Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަންދު ކޮލެޖް

އެޑިއުކޭޝަނުގެ އިހުމާލުން މަންދު ކޮލެޖުގެ ފަރުނީޗަރުތަކެއް ގެއްލުމުން ބަދަލުގެ ގޮތުގައި 400،000 އަށް ވުރެ ގިނަ ރުފިޔާ ދޭން ޖެހިއްޖެ

މަންދު ކޮލެޖުގެ ފަރުނީޗަރުތަކެއް އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިޔައީ 2013 ވަނަ އަހަރު

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 21 ނޮވެމްބަރު 2017 | އަންގާރަ 08:16
މަންދު ކޮލެޖް ކުރިން ހިންގި އިމާރާތް އަދި މިހާރުގެ ގައުމީ ޔުނިވާސިޓީގެ ޝަރިއްޔާ އެންޑް ލޯ ހިންގާ އިމާރާތް

މަންދު ކޮލެޖް ކުރިން ހިންގި އިމާރާތް އަދި މިހާރުގެ ގައުމީ ޔުނިވާސިޓީގެ ޝަރިއްޔާ އެންޑް ލޯ ހިންގާ އިމާރާތް

އެޑިއުކޭޝަން މިނިސްޓްރީގެ އިހުމާލުން މަންދު ކޮލެޖުގެ ފަރުނީޗަރުތަކެއް ގެއްލުނު މައްސަލާގައި މަންދު ކޮލެޖަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 400،000 އަށް ވުރެ ގިނަ ރުފިޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މަންދު ކޮލެޖަށް ދޭން ޖެހިއްޖެއެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވާ ގޮތުން ވަގުތީ ގޮތުން އަރަބިއްޔާގެ ދަރިވަރުން މަންދުކޮލެޖު ކުރިން ހިންގި އިމާރާތަށް 2013 ވަނަ އަހަރު ބަދަލު ކުރި އިރު، މަންދުކޮލެޖުގެ މިލްކިއްޔާތުގައި ހިމެނޭ ފަރުނީޗަރުތައް އަނބުރާ ހަވާލު ކުރާ ގޮތަށް އެއްބަސްވެ އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިޔަ އެ ފަރުނީޗަރުތަކަށް ވީނުވީ އެއް ނޭނގި ގެއްލިފައިވާ ކަމަށް ބުނެ މަންދު ކޮލެޖުން އެތަކެތީގެ އަގު ހޯދުމަށް އެދި 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެޑިއުކޭޝަނަށް އިންވޮއިސް އެއް ފޮނުވާފައިވާ ކަމަށް ސިވިލް ކޯޓުގެ ހުމުގައި ފާހަގަ ކޮށްފައިވެއެވެ.

އެކަމާ ގުޅިގެން އެޑިއުކޭޝަނުން މަންދު ކޮލެޖުން ފޮނުވި އިންވޮއިސްގައި 519 ޑެސްކާއި 148 ގޮނޑި އާއި ހަތް މޭޒުގެ ބަދަލުގައި އެ އަދަދަށް ފަރުނީޗަރު ދޭނެ ކަމަށް އެޑިއުކޭޝަނުން ބުނެފައިވާކަން ސިވިލް ކޯޓުގެ ހުމުގައި ވަނީ ފާހަގަ ކޮށްފައެވެ.

ނަމަވެސް މިހާތަނަށް ވެސް އެ ފަރުނީޗަރުތައް މަންދުކޮލެޖާ ހަވާލުކޮށްފައި ނުވާތީ އެތަކެތީގެ އަގަށް އަރާ 451،189 ރުފިޔާ ހޯދުމަށް މަންދު ކޮލެޖު ހިންގާ މާލެހައި ޕްރައިވެޓް ލިމިޓެޑުން ވަނީ އެޑިއުކޭޝަން މިނިސްޓްރީއާ ދެކޮޅަށް ދައުވާ ކޮށްފަ އެވެ.

މައްސަލަ ބެލުމަށްފަހު މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، އެ ފައިސާއަކީ މާލެހައި ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެހެން ކަމުން އެ ފައިސާ ހުކުމް ކުރި ތާރީހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް އެ ހުކުމުގައި ބުނެފައިވެ އެވެ. ނަމަވެސް ޖޫރިމަނާގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާ ނަގައިދެވެން ނެތް ކަމަށް އެ ހުކުމުގައި ބުނެފައިވެ އެވެ.

އިތުރަށް ކިޔާލަން

28 ޖޫން 2018

ވިލާ ކޮލެޖުގެ ސެޕްޓެމްބަރ އިންޓޭކަށް ފުރުސަތު ހުޅުވާލައިފި

28 ޖޫން 2018
ވިލާ ކޮލެޖުގެ ސެޕްޓެމްބަރ އިންޓޭކަށް ފުރުސަތު ހުޅުވާލައިފި
20 ޖޫން 2018

އެމްޑީޕީ ސަރުކާރުން ދޭން އުޅުނު ގޯތިތައް ނުދީ އޮތީ މުއިއްޒުގެ އިހުމާލުން: ސޯބެ

20 ޖޫން 2018
އެމްޑީޕީ ސަރުކާރުން ދޭން އުޅުނު ގޯތިތައް ނުދީ އޮތީ މުއިއްޒުގެ އިހުމާލުން: ސޯބެ
31 މެއި 2018

ޑޮކްޓަރެއްގެ އިހުމާލުން އަންހެނަކު މަރުވި މައްސަލައެއް ބަލަނީ

31 މެއި 2018
ޑޮކްޓަރެއްގެ އިހުމާލުން އަންހެނަކު މަރުވި މައްސަލައެއް ބަލަނީ
23 މެއި 2018

ހާޝިމް ހައްޔަރުކުރީ ފުލުހުންގެ އިހުމާލުން 5000 ޑޮލަރު ގެއްލުނު ކަމަށްބުނެ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް

23 މެއި 2018
ހާޝިމް ހައްޔަރުކުރީ ފުލުހުންގެ އިހުމާލުން 5000 ޑޮލަރު ގެއްލުނު ކަމަށްބުނެ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް
08 ޖެނުއަރީ 2018

ތިނަދޫ ހޮސްޕިޓަލުގެ އިހުމާލުން މީހަކު މަރުވި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ

08 ޖެނުއަރީ 2018
ތިނަދޫ ހޮސްޕިޓަލުގެ އިހުމާލުން މީހަކު މަރުވި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ
27 ނޮވެމްބަރު 2017

"ސިޓިޒެން، ނޮޓް ޕޮލިޓީޝަން" ސައިރިކްސް ކޮލެޖުގެ އަންނަ އަހަރުގެ ސްލޯގަން

27 ނޮވެމްބަރު 2017
"ސިޓިޒެން، ނޮޓް ޕޮލިޓީޝަން" ސައިރިކްސް ކޮލެޖުގެ އަންނަ އަހަރުގެ ސްލޯގަން
13 އޮކްޓޯބަރު 2017

ކަރަންޓުގެ މައްސަލަ ދިމާވީ ފެނަކަ އާއި ސަރުކާރުގެ އިހުމާލުން: މޭޔަރު ސޯބެ

13 އޮކްޓޯބަރު 2017
ކަރަންޓުގެ މައްސަލަ ދިމާވީ ފެނަކަ އާއި ސަރުކާރުގެ އިހުމާލުން: މޭޔަރު ސޯބެ
10 އޮކްޓޯބަރު 2017

ޖަލުގައި ހުއްޓާ އަބްދުލްރަޝީދު ނިޔާވީ ސަރުކާރުގެ އިހުމާލުން: އެމްޑީޕީ

10 އޮކްޓޯބަރު 2017
ޖަލުގައި ހުއްޓާ އަބްދުލްރަޝީދު ނިޔާވީ ސަރުކާރުގެ އިހުމާލުން: އެމްޑީޕީ
16 މެއި 2017

މަންދު ކޮލެޖާއި މެލޭޝިއާގެ ބްރިކްފީލްޑްސް އޭޝިއާ ކޮލެޖާއެކު އެމްއޯޔޫއެއްގައި ސޮއެކޮށްފި

16 މެއި 2017
މަންދު ކޮލެޖާއި މެލޭޝިއާގެ ބްރިކްފީލްޑްސް އޭޝިއާ ކޮލެޖާއެކު އެމްއޯޔޫއެއްގައި ސޮއެކޮށްފި
17 އެޕްރީލު 2017

ކަނޑޫދޫ ގިރާ ސަރަހައްދު ހިމާޔަތް ނުކުރެވި އޮތީ ސަރުކާރުގެ އިހުމާލުން: ކައުންސިލް

17 އެޕްރީލު 2017
ކަނޑޫދޫ ގިރާ ސަރަހައްދު ހިމާޔަތް ނުކުރެވި އޮތީ ސަރުކާރުގެ އިހުމާލުން: ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު