Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ސްކޮޑު އެކުލަވާލުން

ދަގަނޑޭ ނުހިމަނާ އޮމާން މެޗަށް ގައުމީ ޓީމު ސްކޮޑު އެކުލަވާލައިފި

ދަގަނޑޭ ސްކޮޑަށް ނުނެގީ އަނިޔާއިން ރިކަވާނުވާތީ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 22 އޯގަސްޓު 2017 | އަންގާރަ 11:40
ގައުމީ ޓީމުގެ ފަރިތަކުރުމެއްގެ ތެރެއިން

ގައުމީ ޓީމުގެ ފަރިތަކުރުމެއްގެ ތެރެއިން

އަލީ އަޝްފާގު (ދަގަނޑޭ) ނުހިމަނާ އޭޝިއަން ކަޕް ކޮލިފައިންގައި އޮމާންއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށް ގައުމީ ޓީމުގެ ސްކޮޑު އެކުލަވާލައިފި އެވެ.

ޖުމްލަ 23 ކުޅުންތެރިންނާއެކު ގައުމީ ޓީމުގެ ސްކޮޑު އެކުލަވާލާފައިވާއިރު، ނިއުރޭޑިއަންޓްގެ 8 ކުޅުންތެރިޔަކު ހިމެނެއެވެ. މާޒިޔާގެ ހަތް ކުޅުންތެރިޔަކު ހިމެނޭއިރު، ޓީސީގެ ތިން ކުޅުންތެރިން، ގްރީން ސްޓްރީޓްގެ ދެ ކުޅުންތެރިން، ތިނަދޫގެ ދެ ކުޅުންތެރިން އަދި މިލަންދޫގެ ކުޅުންތެރިޔަކު ވެސް ހިމެނެއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރު ސްކޮޑަށް ނެގި ކުޅުންތެރިން ތެރޭގައި ދަގަނޑޭ ހިމަނާފައި ނުވަނީ އޭނާ އަށް ލިބިފައިވާ އަނިޔާއިން އަދިވެސް އެއްކޮށް ރިކަވާ ނުވާތީ އެވެ. އެގޮތުން އަންނަ އެކްޓޯބަރު މަހު ރާއްޖޭގައި އޮމާންއާ ދެކޮޅަށް ކުޅޭ މެޗަށް ދަގަނޑޭ ފިޓުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ގައުމީ ޓީމުގެ ސްކޮޑަށް ގިނަ ދުވަސްތަކެއް ފަހުން މިފަހަރު ވަނީ ނިއުގެ ރިލްވާން ވަހީދު (ރިލޭ) ނަގާފައެވެ. އޭނާގެ އިތުރުން ދެން ނިއުގެ ސްކޮޑަށް ނަގާފައިވަނީ ކީޕަރު މުހައްމަދު ފައިސަލް، މުހައްމަދު ރަޝީދު (ހޮކޭ)، އަހުމަދު އަބްދުﷲ (ލިލީ)، އަލީ ފާސިރު (ސެންޓޭ)، ހަމްޒާ މުހައްމަދު، އަކްރަމް އަބްދުލް ގަނީ އަދި އަބްދުﷲ ޒިޔަޒަން އެވެ.

މާޒިޔާ ޓީމުން ސްކޮޑަށް ނަގާފައިވަނީ އަމްދާން އަލީ (އެންޑީ)، ސަމޫހް އަލީ، އަސްހަދު އަލީ (އަޑުބަރޭ)، މުހައްމަދު އުމެއިރު، އަސަދުﷲ އަބްދުﷲ (އަސައްކޮ)، އިސްމާއިލް އީސަ (މެސީ) އަދި މުހައްމަދު އިރުފާން (އިރޭ) އެވެ. މިފަހަރު ވެސް މާޒިޔާގެ މިޑްފިލްޑަރު މުހައްމަދު އާރިފް (ބަކާ) ގައުމީ ސްކޮޑަށް ނަގާފައެއް ނުވެއެވެ.

ގްރީންގެ ސްކޮޑަށް އަހުމަދު ޝާފިއު އާއި އަހުމަދު ރަޝީދު (އައްމަޑޭ) ނަގާފައިވާއިރު، ޓީސީ ސްޕޯޓްސް ކްލަބުން ނަގާފައިވަނީ ޒާދު އަހުމަދު، ނާއިޒް ހަސަން އަދި އިބްރާހިމް ވަހީދު ހަސަން އެވެ. ތިނަދޫ އިން ނަގާފައިވަނީ އިމްރާން ރަޝީދު އަދި އަހުމަދު ރިޒުވާން އެވެ. މިލަންދޫ އިން ނަގާފައިވަނީ ކީޕަރު މުހައްމަދު އިމްރާން އެވެ.

ގައުމީ ޓިމު އޮމާންއާ ދެކޮޅަށް ކުޅޭ މެޗު އަންނަ މަހުގެ ފަސް ވަނަ ދުވަހު އޮމާންގައި އޮންނައިރު، ތަމްރީން ހެދުމަށް ގައުމީ ޓީމު މި މަހުގެ 27 ވަނަ ދުވަހު ގަތަރަށް ފުރާނެ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު