Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބެލިސްޓިކް މިސައިލް އުދުއްސާލު

އުތުރު ކޮރެއާ އިން އެގައުމުން މިހާތަނަށް އެންމެ ދުރަށް ފޮނުވައިލި ބެލިސްޓިކް މިސައިލް އުދުއްސާލައިފި

29 ނޮވެމްބަރު 2017 | ބުދަ 00:46

މިސައިލް ގޮސް ވެއްޓިފައިވަނީ ޖާޕާނުގެ ކަނޑުގެ ސަރަހައްދަށް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 29 ނޮވެމްބަރު 2017 | ބުދަ 00:46
އުދުއްސާލި މިސައިލް ގާތްގަނޑަކަށް 1000 ކިލޯ މީޓަރަށް ނުވަތަ 620 މޭލަށް ދަތުރުކޮށްފައިވޭ

އުދުއްސާލި މިސައިލް ގާތްގަނޑަކަށް 1000 ކިލޯ މީޓަރަށް ނުވަތަ 620 މޭލަށް ދަތުރުކޮށްފައިވޭ

އުތުރު ކޮރެއާ އިން މިހާތަނަށް އެންމެ ދުރަށް ފޮނުވައިލި ބެލިސްޓިކް މިސައިލް އުދުއްސާލައިފި އެވެ.

އެމެރިކާގެ އަސްކަރިއްޔާގެ މައި މަރުކަޒު ޕެންޓެގަން އިން ހާމަކޮށްފައިވާ ގޮތުގައި މިފަހަރު އުތުރު ކޮރެއާއިން އުދުއްސާލި މިސައިލް ގާތްގަނޑަކަށް 1000 ކިލޯ މީޓަރަށް ނުވަތަ 620 މޭލަށް ދަތުރުކޮށްފައިވާ ކަމަށެވެ. މި މިސައިލް ގޮސް ވެއްޓިފައިވަނީ ޖާޕާނުގެ ކަނޑުގެ ސަރަހައްދަށެވެ.

އުތުުރު ކޮރެއާ އިން މީގެ ކުރިން ބެލިސްޓިކް މިސައިލެއް ފޮނުވާލައިފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ޑިފެންސް ޖޭމްސް މޭޓިސް ވަނީ އުތުުރު ކޮރެއާ އިން މި ފަހަރު ފޮނުވާލި މިސައިލް ކުރިން ފޮނުވާލާފައިވާ މިސައިލްތަކަށް ވުރެ ދުރަށް ދަތުރުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. މިއީ މުޅި ދުނިޔެއަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އެ ގައުމުން ބުނެ އެވެ.

ދެކުނު ކޮރެއާގެ ނިއުސް އޭޖެންސީތަކުން މައުލޫމާތު ދޭގޮތުގައި އުތުރު ކޮރެއާ އިން މިފަހަރު ފޮނުވާލި މިސައިލް ފޮނުވާލާފައިވަނީ އެގައުމުގެ ދެކުނު ޕިއޮންގަން ޕްރޮވިންސް އިން ކަމަށެވެ.

ޖަޕާނުގެ އޮފިޝަލުން ހާމަކުރާ ގޮތުގައި މި މިސައިލް ދަތުރުކޮށްފައިވަނީ 50 ވަރަކަށް މިނެޓަށް ކަމަށާއި މިފަަހަރުގެ މިސައިލް ޖަފާނުގެ ބިމުގެ ސަރަަހައްދު ހުރަސްކޮށްފައިނުވާ ކަމަށެެވެ. މީގެ ކުރިން އުތުރު ކޮރެއާ އިން އުދުއްސާލައިފައިވާ ބައެއް މިސައިލްތައް ޖަމާނުގެ ބިމުގެ ސަރަހައްދުގެ މަތިން ދަތުރުކޮށްފައިވެ އެވެ. އުތުުރު ކޮރެއާ އިން މިފަހަރު އުދުއްސާލި މިސައިލަކީ އެއް ބަރުން އަނެއްް ބައްރަށް ދަތުރުކުރުމުގެ ގާބިލްކަން ހުރި ނުވަތަ " އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް" އެވެ.

އުތުރު ކޮރެއާ އަކީ ދުނިޔޭގެ އެހެން ގައުމުތަކާ ގުޅުން ކުޑަ ގައުމެއް ކަމުގައިވާ އިރު އެގައުމުގެ ނިއުކްލިއަރ އަދި މިސައިލް ޕްރޮގްރާމުގެ މައްސަލައަކީ ދުނިޔޭގެ ގިނަ ގައުމުތަކުން ކަންބޮޑުވާ މައްސަލައެކެވެ. ނަމަވެސް އަދި މިހާތަނަށް އެއްވެސް ހައްލެއް މިކަމަށް ހޯދިފައެއް ނުވެ އެވެ. އުތުރުކޮރެއާ އިން އަނެއްކާވެސް މިސައިލެއް އުދުއްސާލައިފައިވާ އިރު މިކަމުން އެނގިގެންދަނީ އެމެރިކާ އާއި ޗައިނާއިން ދައްކާ ވާހަކައާއި ޕްރެޝަރަށް އުތުރު ކޮރެއާ ފަސް ނުޖެހޭ ކަން ކަމަށް ދުނިޔޭގެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ހާމަކުރެ އެވެ.

އެމެރިކާގެ ރައީސް ޑޮލާންޑް ޓްރަމްޕް މީގެ ކުރިން ވިދާޅުވެފައިވަނީ އުތުރު ކޮރެއާ އިން ހުއްޓުމެއްނެތި ކުރިއަށްގެންދާ މިސައިލް ޓެސްޓު ކުރުމުގެ މަސައްކަތް ޓަރަމްޕްގެ ސަރުކާރުގައި ހައްލު ކުރާނެ ކަމަށެވެ. މިކަމާ ގުޅޭ ގޮތުން އދގެ ސެކިއުރީޓީ ކައުންސިލްގައި މަޝްވަރާ ކުރުމަށް ވެސް އެމެރިކާ އިން ވަނީ ގޮވާލައްވާފަ އެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

01 މާރިޗު 2017

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
17 ޖެނުއަރީ 2017

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް