Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާ މަޝްރޫއު

"ހިޔާ" މަޝްރޫއު 434 މިލިއަން ޑޮލަރަށް ޗައިނާ ސަރުކާރުގެ ކުންފުންޏަކަށް

23 ނޮވެމްބަރު 2017 | ބުރާސްފަތި 04:20

މި މަޝްރޫއުގެ އަގެއްގެ ގޮތުން ދިވެހި ސަރުކާރުން 434 މިލިއަން ޑޮލަރު ދައްކާނެ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 23 ނޮވެމްބަރު 2017 | ބުރާސްފަތި 04:20
ރައީސް ޔާމީން އަދި އަނބިކަބަލުން ފާތިމަތު އިބްރާހިމް "ހިޔާ" މަޝްރޫއު އިފްތިތާހު ކޮށްދެއްވައިފި

ރައީސް ޔާމީން އަދި އަނބިކަބަލުން ފާތިމަތު އިބްރާހިމް "ހިޔާ" މަޝްރޫއު އިފްތިތާހު ކޮށްދެއްވައިފި | ރައީސް އޮފީސް ޓްވިޓާ

ރައީސް އަބްދުﷲ ޔާމީން ސަރުކާރުން ކުރިޔަށްގެންދާ "ހިޔާ" މަޝްރޫއުގެ މަސައްކަތް، 434 މިލިއަން ޑޮލަރަށް ޗައިނާ ސަރުކާރުގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ޗައިނާގެ ނޫސްތަކުން ބުނެފިއެވެ.

ހުޅުމާލޭގައި މި ސަރުކާރުން 80,000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އަމާޒުގައި ހިންގާ މި ބިޔަ މަޝްރޫއު ހަވާލުކޮށްފައި ވަނީ ޗައިނާގެ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ 'ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕް' އާ ކަމަށް ޗައިނާގެ ނޫސްތަކުން ބުނެއެވެ. މި މަޝްރޫއުގެ އަގެއްގެ ގޮތުން ދިވެހި ސަރުކާރުން 434 މިލިއަން ޑޮލަރު ދައްކާނެ ކަމަށާއި މި މަޝްރޫއުގެ ބިޑު މަރުހަލާއަށް ބައި އަހަރު ހޭދަވި ކަމަށް ނޫސްތަކުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރައީސް ޔާމީން އިފްތިތާހު ކޮށްދެއްވި މި މަޝްރޫއުގެ މާ ގިނަ ތަފްސީލުތަކެއް އާންމުކޮށްފައެއް ނުވެއެވެ. އެހެނަސް ޗައިނާގެ ނޫސްތަކުން ބުނެފައިވަނީ މި މަޝްރޫއުގެ ދަށުން އަޅާ ފްލެޓުތައް ވެސް ޑިޒައިން ކުރާނީ އެ ކުންފުނިން ކަމަށާއި އެ މަޝްރޫއު ކުރިޔަށް ގެންދިޔުމަށް ބޭނުންވާ ދަގަނޑާއި ސިމެންތި ވެސް އެތެރެކުރާނީ ޗައިނާއިން ކަމަށެވެ.

ޗައިނާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި 'ހިޔާ' މަޝްރޫއު ކާމިޔާބުކުރި ކުންފުނީގެ ޑިޒައިން އެކަޑަމީގެ ޑިރެކްޓަރު ލީ ވެންޑޯ ބުނެފައިވަނީ އެ ކުންފުންޏަށް މި މަޝްރޫއުގެ ބިޑު ކާމިޔާބު ކުރެވުނީ އެ ކުންފުނީގެ ކެޕޭސިޓީ ބޮޑުވުމާއި ޑިޒައިންތައް ރީތިވުމުން ކަމަށެވެ. އަދި ފްލެޓްތައް ޑިޒައިން ކުރުމުގައި ތިމާވެއްޓަށް ފައިދާހުރި ގޮތަށް ވިސްނާފައިވާނެ ކަމަށާއި ރާއްޖޭގެ ކުންފުނިތަކުން ވެސް އެކަން ފާހަގަކޮށްފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން ސަރުކާރުން ވަނީ ހުޅުމާލޭގައި 25 ބުރީގެ 62 ޓަވަރު އެޅުމަށް ނިންމާފައެވެ.

މި މަޝްރޫއު ވެސް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާއިރު މި ސަރުކާރުގެ ބޮޑެތި ގިނަ މަޝްރޫއުތައް ހިންގަމުން އަންނީ ޗައިނާގެ ކުންފުނިތަކުންނެވެ. އެގޮތުން މި ސަރުކާރުން ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށްވާ މާލެ-ހުޅުލެ ބްރިޖުގެ މަސައްކަތް ވެސް ކުރިޔަށް ގެންދަނީ ޗައިނާގެ ކުންފުންޏަކުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް

22 ޖެނުއަރީ 2017
މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް