Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕާކިސްތާން

އިމްރާން ޚާން ސަރުކާރު އެކުލަވާލަނީ! ޕާކިސްތާނުގެ ކުރިމަގު އޮތީ ކިހިނެއްބާ؟

30 ޖުލައި 2018 | ހޯމަ 18:34

އިމްރާން ޚާން އޯގަސްޓް 11 ގައި ބޮޑު ވަޒީރު ކަމުގެ ހުވާކުރައްވަނީ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 30 ޖުލައި 2018 | ހޯމަ 18:34
އާއްމު އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ހޯއްދެވި އިމްރާން ޚާން

އާއްމު އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ހޯއްދެވި އިމްރާން ޚާން

ޕާކިސްތާނު ދުނިޔޭގެ މީޑީއާތަކުގެ ސުރުހީ އަށް އަރަނީ ކޮންމެވެސް ގޯސް ސަބަބަކާ ހެދިއެވެ. މިސާލަކަށް ޖާނުންފިދާވެގެން ހަމަލާއެއް ދިނުމެވެ. ސްކޫލެއްގައި ބަޔަކު މަރާލުމުގެ ކޮންމެވެސް ހާދިސާއެކެވެ. ޕާކިސްތާނުގެ އެކި ހަނގުރާމަވެރި ޖަމާއަތްތައް ހަރަކާތްތެރިވާ ވާހަކައެވެ. މިފަދަ ކޮންމެވެސް އެއް ސަބަބެއް އަބަދުވެސް ދިމާވެ ޕާކިސްތާނު އޮންނަނީ ގޯސް ސަބަބުތަކަކަށްޓަކައި މީޑިއާގެ ފަލަ ސުރުހީން ޖާގަ ހޯދާފައެވެ.

މި ޖުލައި މަހު 25 ވަނަ ދުވަހު ޕާކިސްތާނުގައި އާއްމު އިންތިޚާބެއް ބާއްވައިފިއެވެ. ވޯޓު ލުމުގެ ކުރިން ވެސް ހަމަނުޖެހުމާއި، ހިޔާނާތުގެ ސަބަބުން ކެމްޕެއިނަށް ހިޔަނި އެޅިފައިވާއިރު، ޕާކިސްތާނުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައި ވަނީ ވޯޓަށް ނުފޫޒު ފޯރުވުމަށް "ފާޅުކަން ބޮޑު ގޮތެއްގައި" މަސައްކަތް ކުރެވިފައިވާ ކަމަށެވެ. ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށާއި އަދި ހަތަރު ޕްރޮވިންޝަލް ގާނޫނު ހަދާ މަޖިލީހަކަށް މެމްބަރުން ހޮވުމަށް އާއްމު އިންތިޚާބު ބޭއްވިއިރު، އިންތިޚާބު ބޭއްވުނު ދުވަހު ބޮމެއް ގޮއްވާލާ 31 މީހަކު މަރާލިއެވެ.

ކޮންމެއަކަސް އިންތިޚާބުގެ ނަތީޖާއަށް ބަލާލަމާތޯއެވެ. މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާންޚާންގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި)އަށް 116 ގޮނޑި ލިބިފައިވެއެވެ. އިންތިޚާބުގައި އަގުލަބިއްޔަތު ހޯއްދެވިއެވެ. އެހެނަސް މިއީ ސަރުކާރެއް އެކުލަވާލެވޭނެ އަގުލަބިއްޔަތެއް ނޫނެވެ. ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތެއް ހޯދައި އެއް ޕާޓީ އަކުން ސަރުކާރެއް އެކުލަވާލުމަށްޓަކައި 137 ގޮނޑި ބޭނުންވެއެވެ. ރިޕޯޓުތައް ބުނާގޮތުން އިމްރާން ޚާން ގެންދަވަނީ ކޯލިޝަން ސަރުކާރެއް އުފެއްދުމަށްޓަކައި ކުޑަ ޕާޓީތަކާ މަޝްވަރާ ކުރައްވަން މަސައްކަތްޕުޅު ކުރައްވަމުން ކަަމަށް ރިޕޯޓުތައް ބުނެއެވެ. އިމްރާން ޚާންގެ ޕީޓީއައި އާ އެންމެ ގާތުން ވާދަކުރެއްވި، މަގާމުން ދުރުކުރެވިފައިވާ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ޕީއެމްއެލް-އެން ޕާޓީ ލިބިފައި ވަނީ 66 ގޮނޑިއެވެ. ޕާކިސްތާން ޕީޕަލްސް ޕާޓީ އަށް ލިބިފައި ވަނީ 43 ގޮނޑިއެވެ.

އިންތިޚާބާ ބެހޭގޮތުން އިމްރާން ޚާން އާ ވާދަވެރި ޕާޓީތަކުން ބުނަނީ ކީކޭތޯއެވެ. ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ޕީއެމްއެލް-އެން ޕާޓީ އިން ބުނެފައި ވަނީ އިންތިޚާބުގައި ވޯޓު އޮޅުވާލުމުގެ ކަންކަން ހިނގާފައިވާ ކަމަށެވެ. އެހެން ނަމަވެސް ނަވާޒް ޝަރީފްގެ ޕީއެމްއެލް-އެން ޕާޓީ އިން ބުނެފައި ވަނީ އެކުލަވާލާގާނޫނު ހަދާ އާ މަޖިލިސް އެމަނިކުފާނު ގަބޫލުފުޅު ކުރައްވާނެ ކަމަށާއި އެހެން ނަމަވެސް އިންތިޚާބުގެ ނަތީޖާއާ މެދު ރިޒަވޭޝަންތަކެއް އެބަހުރި ކަމަށެވެ. ގައުމުގެ ޑިމޮކްރަސީއަށްޓަކައި އާއްމު އިންތިޚާބުގެ ނަތީޖާ ގަބޫލުކުރާނެ ކަަމަށް ޕީއެމްއެލް-އެން ޕާޓީ އިން ބުނެއެވެ. އެހެން ނަމަވެސް ތަފާތު ވާހަކައެއް 29 ޖުލައި ވީ އާދީއްތަ ދުވަހު އަޑުއިވިގެންދިޔައެވެ. އެގޮތުން އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ގެ ޕީއެމްއެލް-އެން ޕާޓީ އިން ބުނެފައި ވަނީ އާއްމު އިންތިޚާބުގައި ހިނގި ވޯޓު އޮޅުވާލުންތަކެއް ހިނގާފައިވާތީވެ ޝަރުއީ ދާއިރާ އިން އެކަން ތަހުގީގު ކުރަން ޖެހޭ ކަމަށެެވެ.

ކޮންމެއަަކަސް އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުން އިންތިޚާބުގައި އެންމެ ބޮޑު ކާމިޔާބެއް ހޯއްދެވި އިމްރާން ޚާން އަންނަ އޯގަސްޓް 11 ގައި ބޮޑު ވަޒީރު ކަމުގެ ހުވާ ކުރައްވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެމަނިކުފާނަށް ބޮޑެތި ގޮންޖެހުންތައް އެބަހުއްޓެެވެ. އެގޮތުން އިގްތިސާދު ކޮޅަށްޖެހުމުގެ ބުރަ މަސައްކަތާއި، އަސްކަރިއްޔާގެ ނުފޫޒު ގައުމުގެ ކަންކަމުގައި ގަދަވަމުން ދިޔުމާއި އަދި ހީނަރުވެފައިވާ ޕާކިސްތާނާއި އެމެރިކާގެ ގުޅުން ރަނގަޅު ކުރެއްވުމުގެ ބުރަ މަސައްކަތްޕުޅު ހިމެނެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

14 ޖޫން 2017

ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

14 ޖޫން 2017
ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!
12 މެއި 2017

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

12 މެއި 2017
ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!
04 މެއި 2017

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!
23 އެޕްރީލު 2017

ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

23 އެޕްރީލު 2017
ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"
21 އެޕްރީލު 2017

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017
ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟
11 އެޕްރީލު 2017

އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

11 އެޕްރީލު 2017
އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!
23 މާރިޗު 2017

ސަރުކާރު މަރަށް ތެޅެނީތަ؟

23 މާރިޗު 2017
ސަރުކާރު މަރަށް ތެޅެނީތަ؟
14 ފެބުރުއަރީ 2017

ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!

14 ފެބުރުއަރީ 2017
ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!
29 ޖެނުއަރީ 2017

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟

29 ޖެނުއަރީ 2017
ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟
20 ޖެނުއަރީ 2017

ގާނޫނާ ހިލާފަށް ސަރުކާރުގެ ކުންފުނިތަކުން ޑޮލަރުގެ ވިޔަފާރި ކުރުމާއި ވައްކަން ކުރުން!

20 ޖެނުއަރީ 2017
ގާނޫނާ ހިލާފަށް ސަރުކާރުގެ ކުންފުނިތަކުން ޑޮލަރުގެ ވިޔަފާރި ކުރުމާއި ވައްކަން ކުރުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް