ކ. މާލެ
|
29 ނޮވެންބަރ 2017 | ބުދަ 08:56
ވެމްކޯގެ ކުނި އުފުލާ ވެހިކަލެއް
ވެމްކޯގެ ކުނި އުފުލާ ވެހިކަލެއް
މުހައްމަދު ޝަރުހާން
ކުނި މެނޭޖް ކުރުން
18000 ގޭބީސީން ކުނި ކަލެކްޓް ކުރުމުގެ މަސައްކަތް މިހާރު ކުރެވޭ: ވެމްކޯ
މާލޭ ސަރަހައްދުގެ ކުނި މެނޭޖް ކުރުން ހަރުދަނާ ކުރުމުގެ މަސައްކަތް ދަނީ ކުރަމުން
ވެމްކޯ އިން ދަނީ ސަރވޭ އެއް ކުރަމުން
2000 ފަރާތުން އަމިއްލައަށް ކުނި އުކާލުމަށް ރަޖިސްޓްރީ ކުރެވިފައި

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކުނި ކަލެކްޓް ކުރުމަށް ގާތްގަނޑަކަށް މިހާތަނަށް 18000 ގޭބީސީއަކުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

 ރާއްޖެޓީވީގެ ހަބަރުފީތާ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ވެމްކޯގެ ބިސްނަސް ޑިވެލޮޕްމެންޓް މެނޭޖަރު، މުހައްމަދު އިގްބާލް ވިދާޅުވީ، އެ ކުންފުނިން މާލޭގެ ސަރަހައްދުން ކުނި ކަލެކްޓް ކުރަމުންދާ އިރު، މާލޭގައި ކަނޑައަޅާފައިވާ ޒޯންތަކަށް އެ ކުންފުނީގެ މުވައްޒަފުން ގޮސް، ވަކި ވަކިން ޒިޔާރަތްކޮށް، ރަޖިސްޓަރ ވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓަރ ކުރުމުގެ ފުރުސަތު ހުޅުލަމުންގެންދާ ކަމަށެވެ. އެގޮތުން މާލޭގެ ޒޯން 7 އާއި 8 އާއި 9 އަދި 10 އަކަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އެ ޒޯންތަކުން މައުލޫމާތު ސާފު ނުކުރެވި، އެކި ސަބަބުތަކާއި ހުރެ ނުވަދެވިފައިވާ ގެތަކަށް ގޮސް މައުލޫމާތު އޮޅުންފިލުވައިދީ، ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

" ބާކީ ހުރި ޒޯންތަކަށް ވެސް ދިއުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ކުރެވޭނެ. އެގޮތުން ޒޯން 1، 2، 3، 4، 5، 6 އަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައި. އަޅުގަނޑުމެންގެ ސަރވޭ ޓީމްތައް ގޮސް އެ މަސައްކަތްތައް ކުރާނެ،" އިގްބާލް ވިދާޅުވި އެވެ.

އިގްބާލް ވިދާޅުވީ، ސަރަަހައްދަށް ބަލާ އިރު މާލޭގެ ހުރިހާ ސަރަހައްދެއް ވެމްކޯ އިން ކަަަވަރު ކޮށްފައިވާ ކަމަށެވެ. ރަޖިސްޓްރީ ނުކުރެވި ހުރީ ވަރަށް މަދު ގޭބީސީތަކެއް ކަމަށާއި، އެހެން ނަމަވެސް މިހާރުވެސް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

 ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބޭ ކަމުގައިވާ ނަމަ، މާލޭގެ ހުރިހާ ގެއެއް މި އަހަރު ނިމުމުގެ ކުރިން ރަޖިސްޓްރީ ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާކަމަށް އިގްބާލް ވިދާޅުވި އެވެ. ރަޖިސްޓްރީ ކުރުމުގައި ވެމްކޯ އިން ކުނި ކަލެކްޓް ކުރުމުގެ އިތުރަށް އަމިއްލައަށް ވެސް ކުނި އުކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަމިއްލައަށް ކުނި އުކާ ކަމުގައިވާ ނަމަ، ދުވާލަކު އެއްފަހަރު ކުނި އުކާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރުވެސް އަމިއްލައަށް ކުނި އުކުމަށް 2000 ގޭބީސީން ރަޖިސްޓްރީވެފައިވާ ކަމަށް އިގްބާލު ވިދާޅުވި އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް