Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްތުވާތަކެތި އަތުލައިގަތުން

މަގުމަތީ އަގު 10 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

23 ނޮވެމްބަރު 2017 | ބުރާސްފަތި 16:07

ދެ ކިލޯއަށްވުރެ ގިނަ ކްރިސްޓަލް މެތު ވަނީ އަތުލައިގެންފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 23 ނޮވެމްބަރު 2017 | ބުރާސްފަތި 16:07
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ

މަގުމަތީ އަގު 10 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި ކަމަށް ބުރާސްފަތި ދުވަހު ފުލުހުން ބުނެފިއެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އުމުރުން 40 އަހަރުގެ ދިވެހި ފިރެހެނަކާއި 32 އަހަރުގެ ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 21 ވަނަ ދުވަހު ހުޅުމާލެއިންނެވެ.

Advertisement - newsAdvertisement

"މި އޮޕަރޭޝަން ކުރިޔަށް ގެންގޮސް އެދުވަހު .. 21 ވަނަ ދުވަހު 18:40 ހާއިރު އަޅުގަނޑުމެން ތުހުމަތު ކުރެވޭ މީހާ ހުޅުމާލެ އެމްޕީއެލް ސަރަހައްދުން އަޅުގަނޑުމެންގެ ބެލުމުގެ ދަށަށްގެނައީ"، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ ވިދާޅުވިއެވެ.

ހައްޔަރު ކުރެވުނު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުންވަނީ 15 ދުވަހުގެ މުއްދަތު ޖަހާފައެވެ.

ހައްޔަރު ކުރެވުނު މީހުން މިތަކެތި ބަހައްޓާފައި ހުރީ ހުޅުމާލޭގައި އެމީހުން މަސައްކަތްކުރާ ސައިޓެއްގައި ކަމަށް މޫސާ އަލީ ވިދާޅުވިއެވެ.

"76 ބޮޑު ރަބަރު ޕެކެޓުގައި ބަންދުކޮށްފައިހުރި މަސްތުވާތަކެތި އަޅުގަނޑުމެންނަށް ފެނިފައިވޭ"

އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތެރޭގައި ތިން ބާވަތެއް ހިމެނޭއިރު އޭގެ ތެރޭގައި 5 ކިލޯ 200 ގުރާމު ހަޝިޝް އޮއިލް، ހެރޮއިން، ބްރައުން ޝުގަރ 503 ގްރާމް އަދި ދެ ކިލޯ 81 ގްރާމްގެ ކްރިސްޓަލް މެތު ފެނިފައިވެއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މިއީ މެތަމްފެޓަމީން ނުވަތަ ކްރިސްޓަލް މެތު މިހާ ގިނަ އަދަދަކަށް ރާއްޖެއިން ފެނުނު ފުރަތަ ފަހަރެވެ.

އިންޑޮނީޝިއާއާއި ތައިލެންޑްގައި އާއްމު ޑްރަގެއްކަމަށްވާ މެތު އަކީ ދުނިޔޭގެ އެންމެ ބާރުގަދަ މަސްތުވާތަކެތީގެ ތެރެއިން ހަވަނައަށް އެންމެ ބާރުގަދަ ޑްރަގެވެ.

މި މައްސަލައިގައި ހައްޔަރު ކުރެވުނު މީހާއަކީ މަސްތުވާތަކެތީގެ މައްސަލައެއްގެ ރެކޯޑް އޮތް މީހެއްކެވެ.

"2016 ވަނަ އަހަރު އޭނަ ހުރީ ޕެރޯލްގެ ދަށުން މުޖުތަމައަށް ދޫކޮށްފައި، ހަމައެހެންމެ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހުރީ އޭނަ އެ މުއްދަތު ހަމަކޮށް އެކަމުން މިނިވަންވެފަ. މިނިވަންވެފަ ހުއްޓައި މިކަމުގަ އުޅެނިކޮށް ދެވަނަފަހަރަށް އަޅުގަނޑުމެންނަށް އޭނަ މި ހައްޔަރު ކުރެވުނީ" މޫސާ އަލީ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް