Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޒިމްބާބްވޭގެ މަސްރަހު

ވެރިކަންކުރާ ޕާޓީއިންވެސް މުގާބޭ އިސްތިއުފާދެއްވުމަށް ގޮވާލައިފި

18 ނޮވެމްބަރު 2017 | ހޮނިހިރު 05:44

މުގާބޭގެ އިސްތިއުފާއަށްގޮވާލާ ހޮނިހިރު ދުވަހު ބާއްވާ އެއްވުމަށް އަސްކަރިއްޔާއިން ވަނީ ތާއީދުކޮށްފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 18 ނޮވެމްބަރު 2017 | ހޮނިހިރު 05:44
އިދިކޮޅުފަރާތްތަކާ ވެރިކަން ކުރާ ޕާޓީން ވެސް ގެންދަނީ މުގާބޭ އިސްތިއުފާދެއްވުމަށް ގޮވާލަމުން

އިދިކޮޅުފަރާތްތަކާ ވެރިކަން ކުރާ ޕާޓީން ވެސް ގެންދަނީ މުގާބޭ އިސްތިއުފާދެއްވުމަށް ގޮވާލަމުން

ޒިމްބާބުވޭގެ ރައީސްކަމުގެ މަގާމުން ރޮބަރޓް މުގާބޭ އިސްތިއުފާ ދެއްވުމަށް ގޮވާލަމުންދާ ފަރާތްތަކުގެ ތެރެއަށް ވެރިކަން ކުރާ ޒަނޫ-ޕީއެފް ޕާޓީގެ ސަރަހައްދީ ގޮފިތައް އިތުރުވެއްޖެއެވެ.

މި ގޮވާލުންތައް އައިސްފައި މިވަނީ މުގާބޭގެ އިސްތިއުފާއަށް ގޮވާލައި ވެރިރަށް ހަރާރޭގައި ހޮނިހިރު ދުވަހު މުޒާހަރާ ކުރުމަށް ނިންމާފައި ވަނިކޮށެވެ.

މި މުޒާހަރާއަށް، އަސްކަރިއްޔާއިން ވެސް ފުރިހަމައަށް ތާއީދުކުރެއެވެ.

ރައީސް މުގާބޭ މިދިޔަ ބުދަ ދުވަހުން ފެށިގެން ހުންނަވަނީ އަސްކަރިއްޔާގެ ބެލުމުގެދަށުން ގޭ ބަންދުގައެވެ.

މުގާބޭއާއެކު ހަނގުރާމައިގައި ބައިވެރިވެފައިވާ، އަދި ދާދި ފަހަކާ ޖެހެންދެން މުގާބޭއަށް ވަފާތެރި ކުރީގެ ސިފައިންނާއި މިނިވަން ފިކުރުގެ ގްރޫޕްތަކުން ވެސް ގެންދަނީ މުގާބޭގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

ގައުމުގެ ކޮންޓްރޯލް އަސްކަރިއްޔާގެ އަތްދަށަށް ގެންދިޔަފަހުން މުގާބޭ ފުރަތަމަ ފަހަރަށް ފެނިގެން ގޮސްފައިވަނީ އަސްކަރިއްޔާގެ ވެރިޔާއާއެކު މުގާބޭގެ އަމިއްލަފުޅު ގެކޮޅުންނެވެ.

ގޭ ބަންދުގައި ހުންނެވި މުގާބޭވަނީ ހުކުރު ދުވަހު ދަސްވެނިމުމުގެ ހަފްލާއަކަށް ވަޑައިގެން ޑިގްރީ ސެޓްފިކެޓް ހަވާލު ކޮށްދެއްވާފައެވެ.

އަސްކަރިއްޔާއިން ވަނީ މުގާބޭއާއެކު މަޝްވަރާ ކުރަމުންދާ ކަމަށާއި އެކަމުން ނުކުންނަ ނަތީޖާއެއް" ވީއެންމެ އަވަހަކަށް" ރައްޔިތުންނާ ހިއްސާކުރާނެ ކަމަށް ބުނެފައެވެ.

ޒިމްބާބްވޭގެ އަސްކަރިއްޔާއިން އެ ޤައުމުގެ ރައީސް ރޮބަރޓް މުގާބޭ އާއި ދެކޮޅަށް ތެދުވެފައިވަނީ، މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ ރައީސްކަމުގެ މަގާމަށް ވަޑައިގަތުމަށް މަގުފަހިކުރެއްވުމަށް މުގާބޭ މަސައްކަތް ކުރައްވަން ފައްޓަވައި ނައިބް ރައީސްކަމުގެ މަގާމުގައި ހުންނެވި އެމަސަން ނަންގަގްވާ މަގާމުން ވަކިކުރެއްވުމާއެކުއެވެ.

އުމުރުފުޅުން 75 އަހަރުގެ ނަންގަގުވާ ވަކިކުރެއްވިތާ ހަފްތާއެއްވެސް ނުވަނީސް އަސްކަރިއްޔާއިންވަނީ މުގާބޭގެ ޕާޓީއަށް އިންޒާރުދީ ސިޔާސީ ކަންކަމުގެ ތެރެއަށް ވަންނަން ޖެހިދާނެ ކަމަށް އިންޒާރުދީފައެވެ.

އެ އިންޒާރަށް ފަހު އަސްކަރިއްޔާއިން ވަނީ ގައުމުގެ ކޮންޓްރޯލްނަގައި ދައުލަތުގެ ޓީވީވެސް އަސްކަރިއްޔާގެ ބެލުމުގެދަށަށް ގެންގޮސްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

28 ޖުލައި 2017

ކުރީގެ ވަލީއަހުދު ނާއިފް ހުންނެވީ ގޭ ބަންދުގައިތޯ ބަލައިދިނުމަށް ހިއުމަން ރައިޓްސް ވޮޗްއިން ގޮވާލައިފި

28 ޖުލައި 2017
ކުރީގެ ވަލީއަހުދު ނާއިފް ހުންނެވީ ގޭ ބަންދުގައިތޯ ބަލައިދިނުމަށް ހިއުމަން ރައިޓްސް ވޮޗްއިން ގޮވާލައިފި
25 ޖުލައި 2017

ހިޔާލު ތަފާތުވުން އުފެދިފައިވާ ބޯޑަރު ސަރަހައްދުން އިންޑިއާ ސިފައިން ފަހަތަށް ޖެހުމަށް ޗައިނާއިން ގޮވާލައިފި

25 ޖުލައި 2017
ހިޔާލު ތަފާތުވުން އުފެދިފައިވާ ބޯޑަރު ސަރަހައްދުން އިންޑިއާ ސިފައިން ފަހަތަށް ޖެހުމަށް ޗައިނާއިން ގޮވާލައިފި
15 ޖުލައި 2017

ބަހްރެއިންގެ އެކްޓިވްސްޓް ރަޖަބް ދޫކޮށްލުމަށް އދން ގޮވާލައިފި

15 ޖުލައި 2017
ބަހްރެއިންގެ އެކްޓިވްސްޓް ރަޖަބް ދޫކޮށްލުމަށް އދން ގޮވާލައިފި
11 ޖޫން 2017

ގަތަރުގެ މައްސަލަ ހައްލު ކުރަން ވާހަކަ ދައްކަން ރަޝިއާ، އެމެރިކާ ގޮވާލައިފި

11 ޖޫން 2017
ގަތަރުގެ މައްސަލަ ހައްލު ކުރަން ވާހަކަ ދައްކަން ރަޝިއާ، އެމެރިކާ ގޮވާލައިފި
10 ޖޫން 2017

ގަތަރަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއި ކުރުމަށް އެމެރިކާއިން ގޮވާލައިފި

10 ޖޫން 2017
ގަތަރަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއި ކުރުމަށް އެމެރިކާއިން ގޮވާލައިފި
03 މެއި 2017

އެއްބަޔަކު އަނެއް ބަޔަކު "ރުޅިނޭރުވުމަށް" ޗައިނާއިން ގޮވާލައިފި

03 މެއި 2017
އެއްބަޔަކު އަނެއް ބަޔަކު "ރުޅިނޭރުވުމަށް" ޗައިނާއިން ގޮވާލައިފި
19 މާރިޗު 2017

ބޯކޯ ހަރާމުން ގެންދިޔަ ކުދިންގެ މަތިން ހަނދާން ނައްތާނުލުމަށް ގޮވާލައިފި

19 މާރިޗު 2017
ބޯކޯ ހަރާމުން ގެންދިޔަ ކުދިންގެ މަތިން ހަނދާން ނައްތާނުލުމަށް ގޮވާލައިފި
27 ފެބުރުއަރީ 2017

މުގާބޭގެ 93 ވަނަ އުފަންދުވަސް ފާހަގަކޮށްފި

27 ފެބުރުއަރީ 2017
މުގާބޭގެ 93 ވަނަ އުފަންދުވަސް ފާހަގަކޮށްފި
18 ފެބުރުއަރީ 2017

ގަބުރެއްގެ ގޮތުގައިވިޔަސް މުގާބޭ އިންތިޚާބަށް ކުރިމަތިލާނެ:އަނބިކަނބަލުން

18 ފެބުރުއަރީ 2017
ގަބުރެއްގެ ގޮތުގައިވިޔަސް މުގާބޭ އިންތިޚާބަށް ކުރިމަތިލާނެ:އަނބިކަނބަލުން
26 ޖެނުއަރީ 2017

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި

26 ޖެނުއަރީ 2017
އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް