Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ނުރަސްމީ ގަޑި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

މަސް މާރުކޭޓްގައި މަސައްކަތް ކުރީ ރާއްޖެޓީވީގެ ޕްރޮގްރާމެއްގެ ތެރެއިން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 18 އެޕްރީލު 2018 | ބުދަ 18:29
މަސްމާރުކޭޓްގައި އަލީ ހުސެއިން މަސް ކަނޑަނީ

މަސްމާރުކޭޓްގައި އަލީ ހުސެއިން މަސް ކަނޑަނީ

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން މަސް މާރުކޭޓްގައި މަސްކަޑާ މީހެއްގެ ގޮތުގައި މަސައްކަތް ކުރާ ފޮޓޯތަކެއް ސޯސަލް މީޑިއާގައި ދަނީ ދައުރުވަމުނެވެ. ގިނަ ބަޔަކު ދަނީ އެކަން ތަފާތު ގޮތަކަށް އެކަން ސިފަ ކުރަމުނެވެ. ބައެއް މީޑިއާތަކުން އެކަން ސިފަ ކޮށްފައި ވަނީ ރައްޔިތުންގެ ސަމާލުކަން ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސެއިން ކުރެއްވި ކަމެއް ގޮތުގައެވެ. ކަމުގެ ހަގީގަތް ވެސް ބެލުމެއް ނެތި ބޮޑެތި ރިޕޯޓްތައް ވަނީ ގެނެސްފައެވެ. އެކަމާ ގުޅޭ ގޮތުން އަލީ ހުސެއިން އެއްވެސް ކޮމެންޓެއް ނުކުރުމުން ގިނަ ބަޔަކު އިތުރު ސުވާލުތަކެއް ކުރިމަތި ކުރުވިއެވެ. އަލީ ހުސެއިން މަސްމާރުކޭޓްގައި މަސްކަނޑާ މީހެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހެންވީ ކީއްވެގެން ތޯއެވެ؟ ސުވާލުގެ ޖަވާބަކީ އެހާ އުނދަގޫ ޖަވާބެއް ނޫނެވެ. އެއީ ރާއްޖެޓީވީ ރަމަޟާން މަހު ގެނެސްދޭ "ނުރަސްމީ ގަޑި" ޕްރޮގާރްމާގެ މަންޒަރަކަށެވެ. "ނުރަސްމީ ގަޑި" ޕްރޮގްރާމްގައި އަލީ ހުސެއިންއާ ޕްރޮގްރާމުން ހަވާލުކުރި މަސައްކަތަކީ މަސް މާރުކޭޓްގައި މަސްކަނޑާ މީހެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ. އެއީ އެ ޕްރޮގްރާމްގެ ޓާސްކެކެވެ.

ނުރަސްމީ ގަޑީގައި އަލީ ހުސެއިން މަސްކަނޑަނީ

"ނުރަސްމީ ގަޑި" ޕްރޮގްރާމަކީ އާންމުންގެ މެދުގައި މަގްބޫލް ބޭފުޅުންގެ ރަސްމީ ގަޑި ނިމުމުން ނުރަސްމީ ގަޑީގައި ކުރާ ކަންކަން ގެނެސްދޭ ޕްރޮގްރާމެކެވެ. ޕްރޮގްރާމްގައި މެހުމާންގެ ހަޔާތާ ގުޅޭ ގޮތުން އާއިލާ މެމްބަރުން ދީފައިވާ އިންޓަރވިއުތަކުން އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެވެ. ނުރަސްމީ ގަޑީގައި ޕްރޮގްރާމްގެ މެހުމާނުންނަށް މަސައްކަތެއް ހަވާލުކުރެއެވެ. އެކަން ވަނީ ޗެލެންޖަކަށެވެ. މީގެ ކުރީގެ ރޯދަ މަސްތަކުގައި ވެސް ތަފާތު އެކި ފަރާތްތަކުގެ ހަޔާތާ ގުޅޭ ވާހަކަތައް "ނުރަސްމީ ގަޑި" ޕްރޮގްރާމްގައި ވަނީ ގެނެސްދީފައެވެ.

ރަމަޟާން މަހު ގެނެސްދޭ "ނުރަސްމީ ގަޑި" ޕްރޮގްރާމްގެ މެހުމާނެންގެ ގޮތުގައި ވަލީކް އަލީ ހުސެއިން ބައިވެރިވާއިރު، އަލީއާ ހަވާލުކުރި މަސައްކަތަކީ މަސް މާރުކޭޓްގައި މަސް ކަނޑާ މީހެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ. އެވަގުތު އަލީ ހުސެއިން މަސައްކަތް ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައެއް ނޫނެވެ. "ކެންދޫ އައްޔަ"ގެ ގޮތުގައެވެ.

ނުރަސްމީ ގަޑީގައި އަލީ ހުސެއިން މަސްކަނޑަނީ

"ނުރަސްމީ ގަޑި" ޕްރޮގްރާމްގެ ސޫޓިން ކުރިއަށްދާއިރު، ކުރިއަށް ދުވަސްތަކުގައި ތަފާތު ފޮޓޯތައް ދައުރުވާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، މަގުބޫލް ބޭފުޅުން "ނުރަސްމީ ގަނޑި" ޕްރޮގްރާމްގައި އެބޭފުޅުން ރަސްމީ ގަޑީގައި ކުރާ މަސައްކަތް ނޫން އެހެން ކޮންމެވެސް މަސައްކަތެއްގައި އަމަލީ ގޮތުން ހަރަކާތްތެރިވާ މަންޒަރުތަކެވެ.

"ނުރަސްމީ ގަޑި" ޕްރޮގްރާމަކީ ބެލުންތެރި މަގްބޫލްކަން ހޯދާފައިވާ ޕްރޮގްރާމެކެވެ. ވޭތެވެދިޔަ ދެ އަހަރުގެ ރަމަޟާން މަހު މި ޕްރޮގްރާމް ގެނެސް ދީފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އާންމުންގެ މެދުގައި މަގްބޫލް އެކި ބޭފުޅުން ވަނީ ތަފަތު މަސައްކަތް ކުރައްވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް މާރުކޭޓް ގޮޅިއެއްގައި މަސައްކަތް ކުރައްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒު ވަނީ ކަންމަތީ ފިހާރައެއްގެ ސޭޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މުހައްމަދު އަލީ: 20 ވަނަ ގަރުނުގެ އެންމެ ވަރުގަދަ ޝަހްސިއްޔަތު

މުހައްމަދު އަލީ: 20 ވަނަ ގަރުނުގެ އެންމެ ވަރުގަދަ ޝަހްސިއްޔަތު

08 ޖެނުއަރީ 2018
ސުނާމީގައި ހާލުގައި ޖެހުނު ކަނދޮޅުދޫ ރައްޔިތުން: މިއަދު ދުވާފަރުގެ ދަންޑެހެލުން!

ސުނާމީގައި ހާލުގައި ޖެހުނު ކަނދޮޅުދޫ ރައްޔިތުން: މިއަދު ދުވާފަރުގެ ދަންޑެހެލުން!

26 ޑިސެމްބަރު 2017
ޖެރޫސަލަމް އިޒްރޭލްގެ ވެރިރަށަށް ނުވާނެ ސަބަބު

ޖެރޫސަލަމް އިޒްރޭލްގެ ވެރިރަށަށް ނުވާނެ ސަބަބު

18 ޑިސެމްބަރު 2017
ސައޫދީން ބުނާއިރަށް ގަތަރާއި ގުޅުން ކަނޑާލި ސަބަބު މިހަމާވަނީ؟!

ސައޫދީން ބުނާއިރަށް ގަތަރާއި ގުޅުން ކަނޑާލި ސަބަބު މިހަމާވަނީ؟!

26 އޮކްޓޯބަރު 2017
ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

11 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު