Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރަޝިއާ އެތްލީޓުން

ރަޝިއާގެ ފަސް އެތްލީޓަކު އުމުރު ދުވަހަށް ސަސްޕެންޑް ކޮށްފި

އައިއޯސީއިން މި އެތްލީޓުން ސަސްޕެންޑްކުރީ 2016 ވަނަ އަހަރު ޝާއިއުކުރި 'މެކްލަރެން ރިޕޯޓު'ގެ އަލީގަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2017 | އަންގާރަ 15:00
ސަސްޕެންޑް ކުރެވިފައިވާ ރަޝިއާގެ ބައެއް އެތްލީޓުން

ސަސްޕެންޑް ކުރެވިފައިވާ ރަޝިއާގެ ބައެއް އެތްލީޓުން

އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ރަޝިއާގެ ހަތަރު އެތްލީޓަކު އުމުރު ދުވަހަށް ސަސްޕެންޑް ކޮށްފިއެވެ.

އައިއޯސީއިން މި އެތްލީޓުން ސަސްޕެންޑް ކުރީ 2016 ވަނަ އަހަރު ޝާއިއު ކުރި 'މެކްލަރެން ރިޕޯޓު'ގެ އަލީގައެވެ. މި ރިޕޯޓުގައި ވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމަޔަށް ރަޝިއާގެ 1000އަށް ވުރެ ގިނަ އެތްލީޓުން މަނާ ބޭސް ބޭނުން ކޮށްފައިވާ ކަމަށެވެ. އަދި އޭގެތެރޭގައި އޮލިމްޕިކް މެޑަލް ހޯދާފައިވާ އެތްލީޓުން ވެސް ހިމެނޭ ކަމަށް ރިޕޯޓުގައިވެއެވެ.

އައިސޯއިން ސަސްޕެންޑްކޮށްފައި ވަނީ 2014 ވަނަ އަހަރު ރަޝިއާގެ ސޯޗީގައި ބޭއްވި ފިނި މޫސުމުގެ އޮލިމްޕިކްސްގައި އެ ގައުމު ތަމްސީލު ކުރި ފަސް އެތްލީޓެކެވެ. އެގޮތުން އައިސޯއިން ސަސްޕެންޑް ކޮށްފައިވާ އެތްލީޓުންނަކީ ސާޖީ ޗުޑިނޯވް، އެލްކްސީ ނެގޮޑައިލޯ، ޑިމިޓްރީ ޓްރަނެންކޯވް، ޔަނާ ރޮމަނޯވް އަދި އޮލްގާ ވިލްޙީނާއެވެ.

މި އެތްލީޓުންގެ ތެރެއިން ނެގޮޑައިލޯ އަދި ޓްރަނެންކޯވް ވަނީ އެފަހަރު ބޭއްވި ފިނި މޫސުމުގެ އޮލިމްޕިކްސްގައި އެ އެތްލީޓުން ބައިވެރިވި އިވެންޓްތަކުން ރަޝިއާއަށް ރަން މެޑަލް ހޯދައިދީފައެވެ. ހަމައެހެންމެ ބާކީ ތިބި ތިން އެތްލީޓުން ބައިވެރިވި އިވެންޓްތަކުން އެ އެތްލީޓުން ވަނީ ރަޝިއާއަށް ރިހި މެޑަލް ހޯދައިދީފައެވެ.

އައިސޯއިން ބުނެފައިވަނީ މިއީ އެންމެ ފަހުގެ ނިންމުން ކަމަށާއި މި ނިންމުން ބަދަލުކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ. ހަމައެހެންމެ މަނާ ބޭސް ބޭނުންކުރުމަކީ ކުޅިވަރުގެ ރޫހާއި ހިލާފު ކަމެއް ކަމަށާއި އެހެންކަމުން އެފަދަ އަމަލެއް ހިންގާފައިވާކަން ސާބިތުވުމާއި ވިދިގެން މި ފަސް އެތްލީޓުން އޮލިމްޕިކްސްއާއި ގުޅުންހުރި ހުރިހާ ކަމަކުން އުމުރު ދުވަހަށް ސަސްޕެންޑް ކުރަން ނިންމާފައިވާ ކަމަށެވެ.

އައިއޯސީއިން ތުހުމަތު ކުރާގޮތުގައި މި އެތްލީޓުން މަނާ ބޭސް ބޭނުންކުރިކަން ރަޝިއާގެ އެންޓި ޑޯޕިން އޭޖެންސީއަށް އެނގިފައިވެއެވެ. އެހެނަސް އައިއޯސީގެ ސަމާލުކަމަށް މި މައްސަލަ ގެނެސްފައިވަނީ ރަޝިއާގެ ޑޯޕިން ލެބޯޓަރީގެ ޑިރެކްޓަރެއްގެ ގޮތުގައި ހުރި ގްރިގޮރީ ރޮޑްޗެންކޯވްއެވެ.

އެހެން ނަމަވެސް ރަޝިއާގެ ސަރުކާރުގެ ފަރާތުން މި މައްސަލަ ތަހުގީގު ކުރަމުންދާ ކޮމިޓީއިން ނެރުނު ބަޔާނެއްގައި ވަނީ އެތްލީޓުންނަށް މަނާ ބޭސް ސަޕްލައި ކުރުމުގެ މަސައްކަތް ރޮޑްޗެންކޯވް ކޮށްފައިވާ ކަމަށާއި އެތްލީޓުންގެ ސަސްޕެންޝަނުގެ ފުރިހަމަ ޒިންމާ އޭނާ ނަގަން ޖޭހެނެ ކަމަށެވެ.

މީގެކުރިން ވޯލްޑް ޑޯޕިން އެޖެންސީއިން ވަނީ ރޮޑްޗެންކޯވްއަށް ރިޝްވަތު ނެގިކަމުގެ ތުހުމަތު ވެސް ކޮށްފައެވެ. އެގޮތުން އެ އިދާރާއިން ބުނެފައި ވަނީ 1400 އަށްވުރެ ގިނަ ލޭގެ ސާމްޕަލް ރޮޑްޗެންކޯވް ހަލާކު ކޮށްފަވާކަމަށާއި އަދި އެކަން ކުރުމަށް އޭނާ ރިޝްވަތު ނަގާފައިވާ ކަމަށެވެ. މޮސްކޯގެ ކޯޓަކުން އޭނާ ހައްޔަރު ކުރުމަށް 2016 ވަނަ އަހަރު އަމުރެއް ނެރުމާއި ވިދިގެން އޭނާ ވަނީ ފިލައިގެން އެމެރިކާއަށް ގޮސްފައެވެ.

ނޮވެމްބަރު އެއްވަނަ ދުވަހުން ފެށިގެން މިހާތަނަށް ރަޝިއާގެ 19 އެތްލީޓަކު ސަސްޕެންޑް ކޮށްފައިވާއިރު އެ ގައުމުން ބުނަމުން އަންނަނީ މަނާ ބޭސް ބޭނުންކުރިކަން ފޮރުވަން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާނެ ކަމަށެވެ.

ރަޝިއާގެ އެތްލީޓުންނަށް ބޮޑެތި ސަސްޕެންޝަންތައް އަންނަމުން އަންނައިރު އެ ގައުމަށް ވެސް ސަސްޕެންޝަނެއް އައުން އެކަށީގެންވެއެވެ. އެގޮތުން އަންނަ އަހަރުގެ ފެބްރުއަރީ މަހު ދެކުނު ކޮރެއާގައި ފެށުމަށް ހަމަޖެހިފައިވާ ފިނި މޫސުމުގެ އޮލިމްޕިކްސްގައި ރަޝިއާއަށް ވާދަކުރެވޭނެކަން އެގިގެން ދާނީ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހު ބާއްވާ އެ އިދާރާގެ ބައްދަލުވުމަށް ފަހުއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޕާކިސްތާން ކްރިކެޓް ޓީމުގެ ފަސް ކުޅުންތެރިއަކު ސަސްޕެންޑްކޮށްފި

ޕާކިސްތާން ކްރިކެޓް ޓީމުގެ ފަސް ކުޅުންތެރިއަކު ސަސްޕެންޑްކޮށްފި

21 މާރިޗު 2017
ޕްރިމިއާ ލީގު: އާސެނަލް ފަހަތަށް ޖައްސާލުމަށްފަހު ޔުނައިޓެޑް ފަސްވަނައަށް

ޕްރިމިއާ ލީގު: އާސެނަލް ފަހަތަށް ޖައްސާލުމަށްފަހު ޔުނައިޓެޑް ފަސްވަނައަށް

19 މާރިޗު 2017
ފަސްޕޮއިންޓްގެ ލީޑަކާއިއެކު ރެއާލް ހަމަޖެހިލައިފި

ފަސްޕޮއިންޓްގެ ލީޑަކާއިއެކު ރެއާލް ހަމަޖެހިލައިފި

19 މާރިޗު 2017
އެޗް1އެން1 އާ ގުޅިގެން އެފްއޭއެމުން ހިންގާ މުބާރާތްތައް ފަސްކޮށްފި

އެޗް1އެން1 އާ ގުޅިގެން އެފްއޭއެމުން ހިންގާ މުބާރާތްތައް ފަސްކޮށްފި

14 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017

އަހަރުތަކުން މިއަދު

10 މާރިޗު
ވައިޓް ޗީޒް ޗިކަން ލަޒާނިއާ
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ވައިޓް ޗީޒް ޗިކަން ލަޒާނިއާ

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟
20224 އަހަރު ކުރިން
ރިޕޯޓު

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!
20215 އަހަރު ކުރިން
ރިޕޯޓު

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު