބުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށް ޕާޑިއު ބުނެފައިވެއެވެ.

ވެސްޓް ބްރޮމްގެ ޗެއާމަން ޖޯން ވިލިއަމްސް ބުނީ ޕާޑިއުގެ ދަށުން އޭނާގެ ޓީމު ރަނގަޅު ނަތީޖާތަކެއް ހޯދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި، އޭނާއަކީ އެ މަގާމަށް އެންމެ އެކަށީގެންވާ މީހާކަމަށް ގަބޫލުކުރާ ކަމަށެވެ.

ނިއުކާސަލް ޔުނައިޓެޑްގެ ކޯޗެއްގެ ގޮތުގައި ޕާޑިއު ހަރަކާތްތެރިވި ދުވަސްވަރު އޭނާގެ އެސިސްޓަންޓެއްގެ ގޮތުގައި ހަރަކާތްތެރިވި ޖޯން ކާވާ ވެސް ވަނީ ޕާޑިއު އާއިއެކު ވެސްޓް ބްރޮމްއާ ގުޅިފައެވެ. ކަވާ އެ ޓީމާއި ގުޅުމާއި ގުޅިގެން ވަގުތީ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދިޔަ ކުރީގެ އެސިސްޓަންޓް ކޯޗު ގެރީ މެގްސަން ވަނީ އެ މަގާމު ދޫކޮށްލާފައެވެ.

ޕާޑިއުގެ އިރުޝާދުގެ ދަށުން ވެސްޓް ބްރޮމް ކުޅޭ އެންމެ ފުރަތަމަ މެޗުގައި އެ ޓީމު އަންނަ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ނުކުންނާނީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެވެ.

މިއީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކްރިސްޓަލް ޕެލަސްގެ ކޯޗުގެ މަގާމުން ވަކިކުރި ފަހުން ޕާޑިއު އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކާއި ހަވާލުވާނެ ފުރަތަމަ ފަހަރެވެ. ޕާޑިއުއަކީ 2012 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ހޮވުނު ފަރާތަށްވާއިރު އޭނާ ވަނީ މީގެކުރިން ވެސްޓް ހަމްއާ ސައުތްހެމްޕްޓަންއާ ޗާލްޓަންގެ އިތުރުން ރެޑިންގެ ކޯޗުގެ މަގާމުވެސް އަދާކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިޓީ ލީގުގެ ތިންވަނަ މަގާމަށް، އާސެނަލަށް މޮޅެއް

ސިޓީ ލީގުގެ ތިންވަނަ މަގާމަށް، އާސެނަލަށް މޮޅެއް

17 މެއި 2017
ވެސްޓްއިންޑީޒް ދަތުރަށްފަހު މިސްބާހު ރިޓަޔަރކުރަނީ

ވެސްޓްއިންޑީޒް ދަތުރަށްފަހު މިސްބާހު ރިޓަޔަރކުރަނީ

06 އެޕްރީލު 2017
ޕްރިމިއާ ލީގު: ވެސްޓްބްރޮމް އިން އާސެނަލްގެ އުންމީދުތައް ފުނޑުފުނޑުކޮށްލައިފި

ޕްރިމިއާ ލީގު: ވެސްޓްބްރޮމް އިން އާސެނަލްގެ އުންމީދުތައް ފުނޑުފުނޑުކޮށްލައިފި

18 މާރިޗު 2017
ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީއަށް 10 ޕޮއިންޓްގެ ލީޑެއް ނަގައިފި

ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީއަށް 10 ޕޮއިންޓްގެ ލީޑެއް ނަގައިފި

07 މާރިޗު 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު