Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއެންމެ އަގުބޮޑު ކުރެހުން

ޑާވިންސީގެ ކުރެހުމެއް 450 މިލިއަން ޑޮލަރަށް ވިއްކާލައިފި

17 ނޮވެމްބަރު 2017 | ހުކުރު 06:27

މި ނީލަން އެ ފަރާތުން ކާމިޔާބުކޮށްފައިވަނީ 450،312،500 ބިޑެއް ހުށަހަޅައިގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 17 ނޮވެމްބަރު 2017 | ހުކުރު 06:27
450 މިލިއަން ޑޮލަރަށް ވިއްކާލި ޑާވިންސީގެ ކުރެހުން ކަމަށްވާ 'ސަލްވެޓޯރ މުންޑީ'

450 މިލިއަން ޑޮލަރަށް ވިއްކާލި ޑާވިންސީގެ ކުރެހުން ކަމަށްވާ 'ސަލްވެޓޯރ މުންޑީ'

އިޓަލީގެ މަޝްހޫރު ކުރެހުންތެރިޔާ ލިއޮނާޑޯ ޑާވިންސީގެ ކުރެހުމެއް 450 މިލިއަން ޑޮލަރަށް ވިއްކާލައިފިއެވެ.

މި ކުރެހުން ވިއްކާލާފައިވަނީ އިނގިރޭސިވިލާތުގެ ނީލަންކިޔާ ކުންފުންޏެއް ކަމަށްވާ 'ކްރިސްޓީސް' އިން އެމެރިކާގެ ނިއުޔޯކުގައި ކުރިޔަށް ގެންދިޔަ ނީލަމެއްގައެވެ. 'ސަލްވެޓޯރ މުންޑީ' ނުވަތަ 'ސޭވިއާ އޮފް ދަ ވާރލްޑް' ގެ ނަމުން ނަން ދީފައިވާ މި ކުރެހުމަކީ ޑާވިންސީގެ ކުރެހުންތަކުގެ ތެރެއިން އާންމުކޮށް ދައްކާލުމަށް ބެހެއްޓިފައި ނުވާ ހަމައެކަނި ކުރެހުމެވެ.

ނީލަން ކާމިޔާބު ކުރި ފަރާތުގެ ނަން ހާމަކޮށްފައި ނުވާއިރު 19 މިނެޓަށް ދިގު ދެމިގެންދިޔަ މި ނީލަން އެ ފަރާތުން ކާމިޔާބުކޮށްފައިވަނީ 450،312،500 ބިޑެއް ހުށަހަޅައިގެންނެވެ.

ބެލެވޭ ގޮތުގައި މި ކުރެހުމަކީ 1500 ގެ އަހަރުތަކުގައި ޑާވިންސީ ކުރާހާފައިވާ ކުރެހުމެކެވެ. މި ކުރެހުން 1649 ވަނަ އަހަރު އެންމެ ފުރަތަމަ ގަތް ފަރާތަކީ އިނގިރޭސިވިލާތުގައި އޭރު ރަސްކަން ކުރެއްވި ޗާލްސް 1 އެވެ. އެންމެ ފަހުން މި ކުރެހުން ގަނެފައިވަނީ ރަޝިއާގެ އިންވެސްޓަރެއް ކަމަށްވާ ޑިމިޓްރީ ރައިބްލޯވެއެވެ. ފްރާންސްގެ މޮނާކޯގެ ވެސް ޗެއާމަންކަން ކުރަމުން އަންނަ ޑިމިޓްރީ 2013 ވަނަ އަހަރު މި ކުރެހުން ގަނެފައިވަނީ 127.5 މިލިއަން ޑޮލަރަށެވެ.

މި ކުރެހުން ވެގެން ގޮސްފައިވަނީ 100 މިލިއަން ޑޮލަރަށް ވުރެ އަގުބޮޑުކޮށް ވިއްކާލެވުނު 12 ވަނަ ކުރެހުމަށެވެ. އަދި މި ނީލަން ނިމުމާއެކު ދުނިޔޭގެ އެންމެ އަގުބޮޑު ކުރެހުމަކަށް ވެގެން ގޮސްފައިވަނީ މި ކުރެހުމެވެ.

މީގެ ކުރިން މި ރެކޯޑު އޮންނަނީ ޕަބްލޯ ޕިކާސޯގެ ކުރެހުމެއް ކަމަށްވާ 'ލެސް ފެމޭސް ޑިއަލްގާ' އަތުގައެވެ. އެގޮތުން 2015 ވަނަ އަހަރު މި ކުރެހުން ވިއްކާލާފައިވަނީ 179.4 މިލިއަން ޑޮލަރަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

27 މެއި 2017

"ބޭވޮޗް": ފުރަތަމަ ދުވަހު ލިބުނީ 4.5 މިލިއަން ޑޮލަރު

27 މެއި 2017
"ބޭވޮޗް": ފުރަތަމަ ދުވަހު ލިބުނީ 4.5 މިލިއަން ޑޮލަރު
16 މެއި 2017

ޗައިނާ އިން "ޑަންގަލް" އަށް 65 މިލިއަން ޑޮލަރު

16 މެއި 2017
ޗައިނާ އިން "ޑަންގަލް" އަށް 65 މިލިއަން ޑޮލަރު
29 އެޕްރީލު 2017

ކެޓްރީނާއަށް 24 ގަޑިއިރުގެ ތެރޭގައި މިލިއަން ފޮލޯވާސް

29 އެޕްރީލު 2017
ކެޓްރީނާއަށް 24 ގަޑިއިރުގެ ތެރޭގައި މިލިއަން ފޮލޯވާސް
29 މާރިޗު 2017

ޖޯޖް މައިކަލްގެ ކުރެހުމެއް ބައި މިލިއަން ޑޮލަރަށް ވިއްކާލައިފި

29 މާރިޗު 2017
ޖޯޖް މައިކަލްގެ ކުރެހުމެއް ބައި މިލިއަން ޑޮލަރަށް ވިއްކާލައިފި
28 މާރިޗު 2017

ހަތަރު މިލިއަން ޑޮލަރުގެ "ގޯލްޑް ކޮއިން" އެއް ވަގަށް ނަގައިފި

28 މާރިޗު 2017
ހަތަރު މިލިއަން ޑޮލަރުގެ "ގޯލްޑް ކޮއިން" އެއް ވަގަށް ނަގައިފި
21 މާރިޗު 2017

ހަތަރު ދުވަހުގެ ތެރޭގައި "ބިއުޓީ އެންޑް ދަ ބީސްޓް" އަށް 357.1 މިލިއަން ޑޮލަރު

21 މާރިޗު 2017
ހަތަރު ދުވަހުގެ ތެރޭގައި "ބިއުޓީ އެންޑް ދަ ބީސްޓް" އަށް 357.1 މިލިއަން ޑޮލަރު
07 ފެބުރުއަރީ 2017

"ފިއްލޯރީ"ގެ ޓްރެއިލާ ރިލީޒް ކުރިތާ ދިހަ ގަޑިއިރު ނުވަނީސް 2.5 މިލިއަން މީހުން ބަލައިފި

07 ފެބުރުއަރީ 2017
"ފިއްލޯރީ"ގެ ޓްރެއިލާ ރިލީޒް ކުރިތާ ދިހަ ގަޑިއިރު ނުވަނީސް 2.5 މިލިއަން މީހުން ބަލައިފި
02 ފެބުރުއަރީ 2017

ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ

02 ފެބުރުއަރީ 2017
ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ
16 ޖެނުއަރީ 2017

ޖޮނީ ޑެޕްގެ ކުރީގެ ބިޒްނަސް މެނޭޖަރުންނާ ދެކޮޅަށް 25 މިލިއަން ޑޮލަރުގެ ދަޢުވާއެއް އުފުލަނީ

16 ޖެނުއަރީ 2017
ޖޮނީ ޑެޕްގެ ކުރީގެ ބިޒްނަސް މެނޭޖަރުންނާ ދެކޮޅަށް 25 މިލިއަން ޑޮލަރުގެ ދަޢުވާއެއް އުފުލަނީ
08 ޖެނުއަރީ 2017

"ރަންގޫން" ގެ އޮފިޝަލް ޓްރެއިލަރ އަށް އެއްދުވަސްތެރޭ ނުވަ މިލިއަން ވިއުސް

08 ޖެނުއަރީ 2017
 "ރަންގޫން" ގެ އޮފިޝަލް ޓްރެއިލަރ އަށް އެއްދުވަސްތެރޭ ނުވަ މިލިއަން ވިއުސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް