Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުވިދިޔާ ބާލަން

ވިދިޔާ ބާލަންގެ އައު ފިލްމް "ތުމާރީ ސުލޫ" އަށް ބޮކްސް އޮފީހުގައި ދަނީ ރަނގަޅު ކާމިޔާބީއެއް ލިބެމުން

މި ފިލްމަށް ހޭދަކޮށްފައިވަނީ 17 ކްރޯޑް ރުޕީޒް

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 20 ނޮވެމްބަރު 2017 | ހޯމަ 06:37
ވިދިޔާ ބާލަން.

ވިދިޔާ ބާލަން.

ވިދިޔާ ބާލަންއާއި މާނަވް ކައުލް ތަރިންގެ ގޮތުގައި ފެނިގެންދާ " ތުމާރީ "ސުލޫ" އަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބެމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މި މަހުގެ 17 ވަނަ ދުވަހު ރިލީޒް ކުރި ވިދިޔާގެ "ތުމާރީ ސުލޫ" ރިލީޒް ކުރިތާ ތިން ދުވަސް ވެފައިވާއިރު ފިލްމަށް 7.48 ކްރޯޑް ރުޕީޒް ވަނީ ލިބިފައެވެ. އަދި މިއީ ފިލްމް ރިލީޒް ކުރި ދުވަހު ލިބުނު އާންމުދަނީއާ އަޅާބަލާއިރު 60 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް ފިލްމް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މި ފިލްމަކީ ޓާގެޓެޑް އޯޑިއެންސް ނުވަތަ ވަކި ވައްތަރެއްގެ އޯޑިއެންސަށް ކަމުދާ ގޮތަށް ހަދާފައިވާ ފިލްމެއް ކަމުން ފިލްމު ހަދާފައިވަނީ ކުޑަ ބަޖެޓަކުންނެވެ. އެގޮތުން އެންމެ 17 ކްރޯޑް ރުޕީޒް ޚަރަދުކޮށްގެން ހަދާފައިވާ މި ފިލްމު ރިލިޒް ނުކުރަނީސް މި ފިލްމަށް ވަނީ ޖުލްލަ 22 ކްރޯޑް ރުޕީޒް ލިބިފައެވެ. މީގެ ތެރޭގައި ސާފު ފައިދާގެ ގޮތުގައި ހިމެނޭ 5 ކްރޯޑް ރުޕީޒް ވެސް ހިމެނެއެވެ.

މި ފިލްމަށް ފައިދާ ވެފައިވާ ދާއިރާތަކަށް ބަލާއިރު، ތިއެޓްރިކަލް ރައިޓްސް ވިއްކައިގެން މި ފިލްމަށް ވަނީ 13 ކްރޯޑް ރުޕީޒް ލިބިފައެވެ. އަދި އޮވަރސީޒް ރައިޓްސްގެ ގޮތުގައި 2 ކްރޯޑް އަދި ސެޓްލައިޓް ރައިޓްސްގެ ގޮތުގައި 5 ކްރޯޑް ލިބިފައިވާއިރު، ޕްރޮޑަކްޓް ޕްލޭސްމަންޓާއި އެހެނިހެން ގޮތްގޮތުން މި ފިލްމަށް އިތުރު 2 ކްރޯޑް ރުޕީޒްގެ އާމްދަނީއެއް ލިބިފައިވެއެވެ.

މި ފިލްމުގައި ދައްކައިދެނީ އަންހެން ރޭޑިއޯ ޖޮކީއެއްގެ ދިރިއުޅުމުގައި ހިނގާ ކަންތައްތަކެކެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ފިލްމު ވެގެންދާނީ މިހާތަނަށް ވިދްޔާގެ އެންމެ މޮޅު އެކްޓިންގއެއް ފެނިގެންދާ އެއް ފިލްމަށެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ފިލްމް އިންޑަސްޓްރީގެ ޒުވާން ޖީލަށް އަމީތާބު އިޚްތިރާމް ކުރޭ: ޝުޖިތު

15 ފެބުރުއަރީ 2017
ފިލްމް އިންޑަސްޓްރީގެ ޒުވާން ޖީލަށް އަމީތާބު އިޚްތިރާމް ކުރޭ: ޝުޖިތު
12 ފެބުރުއަރީ 2017

ސީޒަން ޑައިރެކްޓްކުރާ ސިންހަޅަ ފިލްމްގެ 85 ޕަސެންޓް މަސައްކަތް ނިމިއްޖެ

12 ފެބުރުއަރީ 2017
ސީޒަން ޑައިރެކްޓްކުރާ ސިންހަޅަ ފިލްމްގެ 85 ޕަސެންޓް މަސައްކަތް ނިމިއްޖެ
09 ފެބުރުއަރީ 2017

ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ

09 ފެބުރުއަރީ 2017
ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ
03 ފެބުރުއަރީ 2017

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

03 ފެބުރުއަރީ 2017
ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ
02 ފެބުރުއަރީ 2017

ފިލްމް އިންޑަސްޓްރީ އެއްކޮށް މާޔޫސްކޮށްލައިފި

02 ފެބުރުއަރީ 2017
ފިލްމް އިންޑަސްޓްރީ އެއްކޮށް މާޔޫސްކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު