Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޒިމްބާބްވޭގެ މަސްރަހު

ޒިމްބާބްވޭގައި އަސްކަރީ ވެރިކަމެއް އޮންނަން ޤަބޫލެއް ނޫން: އިދިކޮޅު ފަރާތްތައް

17 ނޮވެމްބަރު 2017 | ހުކުރު 03:04

ޒިމްބާބްވޭގެ މަސްރަހު ފިނިކުރުމަށް ދެކުނު އެފްރިކާއިން ދަނީ މަސައްކަތްކުރަމުން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 17 ނޮވެމްބަރު 2017 | ހުކުރު 03:04
ޒިމްބާބްވޭގެ އިދިކޮޅު ލީޑަރު މޯގަން ސްވަންގިރާއީ

ޒިމްބާބްވޭގެ އިދިކޮޅު ލީޑަރު މޯގަން ސްވަންގިރާއީ

އަމިއްލަ ރުހުމުގައި ޒިމްބާބްވޭގެ ވެރިކަމުން ރޮބާޓް މުގާބޭ ފެޔަށް ޖެހިވަޑައިގަންނަވަން އެޤައުމުގެ އިދިކޮޅު ލީޑަރު މޯގަން ސްވަންގިރާއީ ގޮވާލައްވައިފިއެވެ.

ސްވަންގިރާއީ ވިދާޅުވީ ޒިމްބާބްވޭގެ ރައްޔިތުންގެ އެދުމާއި ރޫހާ އެއްގޮތަށް މުގާބޭ މިހާރު ވެރިކަމުން ފެޔަށް ޖެހިވަޑައިގަންނަވަން ޖެހޭ ކަމަށެވެ. ސްވަންގިރާއީ ވިދާޅުވީ ޤާނޫނު އަސާސީން ބޭރުން ވެރިކަން ހޯދުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، ޢާއްމު ޙާލަތަށް ޤައުމު ގެނެސް، ހުރިހާ ފަރާތެއް ބައިވެރިވާ ވަގުތީ ސަރުކާރެއް އެކުލަވާލަން ޖެހޭނެ ކަމަށެވެ. އަދި އަސްކަރިއްޔާއިން ގެނައީ ބަޣާވާތެއް ކަމަށް ވިދާޅުވެ، ސްވަންގިރާއީ ވަނީ މަދަނީ ވެރިކަމެއް ގެނައުމަށް އަސްކަރިއްޔާއަށް ގޮވާލައްވާފައެވެ.

ސްވަންގިރާއީ ވަނީ 2008 ވަނަ އަހަރަށް ފަހު ޒިމްބާބްވޭގައި އެކުލަވައިލި ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގައި މުގާބޭގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. އެހެން ނަމަވެސް މާގިނަ ދުވަސްތަކެއްވަންދެން ސްވަންގިރާއީއަށް އެމަޤާމުގައި ހުންނެވޭ ގޮތް ނުވިއިރު، މުގާބޭގެ ޒާނޫ-ޕީއެފް ޕާޓީގެ އެންމެ ބޮޑު ވާދަވެރިޔަކީ ސްވަންގިރާއީގެ މޫވްމަންޓް ފޮރ ޑިމޮކްރަޓިކް ޗޭންޖްއެވެ. ސްވަންގިރާއީ ވިދާޅުވާ ގޮތުގައި ބޮޑުވަޒީރުކަމުގައި ހުންނެވއިރު ވެސް މުގާބޭ އާއި އޭނާއާ ދެމެދު ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އޮތެވެ. ސްވަންގިރާއީ ވިދާޅުވީ އެއްވެސް ޒާތީ މައްސަލައެއް ނެތް ކަމަށާއި، މުގާބޭއާ އެކު އޮންނަނީ ހަމައެކަނި ސިޔާސީ ދެކޮޅުވެރި ކަމެއް ކަމަށެވެ.

މުގާބޭ މިވަގުތު ވެސް ހުންނެވީ ޒިމްބާބްވޭގެ އަސްކަރިއްޔާގެ ބަންދުގައެވެ. އެހެންނަމަވެސް އަސްކަރިއްޔާއިން ބުނަނީ އެޤައުމުގެ ރައީސްއަކީ އަދިވެސް މުގާބޭ ކަމަށެވެ. މުގާބޭ ބަންދުގައި ބެހެއްޓުމާ މެދު، 2004 ވަނަ އަހަރު މަޤާމުން ދުރުކުރެވުނު އޭރުގެ ނައިބު ރައީސް ޖޯއިސް މުޖޫރޫ ވިދާޅުވީ ޒިމްބާބްވޭގައި މިނިވަން އިންސާފުވެރި އިންތިޚާބަކަށް މަގުފަހިކުރުމަށް ވަގުތީ ސަރުކާރެއް އެކުލަވާލަން ޖެހޭ ކަމަށެވެ. އެހެންނަމަވެސް މުގާބޭ ބަންދުކޮށްގެން ގެންގުޅޭ މައްސަލައިގައި މުޖޫރޫ އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

އަސްކަރީ ކޮންޓްރޯލްގައި ޒިމްބާބްވޭ ތިން ވަނަ ދުވަހަކާ ކުރިމަތިލާފައިވާއިރު، އެޤައުމުގެ ރައްޔިތުން ތިބީ ދެން ވާނެ ގޮތެއް ނޭނގި، ހާސްކަމެއްގެ ތެރޭގައެވެ. ޒިމްބާބްވޭގެ މައްސަލަ ހައްލުކުރުމަށް އެފްރިކާ ބައްރުގެ ދެކުނު ފަޅީގައި ހިމެނޭ ޤައުމުތަކުން މަސައްކަތްކުރަމުންދާއިރު، ދެކުނު އެފްރިކާގެ ރައީސް ޖެކޮބް ޒޫމާ ގެންދަވަނީ މިމައްސަލަ ހައްލުކުރުމަށް ޒިމްބާބްވޭގެ އަސްކަރިއްޔާ އާއި އަދި މުގާބޭއާ އެކު މަޝްވަރާކުރައްވަމުންނެވެ. ޒާނޫ-ޕީއެފްގެ އިސް ލީޑަރުންނާއި އަދި ޒިމްބާބްވޭގެ ރައްޔިތުން ވެސް މިހާރު އުއްމީދުކުރަނީ މިވާހަކަތަކުން އަވަސް ނަތީޖާއެއް ނިކުންނާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

20 މެއި 2017

އުތުރު ކޮރެއާ އަށް އަސްކަރީ ފިޔަވަޅު އަޅައިފި ނަމަ ނަތީޖާ ހިތިވާނެ: ޖޭމްސް މެޓިސް

20 މެއި 2017
އުތުރު ކޮރެއާ އަށް އަސްކަރީ ފިޔަވަޅު އަޅައިފި ނަމަ ނަތީޖާ ހިތިވާނެ: ޖޭމްސް މެޓިސް
30 އެޕްރީލު 2017

އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ

30 އެޕްރީލު 2017
އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ
30 އެޕްރީލު 2017

ފާޑުކިޔަނީ ތެދުވެރިކަމެއް ނެތް މީޑިއާތަކުން: ޓްރަމްޕް

30 އެޕްރީލު 2017
ފާޑުކިޔަނީ ތެދުވެރިކަމެއް ނެތް މީޑިއާތަކުން: ޓްރަމްޕް
30 އެޕްރީލު 2017

ކިއުބާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ

30 އެޕްރީލު 2017
ކިއުބާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ
24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
22 އެޕްރީލު 2017

އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!

22 އެޕްރީލު 2017
އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!
07 އެޕްރީލު 2017

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި
08 މާރިޗު 2017

ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

08 މާރިޗު 2017
ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
12 ފެބުރުއަރީ 2017

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް