Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭސީ މިލާން

އޭސީ މިލާންގެ ކޯޗުކަށް ގަޓޫސޯ ހަމަޖައްސައިފި

މޮންޓެލާ އެ މަގާމާއި ހަވާލުވީ މިދިޔަ އަހަރުގެ ޖޫން މަހު

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 27 ނޮވެމްބަރު 2017 | ހޯމަ 11:47
މިލާންގެ ކުރީގެ ކޯޗު މޮންޓެލާ (ކ) އަދި ކޯޗުކަމުގެ މަގާމާއި ހަވާލުވި (ގަޓޫސޯ)

މިލާންގެ ކުރީގެ ކޯޗު މޮންޓެލާ (ކ) އަދި ކޯޗުކަމުގެ މަގާމާއި ހަވާލުވި (ގަޓޫސޯ)

އޭސީ މިލާންގެ ކޯޗުގެ މަގާމުގައި ހުރި ވިންސެންޒޯ މޮންޓެލާ ވަކިކޮށް އެ މަގާމަށް ޖެނާރޯ ގަޓޫސޯ ހަމަޖައްސައިފިއެވެ.

މިލާންގެ ކޯޗުކަމުގެ މަގާމާއި މިދިޔަ އަހަރުގެ ޖޫން މަހު ހަވާލުވި މޮންޓެލާ އެ މަގާމުން ވަކިކުރިކަން މިލާންއިން އިއުލާނު ކޮށްފައިވަނީ އެ ކްލަބުގެ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓަކުންނެވެ. އެގޮތުން އެ ޓްވީޓުގައި ވަނީ އެ ކްލަބުގެ ކޯޗުގެ މަގާމުން މޮންޓެލާ ވަކިކޮށްފައިވާ ކަމަށާއި އެ މަގާމުގެ ހުރިހާ ޒިންމާތަކެއް އެ ކްލަބުގެ ޒުވާން ޓީމުގެ ކޯޗުގެ ގޮތުގައި ހުރި ޖެނާރޯ ގަޓޫސޯއާއި ހަވާލުކޮށްފައިވާ ކަމަށެވެ. މި ޓްވީޓުގައި މިލާންއިން ވަނީ މޮންޓެލާއަށް ހެޔޮ މުސްތަގުބަލަކަށް އެދިފައެވެ.

މޮންޓެލާއަށް މިލާނުގެ ކޯޗުގެ މަގާމު ދީފައިވަނީ އެ ކްލަބު އަލުން އަނބުރާ އިޓަލީއާއި ޔޫރަޕުގެ ގަދަ ބާރަކަށް ހެދުމުގެ އުއްމީދުގައެވެ. އޭނާއަށް އެ އަމާޒަށް ވާސިލުވުމަށް އެހީތެރިވެދިނުމުގެ ގޮތުން އެ ކްލަބުންވަނީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި އައު 10 ކުޅުންތެރިން ގެނެސްފައެވެ. މުޅި ޖުމްލަ 180 މިލިއަން ޔޫރޯއަށްވުރެ ގިނައިން އެ ޓީމުން ހަރަދުކުރި ނަމަވެސް މޮންޓެލާގެ އިރުޝާދުގެ ދަށުން މިލާންއަށް މާ އެދެވޭ ނަތީޖާތަކެއް ހޯދިފައެއް ނުވެއެވެ.

މިވަގުތު މިލާން އޮތީ އިޓާލިއަން ސެރީއޭގެ އެއްވަނައިގައި އޮތް ނަޕޯލީއަށްވުރެ 18 ޕޮއިންޓް ފަހަތުގައެވެ. އެގޮތުން މޮންޓެލާގެ އިރުޝާދުގެ ދަށުން އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން މިލާން މޮޅުވެފައިވަނީ އެންމެ ދެ މެޗުންނެވެ. އެ ޓީމު އޮތީ ކުޅުނު 14 މެޗުން ލިބުނު 20 ޕޮއިންޓާއެކު ތާވަލުގެ ހަތް ވަނައިގައެވެ.

ކޯޗުކަމުގެ މަގާމުން އޭނާ ވަކިކުރުމުގެ ގަޑިއިރުތަކެއް ކުރިން މޮންޓެލާ ދިން އިންޓަވިއުއެއްގައި އޭނާ ބުނީ އަދިވެސް ލީގު ކާމިޔާބު ކުރެވޭނެކަމުގެ އުއްމީދު އެބައޮތް ކަމަށާއި ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެންނަމުންދާ ކަމަށެވެ.

މިލާންގެ ކޯޗުކަމުގެ ޒިންމާތައް ގަޓޫސޯއާއި ހަވާލުކޮށްފައިވާއިރު އޭނާއަކީ އެ ކްލަބުގައި ކާމިޔާބު ދުވަސްތަކެއް ވޭތުކުރި ކުޅުންތެރިޔެކެވެ. މިލާންއަށް 387 މެޗު ކުޅެދީފައިވާ ގަޓޫސޯ ވަނީ އެ ކްލަބާއެކު ދެ ޔުއެފާ ޗެމްޕިއަންސް ލީގާއި ދެ ޔުއެފާ ސުޕާކަޕް އަދި ދެ އިޓާލިއަން ސެރީއޭގެ އިތުރުން ދެ ކޮޕާ އިޓާލިއާ ކާމިޔާބުކޮށްފައެވެ. އިޓަލީގެ ގައުމީ ޓީމާއެކު 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ގަޓޫސޯ މީގެކުރިން އެއްވަނަ ޑިވިޝަނުގެ ޓީމަކަށް ކޯޗުކަން ކޮށްދީފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި

ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި

30 މެއި 2017
އެމްއާރްޑީސީއާ އެމްއޭސީއެލް ސެމީއަށް

އެމްއާރްޑީސީއާ އެމްއޭސީއެލް ސެމީއަށް

02 މެއި 2017
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި

03 އެޕްރީލު 2017
ޗެލްސީގެ ކޮންޓޭ އަށް އިންޓަމިލާންގެ ބޮޑު ހުށަހެޅުމެއް

ޗެލްސީގެ ކޮންޓޭ އަށް އިންޓަމިލާންގެ ބޮޑު ހުށަހެޅުމެއް

18 މާރިޗު 2017
އިޓާލިއަން ލީގު: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް

އިޓާލިއަން ލީގު: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް

11 މާރިޗު 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު