Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިނަދޫ ޖަލްސާ

ތިނަދޫ ޖަލްސާ ބޭއްވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ސިޔާސީ ޕާޓީތަކުން ނައިބު ރައީސް އަބުދުﷲ ޖިހާދަށް ގޮވާލައްވައިފި

22 ނޮވެމްބަރު 2017 | ބުދަ 15:03

ސިޔާސީ ޕާޓީތަކަށް ތާއީދުކުރާ ތިނަދޫގެ އެއްވެސް ރައްޔިތަކު ގާނޫނާ ޚިލާފު އަމަލެއް ނުހިންގާނެކަމުގެ ޔަގީންކަން އެބަ އޮތް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 22 ނޮވެމްބަރު 2017 | ބުދަ 15:03
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ އަލީ ނިޔާޒް

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ އަލީ ނިޔާޒް

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ތިނަދޫގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ތައްޔާތުވަމުންދާ ޖަލްސާ ބޭއްވުމުގެ ފުރުސަތު ތަންވަސްކޮށްދިނުމަށް ސިޔާސީ ޕާޓީތަކުން ނައިބު ރައީސް އަބުދުﷲ ޖިހާދަށް ގޮވާލައްވައިފިއެވެ.

ސިޔާސީ ޕާޓީތަކުން މާފަންނު ކުނޫޒުގައި ބުދަދުވަހުގެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ، އަލީ ނިޔާޒް ވިދާޅުވީ ތިނަދޫގައި އެ ޖަލްސާ ބޭއްވިޔަ ނުދިނުމަށް ސަރުކާރުން އެކި ފިއްތުންތައް ކުރިމަތި ކުރުވަމުންދާ ކަމަށެވެ. އަދި ފުލުހުން ވެސް ކޯޓު އަމުރާ އެކު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ސަރަހައްދު ބަލާ ޗެކްކުރާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަލީ ނިޔާޒް ވިދާޅުވީ، ޖަލްސާ އޮންނަ ސަރަހައްދުގައި ވެސް އަދި ރަށުގައި ދަމާފައިވާ ބެނާއެއްގައި ވެސް އެއްވެސް ގާނޫނާ ޚިލާފް އެއްޗެއް ލިޔެފައި ވެސް ނޯންނާނޭ ކަމަށެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއީދުކުރާ ތިނަދޫގެ އެއްވެސް ރައްޔިތަކު ގާނޫނާ ޚިލާފު އަމަލެއް ނުހިންގާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

"އަޅުގަނޑުމެން ސިޔާސީ ޕާޓީތަކުން ގުޅިގެން މިކުރާ މަސައްކަތަށް ތިބޭފުޅުންގެ އެއްބާރުލުމާއި ގާނޫނީ ގޮތުން ތިބޭފުޅުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުންމަތީ ދެމިތިބުމަށް އަޅުގަނޑު ތިބޭފުޅުންނަށް ގޮވާލަން. މިވަގުތު ތިނަދޫގައި މިޖަލްސާ ބޭއްވުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް ފުލުހުން ކޯޓް އަމުރެއް ހިފައިގެން ވަދެ އުޅޭކަމުގެ ޚަބަރު ވަނީ ލިބިފައި،" ނިޔާޒް ވިދާޅުވި އެވެ.

މި ޖަލްސާއަކީ އިލެކްޝަންސް ކޮމިޝަނުން މެންބަރުކަން ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ދާއިރާތަކަށް ޚާއްސަކޮށްގެން ބާއްވަމުންދާ ސިލްސިލާ ޖަލްސާތަކެކެވެ. އެގޮތުން ތިނަދޫ ދެމެންބަރުން ކަމަށްވާ އަބުދުﷲ އަހުމަދާއި ސައުދުﷲ ހިލްމީގެ ގޮނޑި ވެސް ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ. މި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އެ މެންބަރުން މިހާރު ވަނީ ތިނަދޫއަށް ވަޑައިގަންނަވާފައެވެ. އަލީ ނިޔާޒް ވިދާޅުވީ ތިނަދޫ އޮތީ އެ ދެ މެންބަރުންނާ އެކު ކަމަށެވެ. އަދި މި ދާއިރާގައި ތާއީދު އޮތްވަރު މި ޖަލްސާއިން ފެނިގެންދާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ، ޖަލްސާ ބޭއްވުމަށް އެކި ގޮތް ގޮތުން ހުރަސްތައް ކުރިމަތި ކުރުވަމުން ދަނީ އެކަން ހަޖަމް ނުކުރެވޭނެތީ ކަމަށެވެ. އިންތިހާބަކަށް ތައްޔާރުވާއިރު މިނިވަންކަމާ އެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކޮށްދިނުމަށް މަސައްކަތްކުރުމަށް އިލެކްޝަން ކޮމިޝަނަށް ނިޔާޒް ގޮވާލެއްވިއެވެ.

ޖަލްސާ ބޭއްވުމަށް ފުރުސަތު ތަނަވަސްކޮށްދެއްވުމަށް ނައިބު ރައީސް އަށް ގޮވާލެއްވި އިރު ނައިބު ރައީސް ޖިހާދަކީ ތިނަދޫ ބޭފުޅެކެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް