Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސީރިއާގެ ސުލްޙައިގެ ވާހަކަތައް

ސީރިއާގެ ޞުލްޙައިގެ މަޝްވަރާތަކުގެ އިދިކޮޅު މަންދޫބަކަށް ނަޞްރު އަލް-ހަރީރީ ހަމަޖައްސައިފި

މަޝްވަރާގެ މޭޒުދޮށުގައި ހުރިހާ މައްސަލައަކާއިމެދު ވާހަކަ ދެއްކުމަށް އިދިކޮޅު ފަރާތްތަކުން ތައްޔާރަށް އޮތް ކަމަށް ނަޞްރު އަލް-ހަރީރީ ވިދާޅުވި

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 25 ނޮވެމްބަރު 2017 | ހޮނިހިރު 04:03
ޞުލްޙައިގެ މަޝްވަރާތަކުގައި ބައިވެރިވާ ސީރިއާގެ އިދިކޮޅު ފަރާތްތަކުގެ އިސް މަންދޫބު ނަޞްރު އަލް-ހަރީރީ

ޞުލްޙައިގެ މަޝްވަރާތަކުގައި ބައިވެރިވާ ސީރިއާގެ އިދިކޮޅު ފަރާތްތަކުގެ އިސް މަންދޫބު ނަޞްރު އަލް-ހަރީރީ

ސީރިއާގެ ސަރުކާރާއެކު ބާއްވާ ޞުލްޙައިގެ މަޝްވަރާތަކުގައި ބައިވެރިވާ އިދިކޮޅު ފަރާތްތަކުގެ އައު މަންދޫބަކަށް ނަޞްރު އަލް-ހަރީރީ ހަމަޖައްސައިފި އެވެ.

އދ. އިން އިސްނަގައިގެން ބާއްވާ މިމަޝްވަރާތައް ފެށުމަށް ތާވަލްކޮށްފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ. މަޝްވަރާތައް ބޭއްވުމަށް ނިންމާފައިވަނީ ސްވިޓްޒަލެންޑްގެ ޖެނީވާގައެވެ.

ޞުލްޙައިގެ މަޝްވަރާތަކުގައި ބައިވެރިވާ އިދިކޮޅު ފަރާތްތަކުގެ މަންދޫބަކަށް ނަޞްރު އަލް-ހަރީރީ ހަމަޖެއްސެވިކަން އިޢުލާން ކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ ރިޔާދުގައި ބޭއްވި ސީރިއާގެ އިދިކޮޅު ފަރާތްތަކުގެ ސަމިޓުގެ ތެރޭގައެވެ.

ނަޞްރު އަލް-ހަރީރީ ވަނީ މަޝްވަރާގެ މޭޒުދޮށުގައި ހުރިހާ މައްސަލައަކާއިމެދު ވާހަކަ ދެއްކުމަށް އިދިކޮޅު ފަރާތްތަކުން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ.

ނަޞްރު އަލް-ހަރީރީގެ އިތުރުން ޞުލްޙައިގެ މަޝްވަރާތަކުގައި ބައިވެރިވާ އިދިކޮޅު ފަރާތްތަކުގެ ވަފްދުގައި ދެން ހިމެނެނީ ޖަމާލް ސުލެއިމާން، ޚާލިދު އަލް-މަހާމިދު އަދި ހަނާދީ އަބޫ ޔަރޫބް ކަމަށް އަލްއަރަބިއްޔާ އިން ރިޕޯޓް ކޮށްފައިވެއެވެ.

ސީރިއާގެ އިދިކޮޅު ފަރާތްތަކުން ޞުލްޙައިގެ މަޝްވަރާތަކަށް ފެހި ސިގްނަލެއް ދީފައިވަނީ، އިންތިގާލީ މުއްދަތުގައި ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ދައުރެއް އޮވެގެން ނުވާނެ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ކޮށްފައިވާ ޑިމާންޑް ތަކުރާރު ކުރިތާ އެއް ދުވަސްވެސް ނުވަނީހެވެ. ސީރިއާގެ ހަނގުރާމާގައި ބައްޝާރުގެ ފައުޖުތަކުން ހޯދާފައިވާ ކުރިއެރުންތަކާއި ގުޅިގެން، އިދިކޮޅު ފަރާތްތަކުގެ ވިސްނުން ބަދަލުކުރާނެ ކަމަށް ކުރިންވެސް އޮތީ ބެލެވިފައެވެ.

ސީރިއާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ރަޝިއާ އިން ވަދެފައިވާތާ ދެ އަހަރު ވެފައިވާއިރު، ރަޝިއާގެ އަސްކަރިއްޔާގެ ފައުޖުތަކުގެ އެހީތެރިކަމާއެކު ސީރިއާގެ ސަރުކާރުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން، ހަނގުރާމައިގެ ކުރީކޮޅު ސަރުކާރަށް ގެއްލުނު ގިނަ ސަރަޙައްދުތަކެއް ވަނީ، ސަރުކާރުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.

ނަޞްރު އަލް-ހަރީރީގެ ބަދަލުގައި ކުރިން ބޭއްވި ހަޔަރ ނެގޯސިއޭޝަންސް ކޮމިޓީ (އެޗްއެންސީ) ގެ ބައްދަލުވުންތަކުގައި މީގެ ކުރިން ބައިވެރިވެފައިވަނީ ރިޔާދު ހިޖާބެވެ. ހިޖާބް ވަނީ، މަޝްވަރާތަކުގައި ބައްޝާރުލް އަސަދުގެ ސަރުކާރަށް ފައިދާވާފަދަ ނިންމުންތަކަށް ދޫދިނުމަށް އެޗްއެންސީ އިން ބާރުއަޅާ ކަމަށް ބުނެ، އެމަގާމުން މިހަފްތާގެ ތެރޭގައި އިސްތިއުފާ ދެއްވާފައެވެ.

ޖެނީވާގައި ބާއްވާ ޞުލްޙައިގެ މަޝްވަރާތަކަށް ތައްޔާރުވުމުގެ ގޮތުން އދ.ގެ މަންދޫބު ސްޓެފަން ޑި މިސްތޫރާ ވަނީ ރަޝިއާގެ ޚާރިޖީ ވަޒީރު ސަރްގޭ ލެވްރޯފާއި ހުކުރު ދުވަހު ބައްދަލު ކުރައްވާފައެވެ. ލަވްރޯފްވެސް ވަނީ، ސީރިއާގެ އިދިކޮޅު ފަރާތްތައް އެއްބައިވަންތަ ކުރުމަށް ސައުދީ އަރަބިއްޔާ އާއެކު ރަޝިއާ އިން މަސައްކަތް ކުރަމުންދާ ކަން ހާމަކޮށްފައެވެ.

ހުޅަނގާއި އަރަބި ބައެއް ގައުމުތަކުގެ މަދަދު ލިބިފައިވާ ސީރިއާގެ އިދިކޮޅު ފަރާތްތަކުން ގިނަ އަހަރުތަކެއް ވަންދެން ވަނީ، ސީރިއާގެ ރައީސް ބައްޝާރުލް އަސަދު އިސްތިއުފާ ދިނުމަށް ޑިމާންޑްކޮށްފައެވެ. އެހެންނަމަވެސް، ސީރިއާ ހަނގުރާމައިގެ ތެރެއަށް ރަޝިއާ ވަން ފަހުން ހަނގުރާމައިގެ މައިދާނުގައި އިދިކޮޅު ފަރާތްތަކަށް ކުރިލިބޭނެ މަގެއް ނެތް ކަން ވަނީ ސާފުވެފައެވެ.

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ، ސީރިއާގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ގުޅިގެން ސީރިއާގެ ކުރިމަގާއިމެދު މަސައްކަތް ކުރާނެ އޮނިގަނޑެއް އެކުލަވާލުމުގެ މަޝްވަރާތައް ފެށުމަށް ގޮވާލާފައެވެ. މީގެ އިތުރުން ދެ ފަރާތް ބައިވެރިވެގެން ސީރިއާގެ އައު ގާނޫނު އަސާސީ އެކުލަވާލުމާއި، އދ.ގެ ބެލުމުގެ ދަށުން އައު އިންތިޚާބެއް ބޭއްވުމަށްވެސް ޕޫޓިން ގޮވާލާފައިވެއެވެ.

އދި ސީރިއާގެ މައްސަލައަށް ސިޔާސީ ޙައްލެއް ހޯދޭނީ، އދ.ގެ ބެލުމުގެ ދަށުން ޖެނީވާގައި ކުރިއަށްދާ ޞުލްޙައިގެ މަޝްވަރާތަކުގެ މަރުޙަލާގެ ތެރެއިން ކަމަށް ޕޫޓީން ވިދާޅުވި އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި

ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި

13 ޖޫން 2017
އީރާނު ބައްސާ އެއްބަސްވުމެއް ބޭނުމެއް ނޫން: ސީރިއާގެ އިދިކޮޅުފަރާތްތައް

އީރާނު ބައްސާ އެއްބަސްވުމެއް ބޭނުމެއް ނޫން: ސީރިއާގެ އިދިކޮޅުފަރާތްތައް

05 މެއި 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ވެނުޒުއޭލާގެ އިދިކޮޅު ފަރާތްތައް މަގުމައްޗަށް

ވެނުޒުއޭލާގެ އިދިކޮޅު ފަރާތްތައް މަގުމައްޗަށް

09 އެޕްރީލު 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު