Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮންފެޑެރޭޝަން ކަޕް

ޖަރުމަނާއި ޗިލީ ސެމީއަށް

ޖަރުމަނުން ސެމީއަށް ދަތުރުކުރީ ހަތް ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ހޯދައިގެން

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 26 ޖޫން 2017 | ހޯމަ 13:56
ޖަރުމަނާއި ކެމަރޫން ބައްދަލުކުރި މެޗުގެ ތެރެއިން

ޖަރުމަނާއި ކެމަރޫން ބައްދަލުކުރި މެޗުގެ ތެރެއިން

ކޮންފެޑެރޭޝަން ކަޕް ފުޓުބޯޅަ މުބާރާތުގެ ސެމީފައިނަލަށް ޗިލީ އަދި ދުނިޔޭގެ ޗެމްޕިއަން ޖަރުމަނު ދަތުރުކޮށްފިއެވެ.

ދުނިޔޭގެ ޗެމްޕިއަން ޖަރުމަނުން ސެމީގެ ޖާގައެއް ހޯދީ ގުރޫޕް ސްޓޭޖުގައި އާދީއްތަ ދުވަހުގެ ރޭ ކެމަރޫން އާއި ދެކޮޅަށް ކުޅުނު މެޗް 3-1 އިން ކާމިޔާބުކޮށް ހަތް ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނަގާފައި ވަނީވެސް ޖަރުމަނުންނެވެ. 48 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެރަމް ޑެމިރްބޭ އެވެ. މެޗުގައި ޗިލީއަށް މައްސަލަ ކުރިމަތިވީ 64 ވަނަ މިނެޓުގައި އެޓީމްގެ މަބޫކާއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. އޭގެ ބޭނުން ހިފައި ޖަރުމަނުން ވަނީ އިތުރު ލަނޑެއްޖަހާ ލީޑު ފުޅާކޮށްފައެވެ. މި ދެލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ޓިމޯ ވާނާއެވެ. ފުރަތަމަ ލަނޑު 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިންއިރު ދެވަނަ ލަނޑު އޭނާ ކާމިޔާބުކުރީ 81 ވަނަ މިނެޓުގައެވެ. ކެމަރޫންއަށް މެޗުގައި ސުން ކަނޑުވާލީ 78 ވަނަ މިނެޓުގައި ވިންސެޓް އަބޫބަކާއެވެ.

ސެމީފައިނަލުގެ ފަހު ޖާގަ ޗިލީއިން ކަށަވަރުކުރީ އާދީއްތަ ދުވަހުގެރޭ އޮސްޓްރޭލިއާ އާއި ދެކޮޅަށް ކުޅުނު ގުރޫޕުގެ ފަހު މެޗު 1-1 އިން އެއްވަރުވެ ޗިލީއަށް ގުރޫޕުގެ ދެވަނަ ލިބުމުންނެވެ.

ޗިލީ އާއި އޮސްޓްރޭލިއާ ބައްދަލުކުރި މެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. އެގޮތުން މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ އޮސްޓްރޭލިއާ އިންނެވެ. މި ލަނޑު 42 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޖޭމްސް ޓްރޮއިސީއެވެ. ފުރަތަމަ ހާފު ނިމުނުއިރުވެސް އޮސްޓްރޭލިއާ އޮތީ ލީޑުގައެވެ. ނަމަވެސް ދެވަނަ ހާފުގައި ޗިލީއިން ވަނީ ކުޅުން ވަރުގަދަކޮށް ނަތީޖާ ހަމަހަމަ ކޮށްފައެވެ. 68 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާޓިން ރޮޑްރިގޭޒް އެވެ.

ސެމީފައިނަލުގެ ފުރަތަމަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ޖަރުމަނުން ނިކުންނާނީ ގުރޫޕް އޭގެ ދެވަނަ ހޯދައިގެން ސެމީއަށް ދަތުރުކުރި މެކްސިކޯއާ ދެކޮޅަށެވެ. ސެމީގެ ދެވަނަ މެޗުގައި ޕޯޗުގަލް އާއި ޗިލީ ބައްދަލުކުރާނީ އަންނަ ބުދަ ދުވަހުއެވެ. ޕޯޗުގަލް އިން ސެމީއަށް ދަތުރުކުރީ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ސަރަހައްދީ މުބާރާތްތަކުގެ ޗެމްޕިއަނުންނާއި ދުނިޔޭގެ ޗެމްޕިއަން އަދި މުބާރާތް ބާއްވާ ގައުމުގެ މެދުގައި ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ބްރެޒިލްއެވެ. މި މުބާރާތް ބާއްވަމުން އަންނަނީ ފީފާ ވޯލްޑްކަޕް ބޭއްވުމުގެ ކުރިން ވޯލްޑްކަޕް ބާއްވާ ގައުމެއްގައެވެ. އެގޮތުން މިފަހަރުގެ މުބާރާތް ބާއްވަނީ ރަޝިއާގައެވެ.

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: ބާސާ އަށް ލަނޑުދީ އެޓީމު ކަޓުވާލުމަށްފަހު ޔުވަންޓަސް ސެމީއަށް

20 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: ބާސާ އަށް ލަނޑުދީ އެޓީމު ކަޓުވާލުމަށްފަހު ޔުވަންޓަސް ސެމީއަށް
19 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: ފުރަތަމަ ލެގުގެ ފައިދާ ނަގާ ލެސްޓާ ކަޓުވާލުމަށްފަހު އެޓްލެޓިކޯ ސެމީއަށް

19 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: ފުރަތަމަ ލެގުގެ ފައިދާ ނަގާ ލެސްޓާ ކަޓުވާލުމަށްފަހު އެޓްލެޓިކޯ ސެމީއަށް
19 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: އެންޗެލޮޓީ އަށް ރޮނާލްޑޯ ނުހިފެހެއްޓި، ބަޔާން ކަޓައި ރެއާލް ސެމީއަށް

19 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: އެންޗެލޮޓީ އަށް ރޮނާލްޑޯ ނުހިފެހެއްޓި، ބަޔާން ކަޓައި ރެއާލް ސެމީއަށް
09 އެޕްރީލު 2017

ޑޭވިސްކަޕް: އެމެރިކާ ބަލިކޮށް އޮސްޓްރެލިއާ ސެމީއަށް

09 އެޕްރީލު 2017
ޑޭވިސްކަޕް: އެމެރިކާ ބަލިކޮށް އޮސްޓްރެލިއާ ސެމީއަށް
14 މާރިޗު 2017

އެފްއޭކަޕް: ޗެމްޕިއަން ޔުނައިޓެޑް ބަލިކޮށް ޗެލްސީ ސެމީއަށް

14 މާރިޗު 2017
އެފްއޭކަޕް: ޗެމްޕިއަން ޔުނައިޓެޑް ބަލިކޮށް ޗެލްސީ ސެމީއަށް
23 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް

23 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް
20 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް

20 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް
30 ޖެނުއަރީ 2017

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު